ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ޓެރަރިސްޓުންގެ ލިސްޓް އާންމު ކޮށްފައިނުވަނީ އެކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުން ވެދާނެތީ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޓެރެރިޒަމްގެ ގާނޫނަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް ހުށަހެޅުއްވި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ، ނިމިގެންދިޔަ ސަރުކާރުން ޓެރަރިސްޓުންގެ ލިސްޓް އާންމުކޮށްފައިނުވަނީ އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމުން ކަމަށެވެ.

"ޓެރަރިސްޓް ޖަމާއަތުގެ ލިސްޓެއް އާންމު ކުރުމަށް ހުށައެޅުނު ނަމަވެސް އެކަމާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުން ހައްސާސް މައްސަލަތަކެއް ފާހަގަކޮށް އެލިސްޓް އާންމު ކޮށްފިނަމަ އޭގެ ސަބަބުން ވާ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ނިކުމެދާނެކަމަށް އޭރު އެތަނުގައި ތިއްބެވި ބޭފުޅުން ވިދާޅުވި" ޝަރީފް ވިދާޅުވިއެވެ.

2016 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އައި އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ރައީސް ކަނޑައެޅުއްވި ނަމަވެސް އެ ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލައްހައްޓަންވާނެ ކަމަށެވެ.

ޓެރަރިޒަމާއި ގުޅޭ ބިލަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅިފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު ހާމަކޮށްފައެވެ. އެ ލިސްޓުގައި 17 ޖަމާއަތެއްގެ ނަން ވަނީ ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    ތެދު ވާހަކައެއް ރާއްޖެ ކަހަލަ ކުޑަގައުމެއްގާ ކުރަންޖެހޭ ކަމެއްނޫންއެކުރީއަކީ ރާއްޖެ އަކީ ވަކިފަރާތަކަށް ނުޖެހޭގައުމެއް. ވަކި ގައުމަކުން ބްލެކް ލިސްޓްކުރާ ވަކިޖަމައަތެއް ރާއްޖޭން ބްލެކްލިސްޓް ކުރާކަށެއްނުޖެހޭ .ސަބަބކީ މިހާރު އެ ލިސްޓްކުރި ޖަމާއަތްތައް ބްލެކް ލިސްޓް ނުކުރިޔަސް އެޖަމައަތްތަކުގެ ސަބަބުން ރާއްޖެއަށް ހުރިގެއްލުމެއްނެތް .ބްލެކް ލިސްޓް ކުރިޔަސް ދިވެއްސަކު ބޭނުންނަމަ އެޖަމައަތަކާ ގުޅިގެން ބޭރުގައުމަކަށް ނުވަތަ ރާއްޖޭގަ ހުރެގެން ތާއީދުކުރުމަކަށް އެޅޭނެ ހުރަހެއްނެތް. އެލިސްޓް ކުރުމުގެ ސަބަބުން ދިވެހި ގައުމާ ދިވެހިރައްޔިތުން ޓެރަރިސްޓު ޖަމާއަތްތަކުގެ އަމާޒަކަށްވެގެން ދިއުންނޫން ކަމެއް އެލިސްޓް ކުރުމަކުން ހާސިލެއް ނުކުރެވޭނެ.

    33
    • ފާލު

      އަސްލުވެސް. ތީގެން ޖަމާއަތަކުން މިރާއްޖޭގައި ބޮމެއް ގޮއްވާނުލާނެކަމުގެ ޔަގީންކަމެއް މިހާރަކު ނެތް. އައިއެސް އާ އަލްގައިދާގެ ގޮފިތައް ރާއްޖޭގައި އެބަހުރިކަމަށް މީޑިއާގައި ހާމަކޮށްފި. ޓެރަރިސްޓް ޖަމާއަތެއްގެ އަމާޒަކަށް ރާއްޖެ ވުމަކީ މިހާރު ދުރުކަމެއް ނޫން. މިމީހުން ދެކޮނޑުމަތީ ބޮލެކޭ ކިޔާފައި ހުންނަނީ ފީއުނބު ތޯއްޗެ.

      15
  2. ޔަހުޔާ

    މިސަރުކާރު ޓެރަރިސްޓުންދެކެ ބިރެއްނުގަންނާނެ "ވީ ވިލް ނެވަރ ނިގޯޝިއޭޓު ވިތު ޓެރަރިސްޓުސް"

    19
    • ނަސް

      ތެދެއް. ބިރު ގަންނަންވެސް އެނގޭނީ ކަމެއްގެ ކުޑަބޮޑުމިނާ އެކަމުގެ ގެއްލުން ވިސްނޭ ބަޔަކަށްތާ.

      20
  3. ބުރޯ

    ޓެރަރިސްޓުންގެ ގޮތުގާ ދުނިޔޭގަ ސިފަކުރަނީ ބޮންގޮއްވާ ޖާނުންފިދާވާ ޖަމާއަތްތައް .ދިވެހިގައުމުގާ ތިއްބެވި ބޮންގޮއްވިކަންސާބިތުވެ އަދަބު ލިބިފައިވަ މީހުން ތިއްބެވީ ދަވްލަތުގެ މަތީމަގާމް ގާ ވީމާ ބޮންގޮއްވުމަކީ ޓެރަރިސްޓުން ކުރާކަމެއްނަމަ އެފަދަ މަގާމްތަކަށް އައުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ބަންދު ކުރެވެންޖެހޭނެ. އެއީ އެފަދަ މަގާމްތަކަށް އައުމަކީ ޓެރަރިސްޓް އަމަލު ހިންގަން އިތުރު ފުރުސަތު ލިބޭނެކަމަކަށްވާނެތީ

    13
    • ކުޑަބަޖަރާ

      ބުރޯއަށް 100

      1
      1
  4. ސާގު

    ދެން ގަޅި ބައިގަނޑަކަށް ޒިންމާ އާއި ހަވާލު ކުރެވުނަ ވާނެ ހައެތި ވެ ނިމެނީ