ރާއްޖޭގެ ސްކޫލުތަކުގައި ކުދިންނަށް ކިޔަވައިދޭ އިސްލާމް ފޮތުގައި "ﷲއަށްޓަކައި ލޯބިވުމާއި ﷲއަށްޓަކައި ރުޅި އައުން" ފިލާވަޅު ގެނެސްދީފައިވާ ގޮތުން އެހެން ދީންތައް ގަބޫލުކުރާ ކުދިންނާމެދު ދަރިވަރުންގެ މެދުގައި ނަފުރަތު އުފެދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް ގެ ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ގްރޭޑު 9 ގެ އިސްލާމް ފޮތުގެ ހަތްވަނަ ޗެޕްޓަރގައި ހިމެނޭ "ﷲއަށްޓަކައި ލޯބިވުމާއި ﷲއަށްޓަކައި ރުޅި އައުން" ފިލާވަޅުގެ ސަބަބުން އިސްލާމް ދީން ނޫން އެހެން ދީންތައް ކިޔަވާ ކުދިންނާމެދު ދަރިވަރުންގެ މެދުގައި ނަފުރަތު އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި އެ ފިލާވަޅުގައި އެބުނާ ބަސް (ﷲއަށްޓަކައި ލޯބިވުމާއި ﷲއަށްޓަކައި ރުޅި އައުން) ސީރިއަސްކޮށް ނުނެގުމަށް ކުދިންނަށް ކިޔައިދޭން ޖެހޭ ކަމަށް ރިޕޯޓުގައިވެއެވެ.

"ﷲއަށްޓަކައި ލޯބިވުމާއި ﷲއަށްޓަކައި ރުޅި އައުމުގެ ފިލާވަޅުގެ ކޮންސެޕްޓުގެ ސަބަބުން ދިވެހި ދަރިވަރުންނާއި އިސްލާމް ދީން ގަބޫލު ނުކުރާ އެހެން ދީންތަކުގެ ދަރިވަރުންނާ ދެމެދު ނަފްރަތް އުފެދި، އެހެން ދީންތަކަށް ފުރައްސާރަކުރުން ފަދަ ކަންކަން މެދުވެރިވުން އެކަށީގެންވޭ. އެހެން ކަމުން މި ފިލާވަޅުގައި މިބުނާ ބައެއް ކަންކަން އޭގެ ލަފްޒީ މާނައިގައި ސީރިއަސްކޮށް ނުނެގުމަށް ކުދިންނަށް ކިޔައިދޭން ޖެހޭ،" އެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ ސްކޫލުތަކުގެ އިސްލާމް ފޮތްތަކުގައި ހުރި ހުރިހާ ޗެޕްޓަރތަކެއް ވަކި ވަކިން ދިރާސާކުރުމަށްފަހު ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކަރިކިއުލަމްގެ ސަބަބުން އިސްލާމް ދީން ގަބޫލުކުރާ ދިވެހި ކުދިން އެހެން ދީންތަކަށް ހުރުމަތް ކުރާ މިންވަރު ނުވަތަ އިހްތިރާމް ކުރާ މިންވަރު ދަށްވާކަމަށް ބުނެފައެވެ. އަދި ކައިވެނީގެ ކުރިން ޖިންސީ ގުޅުން ހިންގުން ނުވަތަ ޒިނޭ ކުރުމާ ގުޅޭ ގޮތުން އެ ފޮތް ތަކުގައި ފިލާވަޅު ގެނެސްދީފައިވާ ގޮތްވެސް ރަނގަޅު ނޫން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ކައިވެނިން ބޭރުގައި ޖިންސީ ގޮތުން (އެއްޖިންސުން ގުޅުން ހިންގުން ހިމެނޭ ގޮތަށް) ޒިނޭ ކުރުމުގައި ކުޑަކުދިން ޝާމިލުވެ އުޅުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ (އަމިއްލައަށް މަރުވުމަކީ) ގޯސްކަމެއް ކަން ކުދިންނަށް ކިޔައިދިނުމުން އެ ނިމުނީ. ކުދިންނަށް ޖިންސީ އަނިޔާ ލިބެނީ އެއްޖިންސުން ގުޅުން ހިންގައިގެންނޭ، ނުވަތަ ކައިވެނިން ބޭރުން ޒިނޭ ކޮށްގެންކަން ކިޔައިދިނުމުގެ ބޭނުމެއް ނެތް. މިއީ ކޮންމެހެން ކިޔަވައިދޭން ޖެހޭ އެއްޗެއް ނޫން،" އެ ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ކަރިކިއުލަމްގައި ދީނީ ގޮތުން ކުދިން ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ކަހަލަ ފިލާވަޅުތަކެއް ހުރި ކަމަށްބުނެ އެ ޖަމިއްޔާއިން ރިޕޯޓު ނެރެފައިވާއިރު އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ސިޔާސީ އިސް ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. މުހައްމަދު އަހުމަދު ދިލްބާރު

  ތި އެމްޑީޢެމް ފޮހެލަންޖެހޭ. ލެޔާކުޅެން ނޫޅޭ!! ޝަހިންދާގެ ކަންތައް މިހާރު ހައްދުންނެތިގެން ތިދަނީ!! ކަލޯ އަހަރެމެން އެބަތިިބީމޭ. ދީނާ ނުބެހެއްޗޭ!! މާތް ރަސޫލާއާއި ނުބެހެއްޗޭ!!!!!!!!!!!!!!!!

  103
  1
 2. ކާނޭ

  މަދެން ބުނަންވީތަ ސަކިންދާ ކަލޭ ޝަމީމުދެކެ ރުޅިއައުމައި ލޯބިވުމަކީ ކަލޭ އެހެން މީހުންދެކެ ރުޅިއައިސް ނަފުރަތު އުފެދޭކަމެކޭ؟؟ ކަލޭމެންނަށް އިސްލާމްދީނަށް ނުގެޅިލަ ހަމަ ނުތިބެވީދޯ؟ ކަލޭމެންނަށް ހަމަ ނޭނގެނީތަ އިސްލާމްދީނާ ރަސޫލާއަށާއި ޤުރުއާނަށް ހަޖޫޖެހުމަކީ އެތައް ލައްކަ ބައެއްގެ އިޙްސާސްތައް ކެކިއަރާނެ ކަމެއްކަން؟

  81
  1
 3. ބުރޯ

  ބަލަގަ ކީރިތި ގުރްއާނުގައި ވަނީ އިސްލާމްދީންނޫން ދީނެއް ދީނެއްގެ ގޮތުގައިގަބޫލު ކޮށްފި މީހަކުގެ ކިބައިން އެކަން ގަބޫލު ނުކުރެއްވޭނެ ކަމުގާ. ވީއިރު ތިމާ ހެއްދެވިފަރާތަށާ އެފަރާތުން މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވި ރަސޫލާ ދެކެ ލޯބި ނުވެ ގައިރުދީނުގެ ކާފަރުން ރުއްސަން މަސައްކަތް ކުރަންޖެހޭތަ؟

  130
  1
 4. ހުސޭނުބޭ

  މި ނެޓްވޯކެއް މި ޤައުމުން ބޭރުކުރޭ! ތީ އިސްލާމްދީނާ ފާޅޫގައި ޚިލާފަށް މަސައްކަތްކުރާ ބައެއް!

  94
  1
 5. ޖަޑިބު ހަސަނު

  ސަހިންދާމެން ދާންވީނު އެމީހުން ރުހިގެން އެމީހުން ބޭނުންވާ ގޮތަކަށް އުޅެވޭނެ ރާއްޖެ އަކަށް. މިރާއްޖޭގަ ބޭނުންހާ ސަކަރާތެއް ޖަހަން މިސަރުކާރާ ރައްޔިތުންގެ މަޖީހުން ދިނަސް ދިވެހި ޤައުމުގެ ގިނަ ރައްޔިތުން އެފުރުޞަތެއް ނުދޭނެ. އެމްޑީއެން އާ އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު އެގޮތައް ރުހުނަސް އެންޑީޕީގެވެސް ގިނަ ބަޔަކު ސަހިންދާމެން އުޅޭގޮތައް އުޅޭކަށް ބޭނުމެއް ނުވާނެ. އެމީހުންނަށް އެނގޭ ސަހިންދާމެން އުޅެނީ އުޅެންވާ ގޮތައް ނޫންކަން.

  63
  1
 6. ޢަބްދުއްލަޠީފު

  މުސްލިމުން ނޫން އެހެން ކުދިން ރާއްޖޭގެ ސްކޫލް ތަކުގައި ވަރަށްމަދުން ކިޔަވާއުޅޭ. އެކުދިން ތިބެނީ އިސްލާމް، ދިވެހި، ޤުރްއާން ގަޑީގައި އެއްވެސް ކަމެއްނެތި. ދެންކޮން ނުރުހުމެއް އުފެދެންވީ؟ އަހަރެންނަކީ މިކަހަލަ ކުދިން މަދުން އުޅުނު ސްކޫލެއްގެ ޤުރްއާން ޓީޗަރެއްގެ ވަޒީފާގަ 5 އަހަރު ހޭދަކޮށްފައިވާ މީހެއްގެ ޙައިސިއްޔަތުން މިވާހަކަ ޑިމޮކްރެސީ ނެޓްވޯކަށް އަންގާލަދިނީމެވެ. މުސްލިމުންނޫން އެހެން ދީންތަކުގެ ޓީޗަރުން މިތަނަށް ނުގެނައިމަ ވީނު. ހުރިހާ މައްސަލަތަކެއް ނިމުނީ. އެހެންދީންތަކުގެ ޓީޗަރުންގެ ދަރިން ބައެއްފަހަރު ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވަމުން ދަނީ އެކުދިންގެ މައިންބަފައިން މި ސްކޫލްތަކުގައި ވަޒީފާ އަދާކުރާތީ. ފެނާ ތެލާ އެއްކޮށްގެން އުޅޭނަމަ އަދިވެސް މައްސަލަ ނިކުންނާނެ.

  48
  1
 7. ސަމީ

  ތިޔަ އެމްޑީއެން އާއި އެމްޑީީޕީ އަކީ ހަމަ އެކައްޗެއް، ތަފާތަކީ ހަމަ އެކަނި ފަހަތުގަ ތިޔައޮތް އަކުރު
  ބަލަ ބީދާ އިންތަ ތިޔައީ ، އޭގެމާނަ ނޭންގެންޏާ ތިޔަ ރިޕޯޓެއް ނެރުމުގެ ކުރިން ޢިލްމު ވެރިންކައިރީ އެހިނަމަ އޭގެ މާނަ، ކަމަކަށް ލޯބިކުރަނީ ވެސް އަދި މީހަކު ދެކެލޯބިވަނީވެސް ﷲ އާއި އެކަލާންގެ ރަސޫލާ އަށްޓަކާ، ޒާތީ އެއްވެސް ކަމެއް އޮވެގެން ނެތް ނޫން އިސްލާމް ދީނުގަ މީހުން މީހުން ދެކެ ލޯބިވާންޖެހެނީކީ، އޭގެ މާނައަކީ ބަޔަކު ދެކެ ނަފްރަތު ކުރުމެއް ނޫން،

  52
  1
 8. ާަާމަ

  ކޮބާތަ މި އެމްޑީއެން އެހެން ދީންތަކުގެ ކަންތަކާ މާވަރަކަށް މިއުޅޭ ސަބަބަކީ. ކޮބާ ތިޔަ ބައިގަނޑުގެ މަގުޞަދަކީ... ބުނެބަލަ ތިމަންނަމެން މީ އެހެންދީނަކަށް ވަކާލާތު ކޮށްދޭބަޔެކޭ. އެއީނު ހަގީގަތަކީ، ހެޔޮނުވާނެ އަހަރެމެންގެ ދީނާނުކުޅެއްޗޭ އިނގޭ.

  19
 9. ޢާރިފާ

  ތި މިގައުމުން ބޭރެކެރަ

  53
  1
 10. އަޖައިބު

  ސަކިންދާމެން ތިބުނާގޮތުން ވިއްޔާ ކީއްވެޔޯދެން މުސްލިމުންގެ އަދަދު މިހާ ގިނަވެގެން މިއުޅެނީ. ކާފަރުން މަރައިގެންތަ މުސްލިމުންގެ އާބާދީ އިތުރުވީ؟

  21
 11. ާަާމަ

  ﷲ އަށްޓަކައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކަށާއި އެމީހުންނަށް ވާގިދޭ އެންމެނަށް ނަފްރަތުކުރަން.

  22
 12. Anonymous

  ކޮންކަމެއް ކުރެވޭނީ .ނުކުރެވޭނެ އެއްކަމެއްވެސް. މިއީ އަހަރެމެންގެ ސަރުކާރެއް. ބޭނުން އެއްޗެއް ހަދާނީ.

  2
  24
 13. .......

  އިބުރާހިމްގެފާނުގެ މިއްލަތް އެމީހެއްގެ ކިބައިގަ ނެތް މީހަކު އެވަނީ މިއްލަތުން ބޭރުވެފައޭ ނުބުނެވޭނެބާ...؟
  އިބުރާހިމްގެފާނުގެ މިއްލަތަކީ ﷲ އަށް ޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ރުޅިއައުމެއްނޫންބާ...؟
  ﷲއަށްޓަކައި ލޯބިވުމާއި ﷲއަށްޓަކައި ރުޅިއައުމަކީ އެދެ އަމަލު އޭގެ އެންމެ ސީރިއަސް މާނައިގައި ނަގައި އޭގެ އެންމެ ސީރިއަސް ގޮތުގައި އަމަލުކުރަންޖެހޭ ކަންކަން... ﷲ ބާވާލެއްވެވި ދީން ނޫން އެހެން ދީން ތަކަށް އުޅުމަކީ ﷲއަށް އިހުތިރާމް ނުކުރުން ނޫންބާ...ﷲއަށް އިހްތިރާމް ނުކުރާ މީހަކަށް އޮތީ ކޮން އިހްތިރާމެއްބާ...؟
  އަލްވަލާޢު ވަލްބަރާޢު (ﷲއަށްޓަކައި ގުޅުން ބަދަހި ކުރުމާއި ﷲއަށްޓަކައި ވަކިވެ ދުރުވެ ގަތުން) މިއީ ކާފަރުން މުސްލިމުންގެ ދީނުން އެންމެ ބޮޑަށް އުނިކުރަން ބޭނުންވެ މަސައްކަތް ކުރަމުން އަންނަ އެއް ޓޮޕިކް....

  16
 14. ފެންވަރު

  ތިބައިގަނޑަށް އިސްލާ މްދީނާއި ގުޅޭގޮތުން ވަތުވާނުނެރެވޭނެ! އެގޮތަށް ފަތުވާނެރު މަކީ ކުށެއް! އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަ މެއްނުން!

  18
 15. ސަރުދާރު

  ތަޔައީ، ނަޝީދުގެ ފަރުދާގެ ފުރަގަހުގައި އޮވެގެން ހުޅަނގުން ހިންގާ ޖަމާއަތެއް...

  19
 16. ސަޒާ

  ﷲ އާއި ރަސޫލާ އަސް ފުރައްސާރަ ކުރާކަށް އަހަރުމެން ނަފުރަތު ކުރަން

  16
 17. ާަާމަ

  ﷲ އަށްޓަކައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކަށް ނޫނެކޭ މިބުނަނީ. ތިހެން ގައުމުފަސާދަކުރުން ހުއްޓާލާ.

  19
 18. އަންތަރީސް

  މިކަމުގެވެސް އެއްމެއަޑީގަހުންނާނީ ހުރިހާތަނެއްގެރައީސްއައްވާންއުޅޭމީހާ. ކަލޯއަދޭސްކޮއްފަމިބުނީ އަޅުގަނޑުމެންނާއިނުބެހިބަލަ. އަރަބިގައުމުތަކައްވިގޮތްނިކަން ދެކިބަލަ. ކަލޭމެންކަހަލަމޮޔައިންލައްވާ އެގައުމުތައްވެސްހަލާކުކޮއްލީ. މިއަދުއެމީހުންއެތިބީދެރަވެ ނިކަމެތިވެފަ. އެއްކަލަމީހުން މިއަދަކުނެތްފެންނާކައް.

 19. އަޙްމަދު

  ތިޔަ ނެޓްވާރކް އިން ކަނޑައެޅިގެން ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުވެފަވާއިރު، އެ މަސްއަލަތައް ބަލާ
  ފިޔަވަޅު ނުއަޅާކަ މީ ސީދާ ރައީސުލް ޖުމްހޫރިއްޔާ
  އާއި އޭނާގެ ނައިބުއާއި ހޯ މް މިނިސްޓަރާއި ޕޮލިސް ކޮ މިޝަނަރ ޒިން މާ ވާންޖެހޭ ކަންކަން. އަދި އެފަރާތްތަޢް ޒިން މާ ކުރުވުން ޤާނޫނުތަކުން ޙަވާލުކޮއްފައި ތިބި ފަރާތްތައް ރައްޔިތުންނަށް އެގޭ. ރައްޔިތުން މިހާރަކު ތިޔަފަރާތް ތަކަށް ކުރާ ޅޯތްބެއް އިޙްތިރާ މެއް ނެތްކަން ވަރަށް "އިޙްތިރާ މާއެކު" ދަންނަވަން.

 20. މމ

  މިޤައުމުގެ ސްކޫލްތަކުގަ އެހެން ދީން ކިޔަވައިދޭތަ?