ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ ނަމުގައި އުފައްދައި އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ބަންދުކުރުމަށް، ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ވެސް ގޮވާލަން ފަށައިފިއެވެ.

ފާޅުކަން ބޮޑު ގޮތެއްގައި ކުރިންވެސް ދީނީ އިލްމުވެރިންނަށް ފާޑުކިޔައި ދީނީ އަސްލުތަކާއި ޚިލާފު ވާހަކަތައް ދެއްކުމުގައި ގިނަ ބަޔަކު ދަންނަ ޝަހިންދާ އިސްމާއީލް އިސްވެ ހުރެގެން އުފައްދާފައިވާ އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ހުރި ދީނާއި ހިލާފު ވާހަކަތަކަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި މަޖިލީސް މެމްބަރުންގެ އިތުރުން އިސްލާމިކް މިނިސްޓްރީންނާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުންނާއި ސިޔާސީ އިސް ބޭފުޅުން ވެސް ދަނީ މައްސަލަ ބެލައިދިނުމަށް ގޮވާލަމުންނެވެ.

އެންޑީއެމްފެ ރިޕޯޓާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ، ﷲ އާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށާއި، މިފަދަ އަމަލުތައް ކުރުން މިހާރު މިހާރަށް ހުއްޓުވަން ޖެހޭނެ ކަމަށެވެ.

މި މޭރުމުން ކުރެއްވި ޓްވީޓެއްގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެފައި ވަނީ، އިސްލާމް ދީނަށާއި މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ކޮންމެ ބަޔަކު ކުރިޔަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުމާއި އަމަން އަމާންކަން ނަގާލެވޭ އެންމެހާ ކަންކަމުން ދުރުހެލުވާން ޖެހޭ ކަމަށްވެސް މެމްބަރު ހުސައިން މުޙައްމަދު ވިދާޅުވިއެވެ.

އެންޑީއެމް ރިޕޯޓާއި ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ ގައި ބަޔާންކުރާ ވާހަކަތައް ޙިއްސާކުރައްވާފައެވެ. އެ ޓްވީޓުގައި ވަނީ، "އިސްލާމް ދީނަށް އިހާނެތިކޮށްހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމިއްޔާތައް ރަޖިސްޓްރީ ކޮށް ހިންގުމަކީ މަނާކަމެއް" ކަމަށް އެ ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި ދީނާއި ޚިލާފު ކަންކަން ހުރިހުރުމަށް އިޝާރާތްކުރައްވަމުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވެފައި ވަނީ، މި ރާއްޖެ އަމާންކަމާއި ސުލްހަ މަސަލަސްކންމަތީ އޮތުމުގެ އެންމެ ބޮޑު ސިއްރަކީ މާތްވި އިސްލާމް ދީން ކަމަށެވެ. އެހެންކަމުން އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް މަލާމާތްކޮށް ފުރައްސާރަ ކުރި ކުރުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ވިދާޅުވެ، ރިޕޯޓެއްގެ ސިފައިގައި އެކަން ކުރި އެންޑީއެމް ބަންދުކުރުމަށް މެމްބަރު އިސްމާއީލް އަހުމަދު ވެސް ވަނީ ގޮވާލައްވާފައެވެ.

ދީނާއި ޚިލާފު ރިޕޯޓާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިނިވަން ޚިޔާލެއް ނުވަތަ މިނިވަން ފިކުރެއް ދީނުގައި ނޯންނާނެ ކަމަށެވެ. އަދި އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން ކަމަށާއި، ދީނާއި "ބެހުނީމާ އިސްލާމް ކަމެއް ހުރިނަމަ ލޭކެކޭނެ" ކަމަށެވެ. މި މައްސަލަ ހޫނުވެ ފަޅައިގެން ދިއުމުގެ ކުރިން، ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް މެމްބަރު ނަޝީދު ވަނީ ގޮވާލައްވާފައެވެ.

މި ރިޕޯޓާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ، އެމްޑީއެންގެ ރިޕޯޓް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ބަލައި ނުގަނެވޭނެ ކަމަށާއި މިފަދަ ފަރާތްތައް ދިވެހިރާއްޖޭގައި މަނާކުރަން ޖެހޭ ކަމަށް މެމްބަރު ޝިފާއު ވިދާޅުވިއެވެ.

ރިޕޯޓާއި ގުޅިގެން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހިރާއްޖެ އަކީ އިސްލާމިކް ޑިމޮކްރެޓިކް ޤައުމެއް ކަމަށެވެ. އަދި ހުޅަނގުގެ ޔަހޫދީ ދައުލަތަކުން ދިވެހިރާއްޖެއަށް ތަޢާރަފުކުރަން މަސައްކަތްކުރާ ޑިމޮކްރެސީއަށް ދިވެހިން ނޫނެކޭ ބުނާނެ ކަމަށާއި، އިސްލާމް ދީނަށް ފުރައްސާރަކުރާ އެމްޑީއެން އަށް މާފު ކުރުމެއް ނެތް ކަމަށެވެ. ސައުދު ވަނީ އެމްޑީއެން އުވާލުމަށްވެސް އެ ޓްވީޓުގައި ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢާރިފާ

    ޢަދި ކިރިޔާ ދޯ ތި ހޭލެވުނީ

    29
  2. ތެދުވަންޖެހޭ

    ރައީސުލް ޖުމްހޫރިއްޔާ މިކަމުގަ ބުނާބަސް އަޑުއަހަންތިބޭ.. މިރޭނުންކަމެވެސްނޭގޭ ބުނާއަޑު އިވޭނެ ތިމަންމަނިކުފާނުވެސް މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަމޭ... ދޫނުކުރާނަމޭ... އެހިސާބުން މައުލޫހަދާންނެތި އެއްމެން އަތްޖަހަންތިބޭނީ.. ކަމެކުއްވެރި ކުރަންބޭނުންނަމަ މޑޕ މެމްބަރުން މަހުލިހުގަ މިކަމުގަ ފިޔަވަޅުއަޅަންވީ.. ގަރާރުވެއްދިޔަސް ނުފުދޭ.. އޮޅުވާލަން ދުފުއްކެހެރިން ކަންކުރާ އުސޫލުން ޓްވީޓެކޮއްފަ ކޮފީތަކުގަ އަތްޖަހަންތިބެނީ.. ރައީސުލް ޖުމްހޫރިއްޔާ މަޖުލިހަށް ހާޒިރުކުރޭ.. ޖަވާބުދާރީކުރުވާ.. މަޖުލިހުގެ ރައީސް މިކަމުގަ ބަސްބުނަންޖެހޭ.. ރައީސް ހުވަޔާ ހިލާފުވީ މިކަމުގަ މަޖުލިހުގެ ދައުރު އަދާކުރުމަށް މަޖުލިހު ރައީސް ތެދުވަންޖެހޭ..

    33
    • އެމްޑީއެން އުވާލާ

      މަޖިލީހުގެ ރައީސަކީވެސް އެމްޑީއެންއަށް ވާގިވެރިވާ ލާދީނީ ފިކުރުގެ މީހެއް. އޯލްޓަނޭޓިވް ނެރެޓިވެކޯ އޭނަ ބޭނުންވަނީ. ޔައުނީ ގުރުއާނާއި ހަދީސް ނޫން އެހެން އެއްޗެއް. އެފަދަ މީހަކު ތިޔަ މައްސަލާގައި ދެކޮޅަށް އަޑު އުފުލާނެތަ؟ އެއްގަލަކުން ފެހިކާ އެކިކުލަކުލައިގެ ލަނޑާ ތީ. އުމަރު ވިދާޅުވީ ހެޔޮކޮށް.

  3. ޝާކިރު

    އަޅުގަނޑަށް އުފަލުން ރޮވިއްޖެ. މިވަގުތަކީ ދީނުގެ ހައްޤުގައި ހުރިހާ ޕާޓީއެއް އެކައްޗެއް ކިޔައި ﷲގެ ހައްޤުގައި އަދި ސަލާމާއި ޞަލަވާތް ލެއްވި ލޮބުވެތި ކައުއިތުރު ނަބިއްޔާގެ ހައްޤުގައި އެމް.އެން.ޑީ މިލޮބުވެތި ވަތަނުން ފުލެލަންވީ ވަގުތު. މާފެއްނެތް ނުކުރެވޭނެ.

    43
  4. އަޙްމަދު ކަޅޯ

    އެބަ ރަނގަޅުވޭ

    19
  5. ސިކަންދަރު

    ޑިމޮކްރސީގެ މާނަ މަކަރާ ހީލައް އަޅުވެތިކުރުން ޖީއެސްޓީއޭކިޔައިގެން މިނަގަނީ ޖިޒީ ޖިޒީ ދައްކަން ޖެހެނީ އަސްލުގައި އަޅުން އެކަން އެނގޭނެ އިސްލާމީ ތާރީހުން ފުރަތަމަވެސް ޖިޒީ ދައްކަން ޖެހުނީ އިސްލާމީ ވެރިކަމެއްގެ ދަށުގައި ތިބެން ބޭނުންވާ ގައެރުމުސްލިމުން އެއިރު އުޅުނު މުތަނައސިރު އަރަބިން ނަސޯރާއިންނާއި ޔަހޫދީން މިއަދު އެޔަހޫދީން ޑިމޮކްރަސީޔޭ ކިޔައިގެން މއިސްލާމީ އުންމައްތަކުގަވެސް ރައްޔަތުން މިކުރަނީ އަަޅުވެތި ވަޒީފާއެއް ނުދެވޭތާނގައި ކުރާ މަސައް ކަތުން ހޯދާ ރުފިޔާކޮޅުން ޖިޒީ ނަގައިގެން މިމީހުން އިނާޔަތާ މުސަރަޔާ ނަގާކައް ލަދެއްވެސް ނުގަނޭ މިޑިމޮކްރަސީގެ އެސެޓަކީ ރައްޔަތުން ދެން ގައުމުގެ ހަރު މުދާ މިމީހުން ހިތުހުރި ގޮތެއ ހަދަމުން މިކިޔަނީ މީ ޑިމޮކްރަސީއޭ ތީމަކަރާހީލައް

  6. ދަނޑުވެރިޔާ

    ވަގުތުން ކުއްވެރި ނުކުރުމުން ެގެނީ ތިޔަބައިހަޑަކީ ﷲ އާއި ﷲ ގެ ރަސޫލާ ދެކެ ލޯބިން ކުރި ދެކޮޅުހެދުމެއް ނޫންކަން. ރައްޔިތުން ކެކިއެރީމް ކުރި ޓުވީޓެއްކަން. ނިކަން ކެރޭނަމަ މަޖުލިޖަށް ކުއްލިމައްސަލައެއްގެ ގޮތުހައި ތިމައްސްލަ ވައްދަބަލަ.

  7. ނީމް

    އެމްޑީއެން އާ ދެކޮޅަށް ތެދުވި އެމްޑީޕީ މެމްބަރުންނަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން.

    29
    2
  8. 1111

    ގއ. ޥިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނއަށް .
    "އިސްލަމީ ޑިމޮކްރަސީ" ކިޔާ އެއްޗެއް އިސްލާމްދީނުގެ ނިޒާމަކު ނޯވޭ! އިސްލާންދީނުގެ ނިޒާން ބިނާވެފައިވަނީ އެދީނުގެ އަސްލުތަކަށް. އެއީ ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގެ އިތުރުން އިޖުމާޢު އާއި ޤިޔާސް. އިސްލާމް ކިޔާފަ އެއްޗެއް ކިޔާލުމަކުން އެއީ ދީނުގައި އޮތްގޮތަކަށް ވަނީއެއްނޫން! ދީނޭ ކިޔައިގެން ދޮގުހަދާ ނުތަ ނޭނގޭ ވާހަކަ ދައްކާ، ދީނާ ގުޅުވައިގެން އާކަންތައްތައް އުފެއްދުމަކީބިދުޢަވެރީންގެ ޢަމަލުތައް. ތިވެސް ބަލައެއް ނުގަނެވޭނެ. ދީނާމެދު ޝައްކު ބޮޑުވެ އޮޅުންބޮޅުން އަރާ ސަބަަބަކި މިއީ. ދީނުގެ އަސްލުތަކަށް ރުޖޫޢަ ނުވެ އެ އަޞްލުތައް ދޫކޮށްފައިވާތީ.

  9. ފުނަދޫ

    ކޮންވާހަކަތަކެއްދައްކާކައް ތިމިމްބަރުން އަޑީގަތިބެގެން ލާދީނިއްޔަތުގެގާނޫނު ފާސްކުރުމުން ކޮށީގަބަންދުކޮއްފައޮތް ސިނޮގާއެއް ދޫކޮއްލިހެން އެއުޅޭލާދީނީމީހުންތައް ނިކުމެ ފާޑުފާޑުގެ ރިޕޯޓުތައްނެރެ ފުރައްސާރަކުރަންއެފެށީ ދެންކޮންޓުއިޓުތަކެއްކުރާކައް އެގާނޫނު ފާސްކުރަން ވޯޓުދިން ހުރިހާމިމްބަރު ﷲގެހަޒުރަތުގަ ޖަވާބުދާރީވާން ޖެހޭނެ ތިއޮތީބޯންއުޅުނު ބޮނޑިބޮވިފަ ދެން ލަލަލާ

  10. ާަާމަ

    މިވަރުވާއިރު ދިވެހި ސަރުކާރު ކޮބާ.؟ ސަރުކާރަށް މިކަން ކުއްވެރިކުރަން ނުކެރެނީ ކީއްވެ.،؟

  11. Anonymous

    ސަކިންދާ ހިފާ ހައްޔަރުކުރޭ

    13
  12. ޙަނީފު ބާޢީ

    އެ މްއެޑީއެން ބަންދުކުރިޔަކަސް އަދި ނުފުދޭނެ. މި ދުނިޔެއެއް އާޚިރަތެއް އޮތްކަން ނުދަންނަ ކުދިންކޮޅަށް ކައުންސެލިން ދީ ދީނަށް އެކުދިން ވައްދަންވެސް ޖެހޭނެ.

  13. ބަރާބަރު

    ތިހެންވާންޖެހޭނެ ދަރިންނޭ.

  14. ވޭނުވޭ

    މިވަރުކަމެއްވާއިރު ދިވެހިސަރުކާރު ކޮބާހޭ އަހާ ކޮމެންޓު ކުރެއްވިބޭފުޅާޔަށް އެގިލައްވާބާ މީގައި މި ވާހަކަދެކެވޭ ރިޕޯޓަކީ 2016 ގައި އެމްޑީއެން އިން ނެރުނު ރިޕޯޓެއްކަން

    • ފިޔަވަޅު އަޅާ

      ޔާމީނަށް އެމީހުންނާމެދު ފިޔަވަޅު އަޅަން ނުކެރުނީމަދޯ ސަރުކާރު ބަދަލުކުރީ. މިހާރު ދެން ކޮން ބަހަނާއެއް ދައްކާކަށް.