ރޭ ފަތިހުގެ ވަގުތެއްގައި ވަށަފަރުން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ވަށަފަރު ކައުންސިލާއި ހަވާލާދީ އޮންލައިން ނޫސް "ތިލަދުން" ގައި ބުނެފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އުމުރުން 70 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅެވެ.

ފަތިހުގެ ވަގުތެއްގައި އެރަށުމީހެއް ގެއްލިގެން އާއިލާއިން އެކައުންސިލަށް 6:10 ހާއިރު ރިޕޯޓް ކުރުމުން ކައުންސިލުން ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

އޭނާ ފެނިފައިވަނީ އެރަށު ތުނޑިއާ ދިމާލުން އޮޔާދަނިކޮށް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ފަޅުތެރެ ބަލާ ހޯދުމުގައި ހަރަކާތްތެރިވި ވަށަފަރު ވޯޓާރ ސްޕޯޓްސްގެ ޖެޓްސްކީއަކަށް ކަމަށް ވެސް "ތިލަދުން" ގައި ބުނެފައި ވެއެވެ.

އޭނާ ފެނިފައި ވަނީ ހެނދުނު 7:10 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިއްޓެ

    ގެއްލިގެން . ހޯދަމުން ދިޔަ މީހާ ފުރަތަމަ ފެނުނީ އެއްގަމުގަ ހުރި މީހަކަ.... ދެންއެއްގަމުގަހުރި މީހާ ޖެޓްސްކީގައި ތިބި ދެމީހުންނަ އް އެމީހާ ދެއްކީ.. އެމިހާ އެއްގަމަ ގެނައީ ޖެޓްސްކީ ގައި ތިބި ދެމީހުން .

    17