މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަންނަ ހަފްތާގެ ހުކުރު ދުވަހު ހުކުރުން ފައިބައިގެން ހުރިހާ ރައްޔިތުން ނުކުމެ އެމްޑީއެން އުވާލުމަށް ގޮވާލައި އިހުތިޖާޖުކުރަން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު (ރެޑްވޭވް) ސަލީމް ގޮވާލައިފިއެވެ.
ސަލީމް މިގޮތަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން "އަންނަނީ އަންނަނީ" ގެ ނަމުގައި މިރޭ ބާއްވަމުންދާ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންނަށް ފެނޭ މިއަންނަ ހަފްތާގެ ހުކުރު ދުވަހު ހުކުރުން ފައިބައިގެން މުޅި ރާއްޖޭގައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ނުކުމެ މިކަމަށްޓަކަައި އިހުތިޖާޖުކޮށްގެން، ރައީސުލްޖުމްހޫރިއްޔާ އަށް ޕްރެޝަރުކޮށްގެން، ވަގުތުން ވަގުތަށް މި ޖަމިއްޔާ އުވާލާ، މި ޖަމިއްޔާގެ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅަން." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެމްޑީއެންގެ ފަރާތުން ނެރެފައިވާ ރިޕޯޓަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ޓެރަރިސްޓު ޢަމަލުކަމަށެވެ.
"އަޅުގަނޑުމެން އިހަށްދުވަހު ޓެރަރިޒަމްގެ ޤާނޫނު ފާސްކުރީ. އެ ޤާނޫނަށް ފެތޭ އެންމެ ވަރުގަދަ މައްސަލައަކީ މިއީ. މިއަށްވުރެ ބޮޑަށް ޓެރަރިޒަމްގެ ޢަމަލެއް ނޯންނާނެ. އަދި ރާއްޖޭގައި މިހާތަނަށް ނުވެސް ހިންގާ. ރާއްޖޭގައި އަދި ޢައިރު މުސްލިމުންވެސް މިވަރުގެ ޢަމަލެއްވެސް ނުހިންގާ. އެމީހުންގެ ތެރެއިން ޔަހޫދީންނާއި ނަސާރާއިންވެސް މާތްﷲ ވޮޑިގެންވާ ކަމަށް އެމީހުން ޤަބޫލުކުރޭ. އެކަމަކު އެ ރިޕޯޓުގައި ﷲ އާ ދެތެރޭވެސް ޝައްކު އުފެދޭ ގޮތަށް ބައްޓަން ކޮށްފައި ހުރީ." ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ ވާހަކަފުޅުގައި ވަނީ މި ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ކުރީއްސުރެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ.
"އެމީހުންނަށް ވާގިދޭ ފަރާތްތަކެއް މިތަނުގެ ތެރޭގައި އެބަތިބި. ބޮޑުންތަކެއް އެބަތިބި. މިއީ ޒަމާނުއްސުރެ އެމީހުން ކުރަމުން އައި މަސައްކަތެއް. އަދި މިހާތަނަށް މިއޮތީ ކާމިޔާބު ނުވެފައި. އެހެންނަމަވެސް މިއަދު އެމީހުން އެ އުޅެނީ އެކަން ކާމިޔާބު ކުރަން. އިރާދަކުރެއްވިއްޔާ މާތްﷲގެ ރަހުމަތްފުޅުގައި އަޅުގަނޑުމެންގެ ފުރާނަ ހުރިހާ ހިނދަކު މިކަން ކާމިޔާބު ވިޔަކަ ނުދޭނަން. ދީނަށްޓަކައި އަޅުގަނޑުމެން މަރުވާން އަދި ޤުރުބާންވާން މިތިބީ ތައްޔާރަށް." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޔަހޫދީންނާއި ނަސާރާއިންގެ އުސޫލުތަކަށް ތަބާވަންދެން އެމީހުން ކީރިތި ރަސޫލާ އަށް ނުރުހޭނެކަމަށް ކީރިތި ޤުރުއާނުގައިވެސް ވާރިދުވެފައިވާ ކަމަށެވެ. ޤުރުއާނުގައި އެމީހުން ދައްކާނެ ހުރިހާ ވާހަކަތަކެއް ހުންނާނެ ކަމަށާއި، ބިމުގައި ފަސާދަ އުފައްދާއިރު މީހުންނަށް ނޭނގޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
"ހަގީގަތުގައި މި ޝަހިންދާ އަކަށް ނޭނގޭނެ ތިމަންނަ މިހުރީ ރަނގަޅު މަގުގައި ކަމަށްވެސް. އެއީ ހަމަ ހަގީގަތުގައިވެސް ހަމަ ނޭނގެނީ. އެކަމަކު މިފަހަރު ނޭނގޭވަރަށް ވުރެ އޭގައި ލިޔެފައިވާ ގޮތުން އެއީ ހަމަ އެނގިގެން. ހަމަ ނުބައި ޖައްބާރު. ރަސޫލާގެ ހަދީޘުން އެނގެން އޮވޭ އަސްލު ދައްޖާލު ފާޅުވުމުގެ ކުރިން 30 އަކަށް ކުދިކުދި ދައްޖާލު ފާޅުވާނެ ކަމަށް. އަޅުގަނޑުމެން އެންމެ ކަންބޮޑުވަނީ މި ކުޑަ ކުޑަ ރާއްޖެއިން ދައްޖާލެއް ފާޅުވެދާނެތީ." ސަލީމް ވިދާޅުވިއެވެ.
ހަމަ ތައްޔާރަަށް މިތިބީ.
ކޮބާ ޕޕޕޕ ކުދިންކޮޅު ގޮވައިގެން ހައްޖަށް ދާން ތައްޔާރު ވަނީ ތަ !
ސަލީމުތީ ހަމަ ސަތޭކައިން ސަތޭކައިގެ ވާހަކައެއް. ތިކަމަށް އަހަރެމެން ހުރިހާ ރައްޔިތުން ވަރަށްބޮޑަށް ތާއިދުކުރަން. ރައީސަށް އަހަރެމެން އެބަޖެހޭ އަހަރެމެންގެ ބަސްއިއްވަން. އެންމެން މިކަމުގައި ބައިވެރިވާންވާނެ.
ނުކުންނަންވީ މިގަެުމުގެ މިނިވަންކަމާ ދީން ނެތިދަނީ. ކަޝްމޯރުގެ މުސްލިމުންނަށް އިންޑިޔާއިން ކަންކުރާގޮތަށް ދިވެހި މުސްލިމުންނާމެދު މިގައުމުގައި ކަންކުރާނެ. އެކަން ކުރަން ފުރުސަތު ނުދެންޏާ މިހާރުން މިހާރަށް ނުކުމެ ވެރިކަން އިސްލާހްކުރަންވީ. އެހެންނޫނީ ވެރިމީހާގެ ހުވާއާ ހިލާފުވީމަ އޭނަ މަގާމުން ދުރުކުރަންވީ.
ތައްޔާރަށް މިބިތީ. ޢަވަސްކުރޭ
ހަމަ ރެޑީގަ މި ތިބީ އެމުޑީއެން އުވާލާ
އެމްޑީއެންގެ ރިޕޯޓަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސަލީމް ވިދާޅުވެއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ .
އުވާލަންދެން ގެޔަށް ވަދެގެން ނުވާނެ
ކުދިކުދި ދައްޖާލުން އުފެދިގެން އެބައުޅޭ ކަމަށް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެކަން ވާނީ ސީދާ ތެދަށޭ ..
މަށަކީ ދުވަހަކުވެސް މުޒާހަރާއަކަށް ދިޔަ މީހެއް ނޫން. އެކަމަކު ތިޔަ މުޒާހަރާއަށް ދާން ގަސްތުކުރަން. ތިޔަ ކަމަށް ތާއީދު. މިހާރު ނައިފަރު ރައްޔިތުން ތިޔަ ކަމާ ނުކުމެއްޖެ. ދެން ތިބި ރައްޔިތުންވެސް ނުކުންނަންވީ. މިފަހަރު ބޯގޯސްވިލާގޭ ކުއްޖާއަށް ދޫދޭނެ ކަމެއް ނެތް. ލައްކަ ދުވަހު ނުލަފާކަން ދެއްކިއްޖެ. މިފަހަރު މީ އަހަރެމެންގެ ފަހަރު ކަމަށް ހަދަންވާނެ. ޖަމްޢިއްޔާ އުވާލައި ރިޕޯޓް ލިޔުނު މީހުންނާމެދު ފިޔަވަޅު ނާޅަނީސް ދުލެއް ދީގެން ނުވާނެ.
ހުރިހާ ބޭފުޅުންވެސް މިއާޔަތާއި މިއާޔަތުގެ މާނަ ބައްލަވާލައްވާ!
وَكَذَلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا وَمَا يَمْكُرُونَ إِلَّا بِأَنْفُسِهِمْ وَمَا يَشْعُرُونَ
މާނައަކީ، އަދި ހަމަ އެފަދައިން ކޮންމެ ރަށެއްގައި އެރަށުގެ މުޖުރިމުންނަކީ ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ.
މިއޮތީ ބޮޑުން ކަންކުރާނެ ގޮތް ސާފުކޮށް އެނގެން. އެހެންވެ މިފަހަރު މި ލާދީނީ ކަންތައްގަނޑު ކޮޅެއްގައި ޖައްސާލަން ރައްޔިތުން ވިސްނަންޖެހޭ.
ނުނނު!ތިޔަބައިގަނޑަށް ޙައްޖަށްދިއުންއެއީ މާދައްކަމެއްކަމުގައިވިއަސް އެއީ ފުރިހަމަމުސްލިމު ހުރިހާއެންމެން އަބަދާއަބަދުވެސްދާންބޭނުންވާ އަދި އެތަނަށްދިއުމަށްޓަކާއެތައްގުރުބާނީއެއްވާތަނެކެވެ. އެކަންނޭގެނީ ތިޔަކަހަލަބުރާންތިންނަށެވެ.
ސަލީމު ކަލޭ އެކަނި ނިކުމެ މުޒާހަރާކޮއްލާ
100% ތާއީދު
ސަލަފުން އެބަބުނޭ 2017 ގައި ލާދީނީ ޔާމީންއަށް ތި ރިޕޯރޓްގެ ވާހަކަ ހުށަހެޅީމޯ. އޭރު ހައްޕުކިޔާގެން ތިބައިގަޑު އެކަން ސިއްރުކުރީ.
ސަލީމަށް ސާބަސް
ސަލިންބެއްއަށް ސާބަސް މަމިހުރީ ތައްކާރަށް މިހާރު މި ފޫގަޅާލީ