ފިނޭންސް މިނިސްޓްރީން އެމްބިއުލާންސްތަކެއް ހޯދަން ބިޑަށް ހުޅުވާލި ފުރުސަތުގައި، ބޮޑު އަގު ހުށަހެޅި އިންޑިއާ ކުންފުންޏަކުން އެ ބިޑް ކާމިޔާބުކުރި މައްސަލަ ބަލައިދިނުމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން އެދިއްޖެއެވެ.

އެ ބިޑް ކާމިޔާބުކޮށްފައި ވަނީ "މޯހަން މުއްތާ" ކުންފުނިންނެވެ. އެ ކުންފުނިން އެ ބިޑް ކާމިޔާބުކޮށްފައި ވަނީ، އޭޑީކޭއިން ބީލަން ހުށަހެޅި އަގަށްވުރެ ބޮޑު ކޮށް ބީލަން ހުށަހަޅައިގެންނެވެ. އެހެންވެ އެ ކަން ބަލައިދިނުމަށް އެދި އޭޑީކޭ ޖެނެރަލް ޓްރޭޑިން ވަނީ ފިނޭންސް މިނިސްޓްރީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.

އޭޑީކޭއިން ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން 15 އެމްބިއުލާންސް ހޯދަން ދެ ފަހަރު އިއުލާނު ކުރުމުންވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށެވެ. އަދި އޭޑީކޭ އިން ބުނެފައި ވަނީ، އެ ބިޑް ކާމިޔާބު ކުރި ކުންފުނި ކަމަށްވާ މޯހަން މުއްތާ އިން އެ ބިޑް ކާމިޔާބު ކުރި އަގަށްވުރެ، ކުޑަކޮށް އޭޑީކޭއިން ބިޑް ހުށަހެޅި ކަމަށެވެ.

އޭޑިކޭއިން ބުނީ، މޯހަން މުއްތާ ކުންފުނިން ބީލަން ހުށަހެޅި އަގަކީ އޭޑީކޭއަށް ވުރެ ހަތްލައްކަ އަށްޑިހަހާސް އެއްސަތޭކަ އަށްޑިހަ ރުފިޔާ ބޮޑު އަގެއް ކަމަށެވެ.

އެހެންވެ މޯހަން މުއްތާ އިން ބިޑް ކާމިޔާބު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭޑީކޭގެ ސިޓީގައި ވެއެވެ. އަދި މިގޮތަށް ކަންތައް ދިމާވާނަމަ މުސްތަގުބަލްގައި މިރާއްޖޭގެ އިގްތިސާދަށް ގެއްލުންވުމީ ހަގީގަތެއް ކަމަށް އޭޑީކޭގެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. އެންދެރި

  އޭޑީކޭ އިން އެބުނީ ރަނގަޅު ވާހަކަ އެކެވެ.

  108
  1
 2. ައެލެކްސް

  ޒީރޯ އިންޑީޢަން ޕޮލިސީ

  101
  1
 3. ރަޝީދު

  ފިނޭންސް މިނިސް ޓަރުގެ ޖީބަށް ވަންނަ ބަޔާ އެކު އެއީ

  105
  1
 4. ހީވޭ

  މީ އިންޑިޔާ އުނގަށްއެރި އޮތްސަރުކާރެއް

  108
  2
  • އެކަމަކު

   މީޒީރޯޓޮލެރަންސް އަދި ކޮރަޕްޝަން ފުރީ ސަރުކާރެއް. މިސަރުކާރުން ތިކަހަލަކަމެއްނުކުރާނެ. ތިކަހަލަ ކަންތައް ކުރާނީ ޔާމީން ސަރުކާރުން. މިހާރުމިވާގޮތް ރައްޔިތުންނަށް އެބައެނގޭބާ ބަޖެޓްހުސްވާގޮތް މިހާރު އެބައެގޭދޯ.

   50
 5. ހާލާ

  ކޮބާ ހީވޭ ކަމެއްހެން. މުޅިޤައުމު އިންޑިއާ އަށް ދީ ހުސްކޮށްފި. މިދެން ކިހާ ބޮޑު ކަމެއް.

  111
  1
 6. ގލޅ

  އައްނިގެ ކޮރަޕްޓް ސަރުކާރު ނިމޭއިރު ރާއްޖެވެސް އޮންނާނީ
  ހުސްވެފައެވެ އޭގެ ކޮޅުމަތި މިވަނީ ފެންނަން ފަށާފައެވެ
  ރައްޔިތުންނަށް މިވަނީ ޅައެއްޗެއް އެޅިފައެވެ އަވަހަށް މިކަމުން މިންޖުވާން ވީއެވެ.

  114
  1
 7. އައިޝްނޫރާ

  އިގްތިސޯޯދަށް ގެއްލުންވަނީ ބިޑްނުލިބުނީމަތަ؟؟ ނޫނީ އަތްނުފޯރާވަރަށް ބޮޑު އަގުގަ ދިވެހިރައްޔިތުން އަތުން އޭޑީކޭއިން ފައިދާ ނެގީމަތަ؟؟ ދުވާލަކަށް މިލިއަނަކަށްވުރެ މާގިނައިން އޭޑީކޭއަށް ވަދޭ. އެވަރުންވެސް ހިދުމަތުގެ އަގު ކުޑަކުރާކަށްނުވޭބާ؟؟ ރިސެޕްޝަންގަވެސް އެއްވެސް ކުއްޖަކު ހަރެއްނުލާ. ސަބަބެއް އޮންނާނެތާ.

  25
  67
 8. ދޮންބެ

  އަގު އެއްކިބާގަ އޮއްވާ ތި އިންޑިޔާއިން ގެންނަ ވެހިކަލް ބޮޑައްވައްތަރުވާން އުޅޭނީ ދަނގަނޑު ބާޖަކާ. ރާއްޖޭގެ އާންމު މާރކެޓުން އޭގެ ސްޕެއަރވެސް ނުލިބޭނެ.

  82
 9. އަހުމަދު

  ތިޔަ މައްސަލަ ހުށަހަޅަން ޖެހެނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މަޖިލީހަށް ހުށަހެޅިއަސް ވާނެ ކަމެއް ނޯންނާނެ ބިޑް ބާތިލް ކުރުމުގެ ބާރެއް ނޯންނާނެ އެބާރު އޮންނާނީ އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންހެނުން ބާރު ވެރިކުރުވަން މުޅި ކޮމިޝަނުގައި އަންހެނުން ބާރަށް މީހަކު ފޮޑިއެއް ޖެހިޔަސް ބިރުން މައްސަލަ މިހާރުފައިލް ކުރާނީ.... ފިރިމީހާ އަށް ކިޔަމަން ވުމުގެ ގޮތުން އޭނާ އެކަން ނުބަލަން ބުންޏަސް މިހަރު އެތަނުންވެސް މައްސަލަ ނުބެލޭނެ މިއީ ބާރު ވެރިކުރުމަކީ.... ،މައްސަލަ ބެލެނެ ތަނެއް ނޯންނަނެ މުޅި ގައުމުގައި ފިނޭންސް މިނިސްޓަރުގެ ބާރު މީރާ ވެސް މިހާރު އޭނާ އަންގާ ގޮތަކަށް ގަވާއިދު ހަދަން ގާނޫނު ހެދީ މިއީ ގުޑް ގަވަރ ނަންސް ތޯ

  23
 10. ހުސެން

  ކޮއްކޯ އިންޑިއާ ފުރަތަމަ ޕޮލިސީ ގެ ދަށުން އިންޑިއާ ގެ ކުންފުނިތަަކަށް ދީފާ ބާކީއޮތިއްޔާމު ދިވެހިންނަށް ލިބޭނީ،މިއީ އިންޑިޔާ ގެ މައި ސަރުކާރުން ހިންގާ މޯޑީޖީގެ ސްޓޭޓް ސަރުކާރެއް.

  64
  • ޒުމްބީ

   ޢިންޑިއާއިން އެހީދީފަވަނީ މ މިކަހަލަ ހުރިހާ ކަމމ މަކަށް ރިޢާޔަތް ކޮށްފަޔޭ ހުރިހާ މ ަމސައްކަތެއް އިންޑިއާ އަށް ދޭގޮތަށް ވެނު މަސް ވެނަށް ހޮހޯ މިއޮތީވާ ސަރުކާރެއް

 11. ސޯދިގު

  އިންިހާބު ވަގަށް ނަގަށް ބުއްދާ ދިން ވަގު ފައިސާގެ އަގު ދެނީ. މީ ވެންމަސް ވެނަށް ކާންދީފަ ސިޔާދަތު ވަގަށް ނެގުން

  58
 12. މަނޭސް

  މަނަދޫ އިންޖީނުގެއަށް ތެޔޮސަޕްލައި ކުރަންވެސް ހަވާލުކުރީ ތިޔަގޮތަށް ކުޑައަގެއް ހުށައަޅާފަ އޮއްވާ އެމްޑީޕި އަށް ސަޕޯޓްކުރާ ޕާޓީމީހާއަށް

  53
 13. ޥާހްވާހް

  ބައިތުލްމާލް ދަވާލަނީ

  28
 14. ބުރޯ

  އޭޑީކޭ ން ހުށަހެޅި ބިޑްގަ ސަރުކާރުގެ ކަމާބެހޭފަރާތްތަކަށް ދޭންޖެހޭ ކަމިސަން ހިމެނިފައިނެތުމުން ކުޑަވީ .މޯހަން މުއްތާ ކުންފުނިން ހުށަހެޅި ބިޑް ބޮޑުވީ އިންޓަނޭސަނަލް އެގްރީމަންޓްގަ ސޮއިކުރާފަރާތަށް ދޭންޖެހޭ 2.5 % ގެ ކަމިސަން ބިޑްގަ ހިމެނިފަިއޮތުމުން އެފައިސާ ނުދޭގޮތަށް ހަމަޖެހިއްޖެނަމަ ބިޑް އޭޑީކޭ އަށް ވުރެ ކުޑަވެސް ވެދާނެ ތޯއްޗެއް ؟

  15
  3
 15. މޯލްޑިވްސް ސެކަންޑް

  ގެރިމޯދީ އިންޑިއާ ރުޅިއައިސްދާނެތީ. ތިއޮތީ ވިކިހުސްވެފައި. އިންޑިއާ ޖަޒީރާ ރާއްޖެ ސަރުކާރުގެ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން.

  24
 16. މޯހަން މުއްތާ

  ރާއްޖެ އެތެރެކުރާ ކާނާވެސް މޯހަން މުއްތާ. ބޮޑުހިލަވެސް މޯހަން މުއްތާ. މަގުތައް ހެދުންވެސް މޯހަން މުއްތާ. ފެނާއި ނަރުދަމާވެސް މޯހަން މުއްތާ. އެމްބިއުލާންސް ވެސް މޯހަން މުއްތާ. ޕެނަޑޯލްގުޅަވެސް މޯހަން މުއްތާ. މަޖިލީހުގައާއި ސަރުކާރުވެސް މޯހަން މުއްތާ. ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހިންނަށް ދަރިން ހޯދައިދޭނީވެސް މޯހަން މުއްތާ. މީވަރަށް ވާހަކަ.

  34
 17. ބުރޯ

  މޯހަން މިކިޔާ ކުންފުންނަކީ އެމްޑީޕީ ސަރުކާރަށް ވައްކަން ކޮށްދޭ ކުންފުނި

 18. ބުރޯ

  މާޒީގަ ކެރަފާއާ މާޒީގަ ސިއްކަ މުއްސަނދި ވިގޮތް ބައްލަވާލައްވާ ހަގީގީ ވަގުން އައިސް މިތިބީ މިސަރުކާރު ތެރޭގަ.

 19. ާަޕޮގުބާ

  އެމްޑީޕީގެ ސިޔާސަތު ގައުމުގެ ދަތަނި 50 ބިލިޔަން ރަށްޔިތުން ފެލުން ސަޅިއެއްނު

 20. ާަާމަ

  އެހެންނުވާނީ މިހާރުގެ ޕޮލިސީއަކީ އެންމެފުރަތަމަ އިންޑިޔާ އޭ.

 21. ނޫމާ

  ޒީރޯ ޓޮލަރެންސް

 22. މަޝާރު

  އެނގިހުރެ މިބުނަނީ. ދާދި ފަހަކުން ސަރުކާރުން އިއުލާނުކުރި އެތައް ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަން އަތޮޅުގެތޭގައި. އޭގައިވެސް އެހުރިހާ މަސައްކަތެއް ހަވާލުކުރީ އެންމެދަށް އަގު ހުށަހެޅި ކުންފުންޏަކަށް ނޫން. އެމައްސަލަ ފެންމަތިކުރުވީމަ ދެންނެވީ ފިނޭންސްއިން ފުރަންޖެހޭ ފޯމެއް (ބޭންކް ސްޓޭޓްމަންޓް ހުށަހެޅީމޭ ބުނާ ފޯމެއް) ނުހުށަހަޅައިގެނޯ. އެކަމު ބިޑްތައް ކަނޑާ ހުޅުވީރު އެވާހަކައެއް ނުދަންނަވާ. ބޭންކު ސްޓޭޓްމަންޓްތައްވެސް ހުރީ ހުށަހަޅާފައި. ބަރާބަރަށް މާކްސްވެސް ދިން. މާފަހުން ކޮންމެވެސް ކަމެއް އީޖާދުކޮއްފަ ވަކިބަޔަކަށް މަސައްކަތްތައް ދޭން ކުރާ ކަންތައް. ތެދުވެރިކަން ކޮބައިތޯ؟ އިޙްލާސްތެރިކަން ކޮބައިތޯ؟ ދިވެހިންގެ އާދަތޯ މީ؟ އެތައްލައްކަ ރުފިޔާއެއް ސަރުކާރަށް ގެއްލުން ކޮންމެ ޕްރޮޖެކްޓަކުން. ގައިމު އެންމެދަށުން އަގުހުށަހެޅި ކުންފުންޏަކީ އެތައް މެގަ ޕްރޮޖެކްޓް މުޅިރާއްޖޭގައި ހިންގާ ހިންގަމުންދާ ފަރާތެއް. ދެން؟ ލަނޑަޔާވާނީ ލަނޑަޔާ. އަބަދުވެސް މަށަށް ކޯއްޗެއްތޯ ވިސްނަނީ ހެނދުނު ހޭލާގޮތައް.

 23. މިގޭ

  މިއީ ޒީރޯ ތޮލެރަސްއަކީ . ފޫގަޅައިގެން ނިކުތްއިރު މީހުން ހީކުރާނީ ހަމަ އެބުނިހެން ބަލަގަ އިންޑިޔާއަށް ނުދީ ކީއްކުރާނީ އެނޫން ގޮތެއް ނެތް ދަށުވެ ނިމިފައި. ސުންޕާ ސަރުކާރު.

 24. ކުޑަބަޖަރާ

  ރައީސް ސޯލިހު ވިދާޅުވެފައިވޭ މިސަރުކާރުން ގެންގުޅޭނީ އިންޑިޔާއަށް އެންމެއިސްކަންދޭ ސިޔާސަތުކަމަށް. އެހެންވެ އެސިޔާސަތުގެ ދަށުން ބިޑް އެދިޔައީ. އިންޑިޔާ ބަޔަކު ބައިވެރިވެއްޖެ ކަމެއް ދިވެހިންނަކަށް ނުލިބޭނެ. އެހެޔޮ ހިލޭކޮށްދޭން ބުންޏަސް.

 25. ޓެރޭ

  އޭޑީކޭއިން ސަރުކާރުގެ ބިންތައް ދީފައިވާ އުސޫލުތައް ބަަލަންޖެހޭ
  އޭޑީކޭ އިން ސަރުކާރުގެ ހޮސްޕިޓަލުގައި ހިންގާ ގެސްޓްހައުސް އަކީ މަޖުބޫރީ ބަލިމީހާ އަތުން މުޅި ރާއްޖޭގެ ހުރި އެއްމެ އަގުބޮޑު ގެސްޓް ހައުސް ވެސް ނުނަގާ ވަރު،
  ސަރުކާރުން އެތަން ނަގަންޖެހޭ އަދި ފެންވަރު ރަނގަޅު ބޭރުގެ ބަޔަކާ ހޮސްޕިޓަލް ހިންގަން ދޭންޖެހޭ.

 26. ޙައްގުބަސް

  މިހެން މިކަން ވާނަމަ ދެރަކަމެއް! ގައުމުގެ އިގްދިސޯދަށް އަސަރުކުރާނެ! ކޮރަޕްޝަން އަދި ނާޖާއިޒު ގޮތުގައި މިކަހަލަ ކަންތައްތައް ގައުމުގައި ހިނގަމުންދާނަމަ! އިންޑިޔާ ސަރުކާރުން ރާއްޖެއަށް 1.5 ބިލިއަން ރުފިޔާގެ ލޯނެއް ވަނީ ދީފަކަމަށް ބުނާތީ އަޑުއިވޭ! ސަރުކާރުގެ ތެރެއިން ބުނަނީ ކްރެޑިޓް ފެސިލިޓީއެއްގެ ގޮތުގައި މިޢަދަދަށް ފައިސާ އިންޑިޔާއިން ފޯރުކޮށް ދީފައޭ ވަނީ!! ކްރެޑިޓް ފެސިލިޓީއަކީ ހަމަ ލޯނު!! އިންޓަރެސްޓާއެކު ދައުލަތުން އަނބުރާ ދައްކަންޖެހޭނެ! މިހާރު މިވާގޮތަކީ އިންޑިޔާއިން ސަރުކާރަށް މިލޯނު ފޯރުކޮށްދީފަ އިންޑިޔާގެ އެކި ކުންފުނިތަކުން މިރާއްޖޭގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް ކުރިމަތި ލައިގެން މިފައިސާކޮޅު މިގެންދަނީ މިގޮތަށް! ނުވަތަ ބޮޑެތި ޑީލްތަކެއްގެ ތެރެއިން ފައިސާ ކޮޅު ދަމައިގަންނަނީ! މިއީ ރާވައިގެން އެމީހުންގެ ސަރުކާރުންވެސް ކުރުވާކަމަކާ ވައްތަރީ ބޮޑަށް! މިހެން ހެދީފަ ހުރިހާ ފައިދާއެއް އިންޑިޔާއަށް! އެއީ މިގައުމަށް ކްރެޑިޓް ފެސިލިޓީއޭ ކިޔާފަ އިންޓްރެސްޓާއެކު ދިން ބޮޑު ލޯނުގެ ފައިސާ އަނބުރާ އެމީހުންނަށް ލިބުމާ އެމީހުންގެ ކުންފުނިތަކުން އެފައިސާ ކޮޅު މިރާއްޖެއިން ބޭރުކުރުން! އަދި އެގައުމުގައި ހުރި އެންމެ ރަގަނޅުނޫން ފެންވަރު ދެރަ މުދާ މިގައުމަށް ބޭރުކުރުން! އެގައުމަށް ބަރޯސާވެ އެމީހުންގެ ވަކިތައް މިރާއްޖޭގައި ހިއްޕުން! މިއީ ވަރަށްބޮޑަށް ރާވައިގެން އެމީހުންވެސް ހިންގާ "ޖަރީމާ"އެއް!! އަޅުގަނޑުމެންނަކީ އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއްކަން އެމީހުން ދަނޭ! ގައުމިއްޔަތުކަމެއް ގައުމީ ލޯތްބެއް މީ އަހަރެމެންތެރޭ ފައިސާގެ ކުރިމަތީ ހަމަ އޮންނަ އެއްޗެއް ނޫންކަންވެސް އެމީހުން ދަނޭ! އެހެންވީމަ ވަގުތާއި ޙާލަތުގެ ބޭނުން "ހިޔަޅު" ހިފާނެ ނޫންތޯ؟

 27. މުގުރި

  މިސަރުކާރު ކޮށްފިއްޔާ ކޮރަޕްސަނަކަށް ނުވާނެ. ޒީރޫ ކޮރަޕްސަނޭކ ކިޔައިގެން ސަތޭކަޕަސެންޓް އިންޑިޔާ އަށް ވިކިފަ. މީދެންބޮޑުވަރެއް. މީ އިންޑިޔާ އުނގަށްއެރި އޮތްސަރުކާރެއް . އަދިވެސް ބޮޑުނުނާ ސަރުކާރެއް. އިންޑިޔާވެފަ. އަދިވެސް އަމިއްލައަށް ކަންކަންކުރަންނޭގޭ..