ރާއްޖެ އާއި ޗައިނާއާ ދެެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ސޮއި ކުރެއްވުނު އެއްބަސްވުންތަކަކީ:

މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަން.

މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ސްޕޯޓްސް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ.

އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުުގެ ސަބަބުން ދެޤައުމުގެ މެދުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަސްޓްއިންޑިޔާ

    ފަސްޓްއިންޑިޔާއަށް ދޯކާދިނީތަ؟ ނޫނިއްޔާ އޮޅުވާލުމެއްތަ؟ ނޫނިއްޔާ މަކަރާއި ހީލަތެއްތަ؟ ނޫނިއްޔާ އުކުޅެއްތަ؟ މިހާރު މޯދީ ގެއެއް ގެންނަވައިގެން މިވާ އެއްޗެއް އޮޅުންފިލުވާނެކަން ޝައްކެއްނެތް.