ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކުގެ އޮޑިޓެއް ހެދުމަށް އެޓާނީ ޖެނެރަލް އޮފީހުން ހަވާލު ކުރި ކޮންސަލަޓަންޓް އެފްރިކާގެ ރިޓަޔާޑް ޖަޖް ޔޮހާން ކްރީގްލާ ތައްޔާރު ކުރި "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި، ޝަރުއީ ދާއިރާއަށް އިސްލާހު ގެނައުމަށް އެންމެ މުހިންމީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ބަދަލު ކުރުންކަމަށް ބުނެފިއެވެ.

އޭނާ ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ނެތް އެންމެ ބޮޑު އެއް ސަބަބަކީ ސުޕްރިމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ކަމަށާއި، އެންމެ އިސްކަމެއް ދީގެން ޝަރުއީ ދާއިރާ ހައްލުކުރުމަށް އަޅަންވީ ފިޔަވަޅަކީ އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ވަކިކޮށް އެމަގާމުތަކަށް އެހެން ފަޑިޔާރުން އައްޔަން ކުރުން ކަމަށެވެ. އެ ރިޕޯޓުގައި ވަނީ 01 ފެބްރުއަރީގެ މައްސަލައިގެ ތެރެއަށް ސުޕްރިމް ކޯޓުން ވަދެ ސިޔާސީ ނުފޫޒު ފޯރުވައިފައިވާކަމަށް ބުނެފައެވެ.

އޭނާގެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ތިއްބެވި ބައެއް ފަނޑިޔާރުންނާ ބައްދަލު ކުރުމުން މިހާރު ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސުޕްރިމް ކޯޓުގެ 3 ފަނޑިޔާރުން ކަމަށާއި އަދި ފަހުން އެކޯޓަށް އައްޔަން ކޮށްފައިވާ ފަނޑިޔާރުން އޭގައި ނުހިމެނޭ ކަމަށެވެ. އަދި އެފަނޑިޔާރުންގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ބަލަން ޖެހޭނެ ކަމަށާއި އެމައްސަލަ ބަލަން ވާނީ ގާނޫނުގައި ވާ އިޖުރާއަތް ތަކުގެ ތެރެއިން ކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ޔޮހާން ކްރީގްލާ ރާއްޖޭގެ ޝަރުއީ ދާއިރާ އާ ގުޅިގެން ހެއްދެވި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހިމަނައިފައި ވާ ކަންކަމަކީ ޝަރުއީ ދާއިރާއާއި ގުޅުންހުރި ގާނޫނުތަކާއި އަދި އެ ގާނޫނުތައް ތަންފީޒުކުރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖާ ކުރެއްވުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި އަދި ފަނޑިޔާރުންގެ އެކިއެކި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖާ ކުރެއްވުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅިފައިވާ ހުށަހެޅުންތައް ވަަޒަންކޮށް، އެކަމާ ގުޅޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމެވެ.

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވާ، ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައިވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހުސޭނުބޭ

  ރިޓަޔާޑް ޖަޖް ޔޮހާން ކުރަނގިލާ އަށް ޝަރީއަތް އެނގޭތޯ ބޮލުގެ ޓެސްޓެއް އެއްންމެ ފުރަތަމަ ހައްދާ! ތިއީ ބުއްޅަބޭ ބުނިގޮތަށް ހަދާފައި އޮތް ރިޕޯޓެއް! ތީގެ ބޭނުމަކީ އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިބި މީހުން ތި ތަނުން ދުރުކުރުން! އޭރުންތާ އެމީހުންލާފައި މިއޮތް ޒަހަރުގެ އަސަރު ފަސޭހައިން އެންމެނަށް ކުރާނީ!

  14
 2. Anonymous

  އިސްލާމް ދީން މި ބިމުން ނެތި ކޮށް ލުމަށްވެސް ތިޔަ ރިޕޯޓްގައިވާނެ. ލާދީނީ މީހުންގެ ބާރު މިހިރަގެން ގަދަވަނީ. އިބޫ ޞާލިހު އަކީ ޞާލިހެއް ކަމަށް މި ސަރުކާރު ދިފާއު ކުރާ އިޔާޟް މެން ބުނޭ. ނަމަވެސް ފެންނަނީ ލާދީނިއްޔަތު ފަތުރާތަން.
  ޢިޔާޟް އަކީ ވެސް މި ކަމުގެ ބައިވެރިއެއް.

  13
 3. ޖަނބެ

  މިމީހުނގެ ދަޢރު ވަކި ކުޑައެއްނޫން އިސްލާމީ ޝަރީއަތުގެ ނަމުގަ ކޮރަޕްޓްކޮށް ފަސާދަކުރީމަ ވާނެ ހައެތި ތިވަނީ

  17
 4. Anonymous

  ކުރީގެ އުއްތަމަ ފަނޑިޔާރުކާރީގައި ޑިފެންސް މިނިސްޓަރ މާރިޔާވެސް ވިދާލުވި ވިއްޔާ މި3ފަނޑިޔާރުން މަގާމުން ވަކިކޮށްފަ އެމަގާމުތައްދޭނީ ފެބުރުއަރީ 1ގައި ސުޕުރިންކޯޓުން ޢައްދާރު އަމުރުުނެރި އުއްތަމަފަނޑިޔާރާއި ފަނޑިޔާރު ޢަލީޙަމީދަށޭ، ޙައްގަކާނުލައި މި3ފަނޑިޔާރުން ކުށްވެރިކޮށްގެންއުޅެނީ އެމީހުން މަގާމުން ޥަކިކޮއްފަ ކުރީގެ އުއްތަމަ ފަނޑިޔާރާއި/ ފަނޑިޔާރު ޢަލީހަމީދަށް މަޤާމު ދޭންވެގެންނެވެ،

  21
 5. ތެދު

  ތީމާކުރިންސުރެ ރާވައިގެންހިންގާ ކަމެއްކަންއިނގޭ. އެމް،ޑީ،އެން ގެ އަނހެނަކު ސުޕްރީމްކޯޓަށްލީވެސް އަދި ދީނުގެއަސްލުތަކާހިލާފައް ލާދީނީބައިގަނޑު ހުރިހާކަމެއްވެސް ރާވާނެ..ﷲއަޅަމެން މިމުސީބާތުންސަލާމަތްކުރައްވާނދޭވެ.

  31
  1
 6. މޮޔަބެ

  ދިވެހިރާއްޖޭ ސްޕްރީމް ކޯޓް ހުރުމަތާއި، އިއްޒަތްތެރިކަން ގެއްކުވާލީ މިހާރު ކޯލިޝަނުން ފައިސާއަށް ލޯބިވެފައިވާ ސިޔާސީމީހުން، އަދި ކުރީގެ ފަނޑިޔާރުންވަނީ ފައިސާގެ ދަހިވެތިކަމުގައި ހިބަރު ވަދު އަޅާ މިލިއަނުން މަސްބާނާފަ. ޑރ. ޑީޑީއެވެ. ކުޅުއްވޭނެ ކާޑެއްވާނެތޯއެވެ. ފެބްރއަރީގެ ބޮޑް ވަދުގޮތަށް ބޮޑް ބޯވައެއް ހޮރުން ނުކުމެ ޤައުމު ހަމަޔަކަށް އަޅުވާށެވެ. މިސަރުކާރުން ބަދަލޭކިޔާ މިކުރާ ވައްކަންބަލާ އަވަސްފިޔަވަޅު އަޅަންޖެހެވެ. ރާއްޖޭގެ ޖުޑިޝަރީގެ މަށްޗަށް ރައްޔިތުންގެ އެއްވެސް އިތުބާރެއްނެތްކަމަށް ފަރަންޖީ އެބުނީ ކީއްވެތޯއެވެ. ޤާޝީންގެ ތެރޭ ވަރަށް ރަގަޅު ބޭފުޅުންވެސް އެބަތިއްބެވެ. ރައްޔިތުންނެވެ، ކުންފުނިތަކަށް ބަދަލްއޭކިޔާ މިކުރަނީ ރައްޔިތުންގެ ޚަޒާނާއިން ވައްކަމެވެ. މިހާރުވެސް އަދީބްމެން ބޮޑް ޚިޔާނަތަށްވުރެ 2 ގުނައިގެ ރީތި ސިއްރުވައްކަންކޮށްފިއެވެ.

  28
 7. ވިސްނާށޭ ގައުމު

  ގައުމުގެ އަދުލުއިންސާފާ ޑިމޮކުރަސީއާ ނެގެހުއްޓުމުގެ ބާރު ގާނޫނީގޮތުން މިހަތަރު ފަޑިޔާރުންނަ އެބައޮތްމިހާރުވެސް ގާނޫނުތައް ނެގެހެއްޓުމުގެ ހިއްވަރެ އުއްތަ ފަޑިޔާރުގައިގަހުރިނަމަ.. އިސްލާމްދީނާ ގައުމިއްޔަތު ނެގެހެއްޓުމުގެ ކެރުންތެރިކަން މިފަޑިޔާރުންގެ ގައިގަހުރެއްޖެނަމަ އަދިވެސް ވަގުތުއެބައޮތް.. ހިއްވަރެބޭނުންވަނީ.. ކެރުންތެރިކަން ބޭނުންވަނީ... ﷲއަށް އެކަނި ބިރުގަންނަ ހިތެބޭނުންވަނީ.. މިއީ ލައްކަ ވާހަކަ ވިސްނޭ އެއްވެސް ފަރުދަކުހުރިނަމަ މިބުނިމަގުން ކުރިޔަށްދިޔުމަށް އަތުކުރިއޮޅާލަމާ.. ތަކުލީފުތަކެ އަތުވެދާނެ އެކަމަކު ކުޑަކޮށް ހިއްވަރުކޮއްފިނަމަ ދެންލިބޭ އުފާވެރިކަން މާފުރިހަމަވާނެ..

 8. އަހުނަދު ފަޑިޔާރު

  އަހަރެން މި ގައުމަށް ޚިދުމަތް ކުރި ވަރުވެސް މި ޝައިތާނަށް ނުވި. މީނާ ހީކުރީ ފަޑިޔާރުން ނަކީ އަންނިގެ އަޅުންނަށް ހެދޭނެ ކަމަށް. ބިރު ދައްކާނެ ކަމެއް ނެތް. މަގާމުން ވަކި ކުރިޔަސް ތިޔަ ބައިގަނޑަށް ބޯލަބާނެ ހުރީ 5 ވަރަކަށް ފަޑިޔާރުން.

  12
 9. ޖާޒީރާ ބޯއީ

  ރައްޔަތުން މަގުމަށްޗަށް ނުކުންނަދުވަހަކުން މެނުވީ އެއްވެސް ކަމެއް މިސަރުކާރުގައި ހައްލެއްނުކުރެވޭނެ.

  11
 10. ކުޑަބަޖަރާ

  ތިޔަރިޕޯޓްގައި ވަނީ މުޅިންވެސް މިސަރުކާރުން މީގެ ކުރިންވެސް ދައްކާފާފައިވާ ވާހަކަތައް. އެހެންވީމާ އެބައިނގޭ ތިޔައީ މިސަރުކާރުގެ ރަސްމީ ލިޔުމެއްކަން. ރިޓަޔާޑް ޖަސްޓިސް ކުރިކަމަކީ ހަމައެކަނި ރިޕޯޓްގައި ސޮއިކޮށްލުން. ތިޔަރިޕޯޓަށްވެސް މިލިއަނުން ޚަރަދު ކޮށްފައިވާނެ.

 11. އާދަނު

  އެއީ މި ސަރުކާރުން އެދިގެން ލިޔެފައިވާ ވާހަކައެއްކަމަށް ފެނޭ.

 12. ވާނުވާ

  " ޔޮހާން ކްރީގްލާ ރާއްޖޭގެ ޝަރުއީ ދާއިރާ އާ ގުޅިގެން ހެއްދެވި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހިމަނައިފައި ވާ ކަންކަމަކީ ޝަރުއީ ދާއިރާއާއި ގުޅުންހުރި ގާނޫނުތަކާއި އަދި އެ ގާނޫނުތައް ތަންފީޒުކުރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖާ ކުރެއްވުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި އަދި ފަނޑިޔާރުންގެ އެކިއެކި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖާ ކުރެއްވުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅިފައިވާ ހުށަހެޅުންތައް ވަަޒަންކޮށް، އެކަމާ ގުޅޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމެވެ." ؟؟؟؟؟؟

 13. ބޯޅަކިންކިރި ޖަޒީރާ

  2018 ގަކަންތައްވެދިއަގޮއެތް އެއްމެރަނގަޅައް އެގޭނީ ކުރީސަރުކާރައް ބައެއްކަންތައްތަކެއް ނިމިގެންދިއަގޮއެއްވެސް ލޯންޗްގޮށްވުން ނޫނީރޯވުން އެއީ ކޮންމެމީހަކުވެރިކަމުގަ ހުއްޓަސް އެމައްސަލަ ތައްނިމިދިއައީ ސިޔާސީކަމެއްގެ ގޮތުގަ އެއްމެފަހުމަރުހަލާގަ ކޮއްމެ 5 އަހަރެއް ނިމެން ކާރިވާއިރައް ފޮހޭރަބަރައް ވާނަމަ ތިބެންޖެހޭނީ ތާރީހުތަކެއްޖަހާފަ އެސޮފުހާގަ ލިއުނުތާ ފޮހޭ ރަބަރުއަޅައަޅާ ބޮޑެތިޙަރަދުތަކަކާއެކު.