ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ދެ ކުންފުންޏަކާ އެންވަރޮމެންޓް މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާއި ހަވާލު ކުރެވިފައެވެ. މިގޮތުން ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކުގައި އިންސިނަރޭޓަރ ބެހެއްޓުމަށް މެކްސްޓަރ މޯލްޑިވްސް އާއި ހަވާލު ކުރެވިފައިވާއިރު ކ. މާފުށީ އިންސިނަރޭޓަރ ބެހެއްޓުމަށް ހަވާލުކޮށްފައި ވަނީ ކޮރަލް ލައިފް ފްރައިވެޓް ލިމިޓެޑާއެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ބަހައްޓާފައިވާ އިންސިނަރޭޓަރ އެރަށްތަކަށް ގެންދިޔުމާއެކު އިންސިނަރޭޓަރ ބަހައްޓާ ޝެޑް ހެދުމުގެ މަސައްކަތް ފަށާނެއެވެ. އަދި މި އިންސިނަރޭޓަރތައް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށް ބުނެފައިވެއެވެ.

ކުޅުދުއްފުށީގަ އާއި ފުވައްމުލަކު ސިޓީގައި އިންސިނެރޭޓަރު ބަހެއްޓުމުގެ މަސައްކަތަށް 2.3 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، މާފުށީގައި އިންސިނެރޭޓަރު ހަރުކުރުމުގެ މަސައްކަތަށް ކަނޑައަޅާފައި ވަނީ 1.9 ލައްކަ ރުފިޔާއެވެ. މި ޕްރޮޖެކްޓްއަކީ ސަރުކާރުގެ ބަޖެޓުން 6.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ުޔޔތ

    އަތޮޅު ތެރެއަށް މިފޮނުވަނީ ތިލަފުށީގަ ބާކޮށްފަ ހުރި އެއްޗެހި

  2. ސަންތިމަރިޔަބު

    ދެންބުނާނެ ތަރަށްގީގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ދަނީޔޭ މާ ސްޕީޑު ބާރޭ ކުރީސަރުކާރުން ގެނެސް އިންސްޓޯލް ކޮށްފަހުރި އިންސިނަރޭޓަރ ތައް އެހެން ރަށްރަށައް ގެންގޮސްގެ ބިޔަމަޝްރޫއު ތަށް ހިންގާކަމަށް ދައްކާއިގެން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ޓަކާއި މަކަރާއި ހީލަތް ހެދޭތޯ ބަލާ ހަމަ ހިނިއަންނަނީ