ފޯޅަވަހި ނުވަތަ ޗާގޯސް ދިވެހީންގެ ތަނަކަށް ހަދަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ ޕީޕީއެމްއިން މިރޭ ކުރިއަށް ގެންދާ "ޗާގޯސް ޖަލްސާ" ގައި ވާހަކަ ދައްކަވަމުން ނެެވެ.

އޭނާ ވިދާޅުވީ މިރެއަކީ ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ކަނޑުތަކުން ބޮޑު ބައެއްގެ ގެއްލިއްޖެކަމުގެ އިހުސާސް ކުރަމުންދާ ހިތާމަވެރި ރެއެއް ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ ފޯޅަވައްސާ ރާއްޖެއާ ދެމެދު ކަނޑު ބައިކޮށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯޒް އޮފް ދަ ސީޒް (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އައްޑު އަތޮޅުން 500 ކިލޯ މީޓަރު ދުރުން އޮންނަ ފޯޅަވަހީގައި އެއް ޒަމާނެއްގައި 1000 އެއްހާ މީހުން ދިރިއުޅުނު ކަމަށެވެ. އަދި މޮރީޝަސްއާ ފޯޅަވައްސާ ދެމެދު އޮތީ 2100 ކިލޯ މީޓަރު ކަމަށް ވިދާޅުވެ މޮރިޝަސް އާއި ދިވެހިރާއްޖެ އިން ފޯޅަވައްސާއި އޮތް ދުރުމިން ބަލާނަމަވެސް އެއީ ދިވެހިންގެ ތަނެއްކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަމަށް ރިއާޔަތްކޮށް ގައުމަކަށް ފޯޅަވަހި ނިސްބަތްވާނަމަ އެއަތޮޅު ނިސްބަތްވާނީ ދިވެހި ރާއްޖެއަށް ކަމަށް ވިދާޅުވިއެވެ.

"ދިވެހީންގެ ތަނަކަށް އެތަން ހަދަން ޖެހޭ. ތާރީހު ދިރާސާކޮށް އަޅުގަނޑުމެންނަށް ފެންނަ މައުލޫމާތަށް ބަލާލާއިރު ފޯޅަވަހީގައި ހުރި ރުށްތަކުގައި ގަސްތަކުގައި ތައްގަރި ޖެއްސުމަށްޓަކައި އޭރުގެ ރަދުން ފޯޅަވައްސަން ދިވެހީން ފޮނުވިކަން ރާއްޖޭގެ ތާރީހުން ސާބިތުވާން އެބައޮތް. އަޅުގަނޑުމެން އެ އަތޮޅަކަށް ފަހުރުވެރިވާ އައްޑު އަތޮޅާއި ފުވައްމުލަކުގެ މީހުން ފޯޅަވައްސަށް ދަތުރުކުރިކަމަށް އަދި މުއާމަލާތް ކުރިކަން ތާރީހުން ފެންނަން އެބައޮތް. ހަމަ އެއާއެކީގައި ނުވަ ވަނަ ހަސަން ރަސްގެފާނު އިންޑިއާގައި ހުންނެވި އިރު އެ ރަސްގެފާނު ފޮނުއްވެވި ފޯޅަވައްސަކީ ދިވެހި ރަސްކަމުގެ ބެލެމުގެ ދަށުގައި އޮތް ތަނެއްކަން ރާއްޖޭގެ ތާރީހުން ފެންނަން އެބަ އޮތް" އާދަމް ޝާރީފް ވިދާޅުވި އެވެ.

އެހެންކަމުން އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ބަލާއިރު ރާއްޖެއާއި ފޯޅަވައްސާ އޮތް ގުޅުން އެނގެން އެބައޮތް ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ފޯޅަވަހީގައި ދިރިއުޅުނު މީހުންނަކީ އެކި ތަންތަނުން ގެނައި މީހުން ކަމަށާއި އަދި އެ މީހުން އެހެން ގައުމުތަކަށް އިނގިރޭސިވިލާތުން ފޮނުވާލި ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތުގެ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާއެކު އެމަނިކުފާނަކީ ރާއްޖެއަށް އެންމެ ބޮޑަށް ގައްދާރުވި ބޭފުޅާ ކަމަށެވެ. އަދި އެ މަނިކުފާނު އިސްތިއުނާފް ނުދީފިނަމަ މަގާމުން ބާލަން ވެސް ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ 500 މިލިއަން ޑޮލަރަށް ރާއްޖޭގެ ސަރަހައްދު ދޫކޮށްލުމަކީ ބަލައި ދޫކޮށްނުލާނެ މައްސަލައެއް ނޫން ކަމަށެވެ. "ގާނޫނު އިބްރާހިމް މުހައްމަދު ސޯލިހުއާ ހަމަކުރާނެ. މިހާބޮޑަށް ގައްދާރުވީމަ ޖެހޭނީ ޖަލަށް ލާން" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސް

    ދިފެންސް މިނިސްޓަރަކަށް ހުރި އިރު އެތަން އަތުލިނަމަ.

    1
    1
  2. ސަރަގު

    ކޮތަރު އާދަނާ ކަލެއަކަށް ނޫން މިހާރު ކަންކަން ކުރަންވީ ގޮތް އެގެނީ. އަދި ކަލޭގެ ލަފައެއްވެސް ޚިޔާލެއްވެސް މިކަމުގައި ބޭނުންވާނެ ހައިސިއްޔަތެއްނެތް. މިޤައުމުގެ އަދުގެ ވެރިޔަކީ ރައީސް ޞޯލިޙް. ހޭކުޑާވެގެން ނުތެޅި ތިބޭ. ތެޅުނުވަރަކަށް ހުޅުނބު ދާނީ

    1
    1
  3. ތުއްތުނާ

    ހައްތަހާވެސް ގަމާރުން. މުޅިންވެސް ދިވެހިންމޮޔަހައްދަން. މަލިކުވެސް ހޯދަންވީ. ފޯޅަވަހިވެސް ހޯދަންވީ. އިންޑިއާ އަދި ލަންކާވެސް ހޯދަންވީ. އެމެރިކާވެެސްް ހޯދަންވީ. ކީއްވެބާ ނުހޯދާތިޔަތިބެނީ. މިއިންގައުމެއްގެވާހަކަ އަނގައޮޅިގެންވެސް ދެއްކިބައެއްނޫނޭތީ.. ބާރުގަދަ ދިފާއީވެރިއަކަށްވެސް ކުރައްވަވަފީމު. ކަނޑާ ވަޔާ އެއްގަމުގެ ބާރުވެރިކަންކުރިއިރި ކޯސްޓްގާޑުފޮނުވައިގެން ތިޔަބުނާތަންތަން އަތުލިނަމަ މިއަދު އަނގަތަޅަންނުޖެހުނީސްް

  4. ކީރިތި

    މުއިއްޒު 2023
    ނައިބަކަށް ދަތްދޮޅި