ޑީއާރުޕީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަަކަށް މަތިވެރިން ބޮޑު ދެ ބިން 50 އަހަރަށް ކުއްޔަށް ދިނުމުން އެރަށު ކައުންސިލުން އެކަން ކުއްވެރި ކޮށްފިއެވެ.

މަތިވެރި ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް އެކައުންސިލާ ރިޗް ކްލަބް މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެރަށު 25600 އަކަފޫޓޫގެ ބިން އަދި 21280.25 އަކަފޫޓޫގެ ބިން ކުއްޔަށް ދޫކޮށް ރިޗް ކަލްބުން ކައުންސިލަށް ދައްކަން ޖެހޭ ބިމުކުލި ދައްކަމުން ނުދާ މައްސަލަ ހައްލުވެ ކުލި ލިބެންފެށިތަނާ އެކައުންސިލްގެ ބަހެއް ނުހޯދައި އެ 2 ބިން 50 އަހަރަށް ޖާބިރްގެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ކަމަށެވެ.

އަދި އެ ބަޔާނުގައި ބުނެފައިވަނީ އެފަދަ އިންވެސްޓްމެންޓް ކައުންސިލްގެ ނަމުގައި މިލްކް ކުރެވުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އެ ކައުންސިލުން ކުއްޔަށް ދީފައިވާ ބިމަކީ އެ ކައުންސިލްގެ އިޙްތިސޯސް ހިނގާ ސަރަހައްދުގައިވާ އެހެން އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިނުވާ ބިމެއްކަމުގައެވެ. އަދި އެ ބިމުގެ ފުރިހަމަ މިލްކުވެރި ފަރާތަކީ ވެސް އެ ކައުންސިލް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިހެން މިކަންތަށް ހުރި އިރު ޓޫރިޒަމް މިނިސްޓަރ ކުރައްވަން އުޅުއްވާ އައިރު ގާނޫނީކަންކަން ހުއްޓާލައްވައި ކައުންސިލުން ކުއްޔަށް ދީފައިވާ 2 ބިމަށް އެ މިނިސްޓްރީން ދައްކަވަންޖެހޭ ހުއްދަތައް މިހާރުން މިހާރަށް ދެއްވުމަށްވެސް މަތިވެރި ކައުންސިލުން ވަނީ ގޮވާލާފައެވެ.

އަދި އެފަރާތުން ވަނީ ޓޫރިޒަމް މިނިސްޓަރ ކުރައްވަމުން އެގެންދަވާ ކަންކަން ބައްލަވައި ފިޔަވަޅު އެޅުއްވައި ދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވެސް ދަންނަވާފައެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެގެސްޓް ހައުސް ކުއްޔަށް ދިނުމުގައި މިނިސްޓްރީން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި އެކަމަކީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުޅަކޭ

    ބޮޑާހާކާފަ ރޯކުދިންބައްޕަ ކުޅޭއެއްޗިސް ހޯދާދެއެއްނު ..

    11
  2. ޒާ

    ތިއޮތީ ކައުންސިލްތަކަށް ހައްގު ބާރު ދީފައިކަން މިވަރުން ވިސްނޭނެކަމަށް ހީކުރަން.

  3. ރިހާކުރުކުޑޭ

    ދިނުމަކުންގޯހެންނޫން .. ތިރަށާއި ކާށިދޫއާއިދެމެދު ކޭބަލްކާރުންދަތުރުވޭގޮތް ހަދާވެސްދީފާނެކަންނޭގޭ ؟