ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައާއި ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަހު ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީ އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ނަސޭހަތް ދިނުމަށް ނިންމި ފަނޑިޔާރުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުއްﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ. އަބްދުﷲ ދީދީ ގެ އިތުރުން ނަސޭހަތް ދިނުމަށް ހަމަ ޖެހިފައި ވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އަށެވެ. ޖޭއެސްސީ އިން ނަސޭހަތް ދިނުމަށް ނިންމި ފަނޑިޔާރު އަބްދުﷲ ދީދީ އަކީ އެކޮމިޝަނުގެ ރައީސްއެވެ.

މި ތިން ފަނޑިޔާރުންނަށް މީގެ ކުރިންވެސް ޖޭއެސްސީ އިން ވަނީ ނަސޭހަތް ދީފައިކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރު ނަސޭހަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަަމެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވާ އިރު، ޖޭއެސްސީ އިން ވިދާޅުވީ އެ ތިން ފަނޑިޔާރުންނާއި މެދު އެޅުމަށް ހަމަޖެހިފައިވަނީ ގާނޫނުގައި ބަޔާން ކުރާ ތައުދީބީ ފިޔަވަޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެންދެރި

  ވަކި ކުރުމުގެ ކުރީގެ މަރު ހަލާ އެވެ.

 2. Anonymous

  ބިރުދައްކަނީއޭ ނުބުނަންވެގެން ނަސޭހަތް ދެނީޔޭކިޔަނީ.. ކޮންނަސޭހަތެދެވޭނީ ރައްބިއެ ރަސޫލެ ނޭގޭ ޖާހިލުންނަށް.. އިއްޔެގަ މަޖުލިހުން އެކަންއިގޭނެ މޑޕގަތިބީ ޖާހިލުންކަން މަދުދެތިން މީހަކު އިއްޔެފެނުނު މޑޕއިން ﷲބިރުވެތިވާ.. އެހެންނޫނީ ހުސްޖާހިލުން.. އިސްލާމީ ޝަރީއާ ގަބޫލުނުކުރާ އިސްލާމްދީނުގެ ހުކުމްތަ ގަބޫލުނުކުރާ ބަޔަކު އިސްލާމީ ޝަރީއައިން ހުކުމްކުރާ ފަޑިޔާރަކަށްދޭނެ ނަސޭހަތެ އޮންނާނެތަ. ފަޑިޔާރުންނަ ބިރުދައްކާ ހުކުމްތަ ވަކިގޮތަކަށްނެރެން ބާރުއަޅަނީ.. އަދުލުން އެއްކިބާވެތިބެ ނިޔާކުރާ ފަޑިޔާރުން މަގާމުގެ ދަހިވެތިކަމުގަ ނެތެކޭވެސް ބުނެވޭކަންނެތް.. ﷲއީ ހުރިހާކަމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ. ﷲއަށް ބިރުވެތިވެ ހުކުމްނުކުރާ ފަޑިޔާރުން މާދަން ﷲގެ ދަރުބާރުގަ ނިޔާކަޑައެޅޭނެ އެދުވަހު ބަދަލުދީފަ ސަލާމަތްވާނެބާ.. ހައްގުން އެއްކިބާވެތިބެ ނިޔާކަޑައެޅުމުގެކުރިން ﷲމަތިން އެއްފަހަރު ނަމަވެސް ތިއިން ފަޑިޔާރަކު ހަދާންވާނެނަމަ.. ނަޝީދަކީ ﷲހެއްދެވި އަޅެ އެހެންމީހުންނެކޭ އެއްފަދައިން.. އޭނަދެކެ ކޮންބިރެއްތަ ފަޑިޔާރުން ގަންނަންވީ.. ފަޑިޔާރުން މިއަދުވެސް ހިއްވަރެހުރިނަމަ ނަޝީދަކީ ޖަލުހު ހުކުމް ތަންފީޒުކުރަންޖެހިފަހުރި މުޖުރިމެ. ކޯޓަކުން ނުނިންމާ ނަޝީދަކީ މައުސޫމު މީހެކޭ ކުށެނެތް އަލުން މައްސަލަ ރިވިޔު ކުރަން އަމުރުކުރީ.. ޕޖ އެހުރީ ރައްޔިތުންގެ ހައްގުތަކަށްއަރައި މިއެއްމެން މިނިވަންކޮއްގެ.. ނަސޭހަތްދޭށޯ.. ބިރުދައްކަން ގެންދަނީ.. އިސްލާމީ ހުކުމްތަކަށް ފާޅުގަ ދެކޮޅުހެދީ.. ހައްދުޖަހަން.. ގިސާސްހިފަން.. އަތްކަޑަން.. ދެންކޮން ނަސޭހަތެއްތަ.. ތިބަޔަކަށް ނަސޭހަތްދޭ ޖުމްހޫރީ މައުދާނަށްނެރެބަލަ އޭރުން ރައްޔިތުން ތިމީހުންނަ ނަސޭހަތްދޭނެ...

 3. ދަންސޫރަ

  ނަސޭހަތްދިން މީހުން ސަލާ މަތް ވާނެބާ

 4. ކަނަމަނަ

  ހުރިހާކަމެއްވެސް މަޖިލިސްއިން ކުރިޔައް ގެންދާގޮތައް
  ނިންމާފަ އެހެން ވުޒާރާތަކާ ކޯޓްތައް ބަންދުކޮއްލާަ

 5. ބުރޯ

  މިއީ 2013 ގެ ރިޔާސީ އިންތިހާބާ ގުޅިފައިވާ ކަމެއްބާ ؟ދިގުދެމިގެންދިޔަ ވޯޓާ ގުޅޭ ކަމެއްބާ ؟

 6. ވުރާޓީ

  2013 ހަނދާން ކޮށްލާ ކަލޭމެން!!!!!!!