އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކުރިކުރުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މި ކަމުން އެނގެނީ އީސީއަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ކަމަށެވެ. ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ނުފޫޒުން އެއްކިބާވެ ތިބެގެން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާތީ ކަމަށް ބެލެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

" ރައީސް ޔާމީންގެ ކެނޑިޑޭންސީއާއިމެދު ދެ ފަހަރު ދެ ގޮތަށް ފުއާދު ވާހަކަ ދައްކަވަން މަޖުބޫރުވީ އެހެންވެ ކަމަށް ބެލެވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ އީސީއިން މިމަހު 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ތިން މެންބަރުން ފުއާދުއާ ދެކޮޅަށް ވޯޓުދީފައިވާތީ އެވެ. އެހެންނަމަވެސް ޤާނޫނުގައި ބުނާގޮތުން އީސީގެ އެއްވެސް މެންބަރަކު ވަކިކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް އޭނާ ވަކި ނުކުރެވޭނެއެވެ.

މި ބައްދަލުވުމާއި ގުޅިގެން އީސީއިން ބުނެފައިވަނީ ފުއާދު، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަންތައްތައް ކުރައްވާ ގޮތުން އޭނާއަށް އިތުބާރު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ކަމުގެ މަގާމުގައި ހުންނަވަނީ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތި ކަމަށް ފާސްކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސަ

    އެއީ އެމީހާ ކަލޭމެންގެ ފަޅިއަށް އެރީތަ؟ އެހެން ނޫނިއްޔާ އެމީހަ ވެސް ވަރަށް ގޯސްވާނެ. މީގެ ކުރިންވެސް އޮތީގޯސްވެފަ.

    3
    6
  2. އަނިލް

    އަވަހަށްގެނޭ ކުރީގެ ރިޔާސީ އިންތިޚާބުގެ ވޯޓުތައް އަނދާލީ ވަގު ސަރީފު އިބޫ އަށް ސަޕޯރޓު
    ނެތުމުން މިބައިގަޑު މިފަހަރުވެސް ވޯޓުއަށް އޮޅުވާލައި ވައްކަންކުރަންވެގެން މިކަން މާކުރިންވެސް މިމީހުން އޮތީ ރާވަފައި

  3. އަލީ

    މީ ފުއާދަށް ހުކުން ކުރި ގުރޫފު ދޯ. އެ ފަކީރު ރާއްޖޭން ބޭރަށް އަރުވާލެވެން ޖެހުނީވެސް ކަލޭމެންގެ ބިރު ދެއްކުމާ ހެދި

  4. ދުންކަރާސް

    ޝަރީފު (ވޯޓުއަންދާލިއެނދިޝަރީފު) ގެންނަން ޖެހިވަރުގަދަ މަޅިއެއް މިއީ އިންޑިއާގެ ސަފީރާއި އެކު ވެވުނު އެއްބަސްވުން .