ހުޅުމާލޭގެ ފޭސް ދޭއްގެ އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، މިއަދު މެންދުރު 12:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝް ފިިރިހެނެކެވެ. އެ ހޮސްޕިޓަލުން ބުނީ، އެ ހާދިސާގައި ނިޔާވީ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ،

އެމީހާގެ ބޯ ފަޅައިގެން ގޮސް، ނޭފަތުން ލޭ އައިސްފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ވެއްޓުނީ ހަދަމުން ދިޔަ އިމާރާތެއްގެ 08 ވަނަ ފަންގިފިލާއިން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 11:50 ހާއިރު ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާގޮތުން އެ މީހާ ވެއްޓިފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން އަންނަ ފްލެޓެއްގެ އަށް ވަނަ ބުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާައަސްލަމް

    މިވެރިކަމުގަ ހިތާމަވެރިކަމެއް ދިމާނުވާ ވަކިދުހެއްވެސްނުދެ ވެރިންޖާހިލުވީމަ ތަށްޔިތުންގެ ތެރޭގަ ބިރުވެރިކަން އުފެދޭނެ

    9
    6
  2. ބަލާވެރިކަން

    މިވެރިކަން އައިފަހުން މިކަހަލަ ކޮންމެސް ކަމެއް ކޮންމެ ދުވަހަކިވެސް ހިނގާ.

    9
    6
  3. ޜޭ

    ދެން އެ ފްލޯރ ގަ އުޅޭނީ އޭނަގެ ބޫތް . . . ހަހަހަހަހަހަހަހަ ހައްހައް ހާާާާާާާާާާާާާާާަަަަަަ

    3
    3
  4. އައްޓަމަސް

    ވަރަށްއުފާވެރި ޚަބަރެއް މިހެންވެސް ހުސްވީމައި ރަނގަޅު

    2
    83
    • ފަންހައުމަސް

      ބަލަ އައްޓަމަހާ ބިރުމެތިވެ ބަލަ އެވެސް އިންސާނެކޭ އައްޓަމަސް މިޖޯކަކައް ހެދިއަސް، އަދި އައްޓަމަސް ހާލުހުރިގޮތެއް ނިމިދާނެގޮތެއް ކާކައް އިގެނީ!

      23
    • ޢާލިމް

      ކަލޭމެނަށް މަސައްކަތް ކުރަން ކެރޭނަމަކަ މިވަރަށް ބަންގާޅީން ގެންނާކަށް ނުޖެހުނީސް.

      27
      1
  5. ގޮދާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    43
    1
  6. ވަރަށް ހެއްވާ

    މީހަކު މަރުވީމަ ހިތާމަ ދޯ ކުރަންވީ.. އަށްޓަމަސް ޑޮކްޓަރަށް ދަައްކަން ދާންވީނު ތި އުޅެނީ ބައިޕޯލާ ޑިސް އޯޑަރ ޖެހިގެން..