މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓަށް ގއ.ވިލިނގިލި އޮންނަ އަތޮޅު އޮޅިއްޖެއެވެ.

ހައުސިން މިނިސްޓްރީން އަންގާރަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓަކާއި، އެދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވިލިނގިލި އޮންނަނީ ގދ.އަތޮޅުގައި ކަމަށެވެ.

އަތޮޅު ތެރޭގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ގދ.ގައްދޫގައި އިމާރާތް ކޮށްފައިވާ 50 ފްލެޓް އަދި ގދ.ވިލިނގިލީގައި އިމާރާތް ކޮށްފައިވާ 52 ފްލެޓްގެ ހައްގުވެރި ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ކައުންސިލްއާއި އެކު ދަނީ މަސައްކަތް ކުރެވެމުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް ގދ.އަތޮޅުގައި ވިލިނގިލި ކިޔާ ރަށެއްގައި މީހުން އާބާދުވެފައެއް ނުވެއެވެ. 52 ފްލެޓް އިމާރާތް ކޮށްފައި ވަނީ ގއ.ވިލިނގިލީގައެވެ.

މިއޮޅުން މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއޮޅުން ރަނގަޅު ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ސަރުކާރުގެ އެކި އިދާރާތަކުގެ ޓްވިޓާ އެކައުންޓްތަކުންނާއި، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންގެ އެކައުންޓްތަކުން އޮޅިގެން ޓްވީޓް ކުރެވޭ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މިފަދަ އޮޅުންތައް މަދުކުރަން ފިޔަވަޅުތަކެއް އަޅާފައިވާކަން އެނގިފައެއް ނުވެއެވެ.

މީގެ ކުރިން ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަނީ އެބޭފުޅުންގެ މަސައްކަތުގެ ދާއިރާ އާއި ނުގުޅޭ ބައެއް ޓްވީޓްތައް ވެސް ކުރައްވާފައެވެ. އެފަދަ ޓްވީޓްތަކާއި ގުޅިގެން ބައެއް ފަހަރު މަޢާފަށް އެދުނު ނަމަވެސް އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތައް ކަންކަން ރާވާފައިވާކަމެއް ސާފުކޮށެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތޮރާ

    ގދ ގައި އޮންނާނެ މީހުން ދިރިނޫޅޭ ފެރޭތަ ވިލިގިއްލާކިޔާރަށެއް

  2. ޙައްވާއި

    ގއ. ވިލިގިނލީގެ ކޮންތަނެއްގައި ބާއްވަފައި އޮންނަ؟ އަތޮޅު ހޮސްޕިޓަލެއްބާ! ކީއްކުރާނީ!!!!!!

    2
    1
  3. ސާބަސް

    ކިހާދެރަކަމެއް

  4. ދަންނަ

    އެއީ އެއް އަތޮޅެކޭ ކޮބާތަ މައްސަލައަކީ

    2
    11
    • ޢަހުމަދު

      އެއީ އެއް އަތޮޅެއްނޫން ގއ އަދި ގދ.. ހުވަދު އަތޮޅު ބުނިނަމައެއީ އެއް އަތޮޅެއް.

  5. ހަޖަމް

    ގއ.ތިނަދޫ