ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ފަސްވަނަ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ބަންޑާރަނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމުގެ ތަފްސީލުވެސް ހިމެނޭގޮތަށް ހާޒިރީގެ ތަފްސީލު ހިމެނޭ ލިޔުމެއް ހުށަހެޅުމުން ޝަރީއަތުގައި ބޮޑު ބަހުސްއެއް ކުރެވިއްޖެއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ޤާނޫނު އަސާސީއާ ހިލާފު އިސްލާހެއްކަމަށްބުނެ އެ އިސްލާހް ބާތިލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ޢަލީ ހުސައިންއާއި، އިބްރާހިމް މުޙައްމަދު ޞޯލިހް (ޢިބޫ) އަދި އަނާރާ ނައީމް ސްޕްރީމް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ރައްޔިތުންގެ މަޖިލީހުން "ސިއްރު" ލިޔުމެއްގެ ގޮތުގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ މެންބަރުންގެ ހާޒިރީއާއި ގުޅޭ ލިޔުން ޝަރީއަތަށްވެސް ހުށަހަޅާފައިވަނީ "ސިއްރު" ލިޔުމެއްގެ ގޮތުގައެވެ. ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކުގެ ހުލާސާ ދައުލަތުގެ ވަކީލާ މާޝާ ޝަރީއަތުގެ މަޖީލީހަށް ހުށަހެޅުމުން އެ ވާހަކަތަކަށް ޖަވާބުދާރީވުމަށް މައްސަލަ ހުށަހެޅި ފަރާތްތަކަށް ފުރުޞަތު އެރުވުނެވެ.

މި ލިޔުން ނުލިބި ޖަވާބުދާރީވާން ދަތިކަމަށްބުނެ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލުން ވަނީ ޖަވާބުދާރީވުމަށް އިންކާރު ކުރައްވާފައެވެ. މިކަމާ ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލުމަށްފަހު ފަނޑިޔާރުން އަލުން ޝަރީއަތް ފެއްޓެވީ އެ ލިޔުމުގައި އެފަދަ ސިއްރު މައުލޫމާތު ހުރިކަމަށް ނުދެކޭ ކަމަށް ވިދާޅުވެ އެ ލިޔުން މައްސަލަ ހުށަހެޅި ފަރާތަށް ޝަރީއަތުގެ މަޖިލީހުގައި ބެލުމުގެ ފުރުޞަތު އެރުވުމަށްފަހުއެވެ.

ނަމަވެސް މި ލިޔުމާއި ގުޅިގެން އިތުރަށް ފަނޑިޔާރުން ސުވާލު ކުރުމުން މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލާ ހިސާން ހުސައިން ވިދާޅުވީ، އެ ލިޔުންތައް "ވެރިފައި" ކުރުމަށް އެއްގަޑިއިރުގެ ވަގުތު ބޭނުންވާކަމަށެވެ. ނަމަވެސް ފަނޑިޔާރުން ނިންމެވީ 35 މިނެޓުގެ ވަގުތު ދިނުމަށްފަހު އަލުން ޝަރީއަތް ފެށުމަށެވެ. މި ނިންމެވުމަށް ދެކޮޅު ހައްދަވައި ހިސާން ވިދާޅުވީ އެއްގަޑިއިރުގެ ވަގުތު ނުދެވޭނަމަ މައްސަލަ ކުރިއަށް ގެންދިއުން އެދޭކަމަށެވެ. އެއާއެކު ފަނޑިޔާރުން ވަނީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ.

13 މާރޗު 2018 ވަނަ ދުވަހު ފަނޑިޔާރުންގެ ޤާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާއަށް ހާޒިރު ނުވެ، އެދުވަހު މަޖިލީހަށް ސަލާމް ފޮނުވާފައިވާ 28 މެންބަރުންގެ ތެރެއިން 9 މެންބަރަކު އެ ދުވަހު މަޖިލީހުގައި އޮތް ކޮމެޓީ ބައްދަލުވުމެއްގައި ބައިވެރިވެފައިވާކަން ވަނީ މިއަދުގެ ޝަރީއަތަށް ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި ލިޔުމުން ހާމަވެފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ މާޝާ ވިދާޅުވީ، ވަކި ގިންތިއެއްގެ ބިލްތައް މަޖިލީހުން ފާސްކުރިޔަނުދީ މަޖިލީހުގައި ވޯޓަށް އެހުން "ވީޓޯ" ކުރުމަށް ބައެއް މެންބަރުން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގައި ވޯޓަށް އަހާފައިވާ 13 ފަހަރެއްގައި ފާހަގަކޮށްލެވޭ 43 މެންބަރަކު އެއިން އެއްވެސް ވޯޓެއްގައި ބައިވެރިވެފައި ނުވާކަން ރައްޔިތުންގެ މަޖިލީހުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ، މިއަދުގެ ޝަރީއަތަށް ހުށަހެޅި ލިޔުމުން ހާމަވެފައިވާކަމަށެވެ.

ދައުލަތުން ހުށަހެޅި މި ލިޔެކިޔުންތަކާއެކު މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން ވަނީ މި ލިޔެކިޔުންތަކުގެ ޞައްޙަކަމާމެދު، އަދި ދައުލަތުގެ ވާހަކަތަކާމެދު ސުވާލު އުފައްދާފައެވެ. އެފަރާތުގެ ވަކީލުން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ މިފަދަ ހާޒިރީއެއް ބަލަހައްޓަމުން ނުދާކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވާކަމަށާއި، މިހާރު މިހާ ތަފްސީލު ހާރިރީއެއް ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށެވެ. މީގެ ކުރިން ބުނެފައިވާނީ މަޖިލީހުގެ ގޯތިތެރެއަށް ވަދެވަޑައިގެން ގޯތި ތެރެއާއި ސައި ކޮޓަރީގައި ތިއްބަވާ މެންބަރުންގެ ހާޒިރީ މަޖިލީހުން ބަލަހައްޓަމުން ނުދާ ވާހަކަ ކަމަށްބުނެ މައްސަލަ ހުށަހެޅި ފަރާތުގެ މި ވާހަކަތަކަށް ދައުލަތުގެ ވަކީލާ މާޝާ ވަނީ ރައްދު ދެއްވާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޢަލީ ހުސައިން އަދި އަނާރާ ނައީމް ހާޒިރުވެ ތިއްބެވިއިރު، އެ ބޭފުޅުންނަށް ފަނޑިޔާރުން ވަނީ ސުވާލު ކުރިމަތި ކޮށްފައެވެ. އެގޮތުން އެ ދެބޭފުޅުން އެދުވަހުގެ މަޖިލީހަށް ސަލާމް ބުނެފައިވާ ސަބަބު އޮޅުން ފިލުވަން ފަނޑިޔާރުން މަސައްކަތް ކުރެއްވިއެވެ. އެއާއެކު އަނާރާ ނައީމް ވަނީ އެ ދުވަހު ސަލާމް ބުނެފައިވަނީ އާންމު އުސޫލުގެ ދަށުން ސަލާމް ބުނެފައިވަނީ ޖަލްސާ އޮންނަކަން ހެނދުނު އަންގާފައިވާތީ މެންދުރު އޮންނަ ޖަލްސާއަށް ހާޒިރުވާން ދަތިވާތީކަމަށް ވިދާޅުވެފައެވެ. އަދި ސަލާމުގެ އުޒުރު ބަލައިގަނެ މަޖިލީހުގެ އަމީންއާންމުގެ ނާއިބުގެ އެސްއެމްއެސް ލިބިވަޑައިގެންފައިވާކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

ސަލާމް ބުނި ސަބަބާއި ގުޅޭގޮތުން މެންބަރު ޢަލީ ހުސައިން އަށް ފަނޑިޔާރުން ސުވާލު އަމާޒު ކުރެއްވުމުން އޭނާ ވިދާޅުވީ ސަލާމް ފޮނުވާފައިވާނެ ކަމަށާއި، ސަލާމް ބުނި ސަބަބަކީ ޒާތީ މަޢުލޫމާތަކަށްވާތީ ހާމަ ކުރެވެން ނެތް ކަމަށާއި، އެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުން ސާފު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ވޭތުވެދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން މިއަހަރުގެ މިހާތަނަށްވެސް މަޖިލީހުގައި ވޯޓަށް އަހާ ޖަލްސާތަކަށް ގިނަ އަދަދެއްގެ މެންބަރުންތަކެއް ހާޒިރު ނުވެ މަޖިލީހުގައި ނަގާ ވޯޓުތައް ވީޓޯކުރަން މަސައްކަތްކުރުމުގެ ސަބަބުން ރައްޔިތުންނާ ގުޅިފައިވާ އިޖުތިމާއީ، އަދި އިޤްޠިޞާދީ ބިލްތަކެއް ފާސްކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ކަން މިހެން ހުރުމުން "ނެސެސީޓީ"ގެ ދަށުން ފަނޑިޔާރުންގެ ޤާނޫނުވެސް ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މަޖިލީހުގެ 25 އިންސައްތަ މެންބަރުން ހާޒިރުވެތިއްބަވާ ޖަލްސާއަކުން ފާސްކުރެވޭނެ ޤާނޫނެއް ކަމަށެވެ.

ވަރުގަދަ ބަހުސްތަކެއް ކުރެވިފައިވާ މި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތަކުގައި މައްސަލަ ހުށަހެޅި ފަރާތާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލުން ދައުލަތުގެ ވަކީލުން ދައްކަނީ "ދެއުޅިއެއްނުވާ" ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާއިރު، ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ ޝަރީއަތުގައި ދައްކަވާ ވާހަކަތައް، މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުންނަށް އެއްގޮތަކަށްވެސް "ފަހުމް" ނުވާކަމަށެވެ.

ދިގު ބަހުސްތަކަކާއި، ގިނަ ހޯދުންތަކެއް ހޯދާފައިވާ މި ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ، މައްސަލައިގެ ޝަރީއަތް ދިރާސާ ކުރުމުގައި އިތުރު އައު ކަމެއް ފާހަގަ ނުވާނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މައްސަލައިގެ ހުކުމް އިއްވާނެކަން އިއުލާނު ކުރެއްވުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދދ

    ބަހުސެއް އޮތްކަމެއްނޫން ފައިވިއްދާފަ ގަސްތުގައި ވަޒީފާއަށް ހާޒިރުނުވާ މީހުންގެ މެންބަރޝިޕް އުވާލަން ޖެހެއެވެ.

  2. ޖަސްޓް

    މަޖްލީހުގެ މެމްބަރުން ގަސްތުގައި ޖަލްސާ އަށް ނުގޮސް ޖަލްސާ ބޮއި ކޮޓް ކުރި ކަން އެހެރީ އެމެންގެ ކުނޫޒު ކިއްލާ ގައި ބޭއްވި ޕްރޮޕެގެންޑާ ތެރޭން ފެންނަންއޭ އެހެން އެކަން އެމެންނަށް ކުރެވޭނަމަ އެމެންނާއި ނުލައި މަޖްލީހުގެ ކޯރަމް ހަމަވާނަމަ މަޖްލީހުން ބިލް ތައް ފާސް ކޮށް ގާނޫނަށް ހެދޭނެއޭ. ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް ރައްޔިތުން ވޯޓް ދެނީ ސަލާމް ބުނަން ނޫން އަދި ކޮންމެ ތިން މަހުން އެއް މަހު ޗުއްޓީ ނަގަން ވެސް ނޫނޭ. ހަފްތާއަކު 6 ދުވަހު ދުވާލަކު 18 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެއޭ ފިިޒިކަލީ ފިޓް ވާން ޖެހޭނެއޭ މެޑިކަލީ ފިޓް ވާން ޖެހޭނެއޭ. އަނާރާ ސަލާމް ބުނީ އޭނާ މެޑިކަލީ ފިޓް ނުވާތީއޭ ވަޒީފާ އަށް ވަންނަ ނަމަވެސް އަދި ޔުުނިވަރސިޓީ ޕްލޭސްމެންޓް ހޯދާ އިރު ވެސް މެޑިކަލް ރިޕޯރޓްްސް ޖެހެއޭ ކްލިއަރ އައުޓް ވާން އެގޮތުން މެޑިކަލީ އަންފިޓް ކުދިން ނަށް ޔުނިވަރސިޓީ ތަކުން ޕްލޭސްމެންޓް ނުލިބެއޭ ކަން މިހެން ހުރުމުން މިކަން މަޖްލީހަށް ވެސް އެޕްލައި ކުރަންވީއޭ އެއިރުން މަކަރާއި ހީލަތް ހަދަނީއޭ. އަނާރާ އިސްތިއުފާ ދީފައި ކަނޑާލާ ގެއަށް ތަމެން ރަނގަޅު ވާނެއޭ ބަދިގޭގައި ހަނޑޫ ހޮވަން އިންނަން ޔާރާ ދިލް ދާރާ ކޮޕީ ކެޓް ލަވަ ތައް ރޭޑިއޯ އިން އަޑުއަހަމުން. އިޓްސް ޖަސްޓް ޔުއަރ ލެވެލް އޭ އިޓްސް ޖަސްޓް އެނަދަރ ރިމައިންޑިންގް ޑޭ.

    • ާލިނަ

      ގަމާރު

      • ކެޔޮޅު

        އަމިއްލަފުޅައް ރައްޔިތުންގެލާރިން ތިމާގެ ބަރުދަނައްވުރެ ބަރު މުސާރަފުޅެއް ތިމާއައް ކަނޑައަޅުއްވައިގެން ހާޒިރުވިޔަސް ނުވިޔަސް ބޮޑުލާރިއެއްވެސް އުނިނުވެ އަޗާތަޅަން ބައިތިއްބަންވީތަ ހަމަމިހާރުން މިހާރައް އިސްތިއުފާދީ އާނފަހެމިއީ ރައްޔިތުންނައް ބަލަދުއަރާފަ ތިބިބަޔެއްތަ؟؟

  3. ކަނޑާލާ

    ޖަލްސާ އަށް ނުދާ މީހުންނަށް ނުޖެހޭނެއޭ މުސާރަ ދޭން ވެސް އެމެންގެ ލަދެއް ހަޔާތެއް ނެތީމަ އެއް ނޫންތޭ މަޖްލީހުގެ ޖަލްސާ ތަކަށް ނުވަދެ މަޖްލީހަށް ގޮސް މަޖްލީހުގެ ކެންޓީނަށް ވަދެ ދެ ބަނޑަށް އަޅާލާ ފެން ބޮއިގެން ބާއް އޭ ކިޔާ ވައިލާ ދަތް ކޮއްޓަމުން މަޖްލީހުގެ ގޯތިން ނިކުމެގެން ދަނީ. މަޖްލީހުގެ މެމްބަރުންނަށް ހިލޭ ކާން މަޖްލީހުން ދޭން ޖެހެނީ އެއީ ކޮން ގާނޫނަކުންތޭ ނުޖެހޭނެ ކާން ދޭން. އެމެންނަށް ފުޑް އެލަވަންސް އެއްގެ ގޮތުގައި ދުވާލަކަށް 30 ރުފިޔާ ދިނުމުުން ހަމަ ޖެހޭނެއޭ އެއިރުންނޭ އެމެން އައްޑޫ އަސްލަންޓޭ މެންގެ އެ ސިނގު ބަނޑުގަނޑު ވެސް ހިދޭނީ. މަޅާލަ ދައްކާލައޭ ދެން މިއެއްޗެހި ތައް މަޖްލީހުގެ ކެންޓީނަށް ވަދެ މީހަކަށް 10 ރޮށި މަޅާލައޭ ދޯ. ބަތް ވެސް ހަނޑޫ ކިލޯ އެއް ކާލަ ދައްކާލައޭ އަނގައިން ޗޫސް ޗޫސް އަޑު ގޮއްވަމުން ދޯ. މަޖްލީހުގެ ޖަލްސާ ތަކަށް ހާޒިރު ނުވާ މީހުން ޖެހޭނީ މަޖްލީހުގެ މެމްބަރު ކަމުން ވަކި ކޮށްލަންްއޭ މީގައި އޮވެގެން ނުވާނެ އިތުރު ގޮތެއް ވަޒީފާއިން ވަކިވީއޭ.

  4. ރައްޔިތެއް

    ބަހުސްކުރުމެއްނެތް ވަޒީފާއަށް ހާޒިރުނުވާ މެންބަރުންގެ މެންބަރޝިޕް އުވާލަންޖެހެއެވެ
    މަސައްކަތަށް ހާޒިރުނުވެ މުސާރަޔާއި އިނާޔަތްތައް ދައުލަތުގެ ފައިސާއިން ވަކިބަޔަކަށް
    ލިބެމުންދިއުމަކީ ގަބޫލްކުރެވޭނެކަމެއްނޫނެވެ

  5. ޖަސްޓް

    ހާޒިރީއާ ގުޅޭ ސިއްރު ލިޔުމެއްގެ މައްސަލާގައި ވެސް ބޮޑު ބަހުސަކަށް ދާން ޖެހުނީ މަ އެމެން ރަންރީނދުލޭ މެންގެ މައްޗަށް ފުނާ އަޅާފައި ހުންނަ ލިޓިލް އާބާދީ އަކުން އައިސްފައި ހުންނަ ވަކީލޭ މެންނަށް ނޭގޭނެއޭ އެޗެޕްޓަރ އެޗެޕްޓަރ އިނގޭނީ ބޮޑެތި އާބާދީ ތަކުން އަންނަ މީހުންނަށޭ. ސްޕްރީމް ކޯޓަށް ހުށައެޅި ސިއްރު ހާޒިރީގައި ވާ ގޮތުން އިދިކޮޅު ހުރިހާ މެމްބަރުން މަޖްލީހުން އެންޓިޑިފެކްޝަން ގާނޫނާއި އަދި ފަނޑިޔާރުން ވަކި ކުރުމާއި ބެހޭ ގާނޫނު ފާސް ކުރި ދުވަހު މަޖްލީހަށް ހާޒިރުވެ ތިއްބޭ ހަމަ އެދުވަހު އަނާރާ ވެސް މަޖްލީހަށް އަޔޭ އައިސް ފައި ކާރޑް އިން ނުކޮށް ދިޔައީއޭ. ދެން އެހެން ކަމުން އެންޓި ޑިފެކްޝަން ގާނޫނު ފާސް ކުރި ދުވަސް އަދި ފަނޑިޔާރުން ކުށްވެރިވެއްޖެނަމަ ޖުޑިޝަލް ސާރވިސް ކަމިޝަން އަށް އެފަދަ ފަނޑިޔާރުން ވަކި ކުރެވޭނެ ކަން ބަޔާން ކުރާ ގާނޫނު ފާސް ކުރުން އިޓްސް ޖަސްޓް ގޮނާ މޭކް ލިޓިލް ޓޯކިޔޯ ޑްރީމް ކަމް ޓްރޫ. އިޓްސް ޖަަސްޓް އެނަދަރ ލިޓިލް ޓޯކިޔޯ ފީލިންގް ޑޭ. ޑޯންޓް ހޭވް ޓު ސްކްރީމް އީޒީ އީޒީ އީޒީ..

  6. ޝޯމީ

    ޖަލްސާ އަށް ނުދާ މައްސަލައިގައި އަނެއްކާ ބަހުސް އަށް ދާނެ ނޫންތޭ އެމެން އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް މަޖްލީހަށް ހާޒިރުވެ މަޖްލީހުގެ ޖަލްސާ ގައި ގަސްތުގައި ބައިވެރި ނުވެ ސަރުކާރު އަންޑަރ މައިން ކުރަން އެކަން ކުރަން އުޅޭ ކަން ކޯޓަށް ޑޮކިއުމެންޓްރީ އެވިޑެންސް ތަކުން ފެންނާން އޮތުމުން. ގިލްޓީ ރޯޑްސް އާރ އެޕިއަރިންގް ނައު ދެއަރ އިޒް ނޯ ކޮންޓްރޯލް އޮފް ޔޫ އޮން އިޓް ޔުއަރ އެވްރީ ކްރުއަލް ވިޝް ވިލް ބީ ކްރަޝްޑް. ޝޯ މީ ދަ މީނިންގް އޮފް ބީންގް އެން އެމްޕީ..

  7. ޗާބޫކުން

    ހާޒިރީއާ ގުޅޭ ސިއްރު ލިޔުމެއްގެ މައްސަލާގައި ވެސް ބޮޑު ބަހުސަކަށް ދާން ނުޖެހެއޭ މަޖްލީހުގައި ތިބޭ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ކިބައިގައި ތެދުވެރި ކަމެއް ހުރި ނަމަ އެމެން ބުނަންވީ ނޫންތޭ ފުންމައިގެން ކޮއްޅަށް ތެދުވެ ތިމަން މެން އެދުވަހު މަޖްލީހަށް ހާޒިރުވީމޭ އެކަމަކު ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުވާލާ ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކުރި މެމްބަރުން ފްލޯރ ކްރޮސް ކޮށްގެން އެމެންގެ މެމްބަރު ކަން ގެއްލިފައިވާތީވެ ގަދަ ކަމުން ނަމަވެސް އެމެންނަށް މަޖްލީހުގެ މެމްބަރު ކަން ހޯދާ ދޭން ތިމަންމެން އުޅެނީއޭ. މީނޫންތޭ ހަގީގީ ސްޓޯރީ އަކީ ދޯ. އެމްޑީޕީ އަދި ޖޭޕީ ބަލަނީ ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ފުރޮޅާލެވޭތޯ އޭ އެގޮތުގެ މަތިން އަޑުލައްވަމުން ގޮސް އެމެން ރައްޔިތުން ގައި ގައި ޗާބޫކުން ތެޅުން ނޫންތޭ މިހާރު އެހިންގަނީ ސްޕްރީމް ކޯޓު މެދުވެރިކޮށް ކުރަން. ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ރޯނާ ވެއްޖެއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް..

  8. ޓުޔޫ

    އެންޓިޑިފެކްޝަން ގާނޫނު ބާތިލް ކުރަން އެމްޑީޕީ އާއި ޖޭޕީން ޕްރޮޕެގެންޑާ ފެތުރިނަމަވެސް ދެން އެކަމެއް ނުވާނެއޭ ބިކޮޒް އެންޓިޑިފެކްޝަން ގާާނޫނަކަށް ވެފައި އޮތުމުންނޭ ސްޕްރީމް ކޯޓަށް ލިބިގެން ނުވޭ މަޖްލީހުން ފާސް ކޮށްފައިވާ ގާނޫނެއް ބާތިލް ކުރުމުގެ ބާރެއް. ނޯ ލެޖިޓިމަސީ ލިމިޓް އިން ދިސް ވޭ އައި ވޮންޓް ކްރައި ފޯރ ޔޫ ޓު މޭކް އަ ރޯންގް ޓާރން އޭޒް އަ ރޯންގް ވާރޑިކްޓް ފޯރ ދިސް. އޯނޯ ކާންޓް ޓޭކް އަ ޑީޕް ބްރެތް ދެއަރސް އަ ޕްރޮމިސް އައި ކެޕްޓް ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ ކްރައިމް ވެން އިޓް ކަމްސް ޓު ޔޫ ވެން އިޓް ކަމްސް ޓު ޔޫ އޯއް ޔޭއް ޑޯން މިސް އައުޓް ދިސް ޗާންސް. ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ ކްރައިމް ޑޯންޓް ބީ ބްލައިންޑް ޓު މިސް އައުޓް ދިސް އެންޓި ޑިފެކްޝަން. ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ އެކްސެޕްޓް އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ ކްރައިމް ވެން އިޓް ކަމްސް ޓު ޔޫ ކަމްސް ޓު ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް...