އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ މަލިކު ކައިރިން އިންޑިއާގެ ކޯސްޓު ގާޑުން ރާއްޖޭގެ މަސްދޯންޏެއް ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ "އަންބަރީ" ނަމަކަށްކިޔާ މަސް ދޯންޏެކެވެ. އެ ދޯނި ހިފަހައްޓާފައިވަނީ މަލިކާއި ތިން މޭލު ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ކޯސްޓްގާޑުން މި މަސްދޯނި ހިފަހައްޓާފައިވަނީ ޤަވާއިދާ ޚިލާފަށް އެޤައުމުގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔުމުން ކަމަށް ވެއެވެ. މި މައްސަލަ އިންޑިއާގެ މެރިން ޕޮލިހުން މިހާރު ތަހުޤީޤު ކުރަމުންދާއިރު އެކަމާއި ގުޅޭ މައުލޫމާތެއް އަދި އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

މި މަސްދޯނި އިންޑިއާގެ ކަނޑުގެ ސަރަޙައްދުން ހިފެހެއްޓިއިރު އޭގައި ތިބީ ކިތައް ފަޅުވެރިން ކަމެއް ނުވަތަ އެފަރާތްތަކާއި ބެހޭ މައުލޫމާތެއްވެސް އަދި ލިބިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އަދި އެމްއެންޑީއެފް އިން ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުން މިއަހަރުގެ ކުރީކޮޅުވެސް ރާއްޖޭގެ މަސްދޯންޏެއް ހިފަހައްޓާފައިވެއެވެ. ނަމަވެސް ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ އެކުވެރި ގުޅުމުގެ ސަބަބުން އެފަހަރު އެ މަސްދޯނި ވަނީ އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުން ރާއްޖޭގެ މަސްދޯންޏެއް ހިފަހައްޓާފައިވާއިރު، މަސްވެރިން އެހެން ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދަށް ނުވަނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުންވެސް ބޭރުގެ މަސްވެރިކަން ކުރާ އުޅަނދުތައް ހިފަހައްޓައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަސަނު

  އަދީބު ކޮބާ؟

  8
  1
 2. ނަސީދު

  ޢެކައްޗެއްނުން ދޯނިދޫކޮއްލުމައްގޮވާލަން

 3. މާމީ

  ޑޮލަރު ލިބޭތީ މަސްކިކަން ދިއައީ ދެން ކޮބާ މައްސަލަ އަކީ؟؟؟؟؟؟؟؟؟؟

 4. ބަބޫ

  ދޯނީގަެި ތިބި އެއްމެން ހައެއްކަ އަހަރަށް ޖަލަށް ލާފަ ފޮނުވާތި