މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް އިއްޔެ ދުވާފަރުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ ފިތުނަ ފަސާދަ އުފައްދަން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއް ކަމަށް އެ ދާއިރާގެ މެމްބަރ އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިސްމާއިލް އަޙްމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، ދުވާފަރުގައި ކުރިއަށްގެންދިޔަ ހިނގާލުމަކީ ފިތުނަ ފަސާދަ އުފައްދަން ހިންގި ސިޔާސީ ހަރަކާތެއް ކަމަށާއި އެމްޑީއެންގެ މައްސަލައިގައި ސަރުކާރުން ރަނގަޅު ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ސަރުކާރުން އަދިވެސް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

"މި މައްސަލާގައި ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅެއް އަޅުއްވާފަ، އަދި އެމައްސަލައިގެ ތަހުގީގު ބާރަށް ކުރިޔަށް އެބަ ގެންދަވާ." އިސްމާއިލް އަޙްމަދު ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް އޭނާ ވަނީ އިސްލާމްދީނުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް އެރަށު ރައްޔިތުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ.

"އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް ތިޔަ ޒާތަށް ހަރަކާތްތައް ހިންގައި، ރަށުގެ މަސްލަހަތު ނަގާލަން ތިޔަ ކުރަށްވަވާ މަސައްކަތް ހުއްޓާލަން އަޅުގަނޑު ގޮވާލަން. މާތްވި އިސްލާމް ދީނުގެ ދިފާއުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ވަނީ ދެއްވަވާފަ" އިސްމާއިލް އަޙްމަދު ވިދާޅުވިއެވެ.

ދުވާފަރުގައި ބޭއްވި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކި މީހުންގެ ޝުއޫރުތައް ލިޔެފައިހުރި ގަނޑުކޮޅުތައް ހިފައިގެންނެވެ.

އެމްޑީއެން މައްސަލަ އާއި ގުޅިގެން ސަރުކާރުން ރަނގަޅު ފިޔަވަޅެއް އަޅުއްވާފައިވާ ކަމަށް މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވިއިރު، އެ ޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ބެއްޔާ

  އެއީ ފިތުނަ އުފެއްދުންކަމަށް ލާދީނީ މީހުންނަށް ވިސްނުނަސް އަސްލުއެއީ އިސްލާމްދީންދެކެ ލޯބިވާކަން ހިތާ ރޫޙުން ދައްކާލުން. ދީނުގެ ހިމާޔަތުގައި ތިބިކަން އަންގާލުން. ރަސޫލާދެކެ ލޯބިވާކަން ކަލޭމެންނަށް އަންގާލުން. އެކަހަލަ ދީނީ ޝިޢާރުތަކުން ލާދީނީން ވަރަށް މޭކަރާނެ. ފިތުނަ އުފެއްދި މީހުން ދިފާއުކުރާނީވެސް އެކަހަލަ މީހުން.

  111
  3
  • އޭނާރކީ

   ނޫން. އެތާތިބީ ޔާމީނަށް މަރުދޭ މީހުން

   13
   37
   • ބޮޑުދުފާ

    ޔާމީނަށް މަރުދޭ މީހުންނަކީ ހަމަ އިސްލާމް ދީނަށް މަރުދޭމީހުންނޭ.

    126
    2
    • އޭނާރކީ

     ލޮލް.ތިބުނީ އެހެންމަ ހަމަ ނިކުތީ ސިޔާސީ ބޭނުމެއްގަ ދޯ.އެހެން ތިޔަ ބުނަނީ.

 2. ސައިއްޓޭ

  ޢެއްވެސް އިލްމެއް ހިލްމެއް ނެތް ބުރާންޗެއް ހޮވީމަ ވާނެ ހައެތި މިވީ ހޭއަރާ ދުވާފަރު އެންމެ ރަހްޔިތުން

  143
  5
 3. ކުންބޭ

  ފިޔަވަޅު އެޅިއްޖެއްނު އެދައިތަ އެފުރީ

  96
  4
 4. ލަބީބު

  ކަލޭ ރައްޔިތުންގެ ރުހުންނެތި 3000 ރުފިޔާއަށް ވޯޓެއްމަގުން ވޯޓުގަނެ މަޖްލިހަށް ހޮވުނަސް ކަލޭ ތީ ރައްޔިތުން ބަލާގަންނަމީހެއްނޫންކަމެއްނު އެ އެގުނީ؟ އަވައި!

  146
  3
 5. ޢަޅަނީ

  ތިކަހަލަ ހާސަރުތަށް ގޮވާ، ތިޔައީ އެކަހަލަ ފައިސާިން ހޮވާފަހުރި މުރަގަގަސްދޮށު މާލިމީއެއް،

  118
  3
 6. Anonymous

  ރަގަޅު ފިޔަވަޅެއް ސަކިންދާ ފުރުވާލުމަކީވެސް

  48
  5
 7. މމ

  ފިތުނަ އުފައްދަން މަސައްކަތް ކުރުމާ ދީނުގެ ދިފާޢުގަ އަޑު އުފުލުމާ މީ މުޅިން ތަފާތު ދެގޮތަކަށް ކުރެވޭކަމެއް، ލާދީނީ ރިޕޯޓް އެއީ ފިތުނަ އުފައްދަން ކުރިކަމެއްކަމަށް ތިޔަ މެންބަރއް ނޭގުނުމަކީ ހައިރާން ވާންވީ ކަމެއް ނޫން، ރަައީސް ނަޝީދު ކޮންމެ އެއްޗެއް ބުންޏަސް އެއީ ތެދު އެއީ ދީން ކުރިއަރުވަން ބުނިއެއްޗެއް

  64
  4
 8. ރަށު މީހާ

  ދުވާފަރުގެ ހަލާކު

  77
  4
 9. ށަވިޔަނި

  ލާދީނީ އިސްމާލު ހީކުރީ ރައްޔިތުން ތިބީ ލޮލަށް ފިނިފެންތެޔޮ އެޅިފަކަމައްތަ؟ ރައްޔިތުންނަށްވެސް ފެންނާނެ ފިޔަވަޅެއް އެޅިއްޔާ

  84
  3
 10. Anonymous

  މުރުތައްދުވެފަހުރި ބީތާއެއް މީނާ އަކީ

  70
  3
 11. ކާފަބޭ2019

  އަދިވެސް މިސަރުކާރުގެނުކުޅެދޭކަން ހިމާޔަތްކުރަންތޯ ތިޔަތެދުވެވަޑައިގަތީ!ދީނަށްފުރައްސާރަކުރިމީހުން ފުރުވާލަމުންދާތަން ކިހާވަރެއްގެދިފާއެއްލިބިވަޑައިގަތީތޯ ﷲއަށްބިރުވެތިވާށެވެ.ކޮންމެތާކުފިލާއޮތަސް" މަރު" ބައްދަލުކުރާނެކަންދަންނާށެވެ. މިލާދީނީބައިގަނޑަށް އީމާންކަންމިންވަރުކުރައްވާށި! އާމީން

  58
  3
 12. ޚާފޒ

  ތިބޭފުޅާ ކެމްޕޭނަން ސިޔާސީ ބޮޑަތި އެއްވުން ބާއްވާ އިދިކޮޅު ފަރާތް ތކިގެ މުޅަމަސް ކައި އުޅުނީ އެއީމަސްލަހަތުތޯ.؟

  67
  3
 13. ނަޖީ

  އިސްލާން ދީނުގެ ދިފާއުގައި ނިކުންނަ ކޮމްމެ ބަޔަކުވާނީ ފިތުނަފަސާދައުފައްދާބައެއްކަމައް އެމްޑީޕަިގެ ލާދީނީ މީހުން ދެކޭނީ އެމީހުން ކިޔާއެއްޗަކައް ނު ބަލާ މީހުން ދިރިއުޅޭ ހުރިހާރަށަކުންވެސް ނިކުންނަންވީ ނަމޫނާއެއްކަމުގާ ދުވާފަރު ހަދަމާހިގާ

  36
 14. އައްޑޫ މީހާ

  ދީނަށް ފުރައްސާރަކުރި ބައިގަނޑު ފިލުވުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދޭ ދެއްތޯ.!
  ތިދައްކާ ވާހަކަ ސިޔާސީ ވާހަކައް ނުފުދޭތޯ؟

  40
 15. ސޭޓު

  ހަޖަމްނުވީދޯ

  27
 16. Anonymous

  ދެފަހަރު ދެ ގޮތަށް ވާހަކަ ދެއްކުމަކީ މުނާފިޤުންގެ ސިފައެކެވެ. ރަސޫލާއަށް ބަދު ބަސްބުނުމުން އެކަމަށް ދެކޮޅަށް ތެދުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަން ތިޔަބޭފުޅާއަށް ހަމަ އިގިނުލައްވަނީ ތޯ އެވެ. ރަސޫލާއަށް ވުރެ ތިޔަ ޕާޓީ އަދި ގޮޑިއެއްވެސް ބޮޑެއް ނުވާނެއެވެ.

  34
 17. ބޮޑު ފުރޯ

  ލާދީނީ މިސަނަރީތަކުން ދިން ކަޅު ފައިސާއިން ރައްޔިތުންގެ ވޯޓް ގަތީމަ ގޯސްވާނީ ރައްޔިތުން

  32
 18. ޥެރިން

  ފިތުނަ ކޯޗެއްކަން ކލޯއަށް އިންގޭތަ،ފިތުނަ އުފައްދަން އެޅުނު މީހާ މައްސަލަ ބަލަން އުޅެގަތީމަ ކަލޭމެންގެ ބަހަށް ގައުމު ދޫކޮށް ރައްކާ ވެއްޖެ.

  27
 19. ސައިއްޓޭ

  ޢަދި މީގެ އެއްބުރާންތި އުނގޫފާރު ދާއިރާގަ ހޮވިފަ ހުންނާނެ އޭނަގެ ފެންވަރު އެނގެން ހުންނާނެ ބައެއް ވެބްސައިޓް ތައް ބަލާލީމަ

  39
 20. ާައިސްކަންދަރު ރަދުން

  މިފަހަރު މުޅިރާއްޖޭގެ ހުރިހާ ރަތްޔިތުންގެ ބޮލުގައި ޓެރަރިސްޓުންގެ ޓެގުއަޅުވާނެ މިވަރުން ދަންޏާ،
  ޜައީސް ސޯލިހަށް ވަރަށް އިހުލާސް ތެރިކަމާއި އެކު ދަންނަވަން،
  ރައީސް ނަޝީދުގެ ވެރިކަން ނިމިދިޔަަގޮތް ހަނދުމަފުޅައް ގެންނަވާ، 23 އިއްތިހާދުން ނުކުތީ އެދުވަހު ދީންހިމާޔަތް ކުރަންގޮވާލާ، ރައީސް ނަޝީދު އެދުވަހު ނިކުތީ މެދުމިނުގެ ސިޔާސަތަށް ގޮވާލަން ކަމަށްބުނެ އެކަމް ގޮވުނީ ﷲ ނުރުއްސަވާ ބަސްފުޅުތަކެއް، ކަނޑައެޅިގެން ﷲ ހަތްއުޑުމަތިން ބާއްވާލައްވައިފާވާ ޝަރީއަތާ އިންކާރު ކުރެއްވީ”އަޅުގަނޑަށް ގަބޫލު ކުރެވޭކަމެއް ނޫން ވައްކަން ކުރުމުން އަތްކެޑުމަކީ” ދެން ޖެއްސެވީ ރސވ އަށް ހަޖޫ”ހަތްައަހަރުގަ ކައިވެނި ކުރުން އެއީ ތިމަންމަނިފާނަށް ބަލައި ގަނެވޭނެ ކަމެއްނޫންކަމައް”އެހިސާބުން ﷲ ތަައާލާ ރައީސް ނަސީދުގެ ވެރިކަން ހިއްޕެވުމުގެ ސިއްކަ ޖައްސަވައިފި،
  ރައީސް ސޯލިހް އެވެ، މީމަނިކްފާނަށް ކުރިމަތި ކުރުވި ވަރަށްބޮޑު އިމްތިހާނެކެވެ، މާތް ﷲ ހަޒުރަތުން ވާތްގަށް އެދި މޫނަކަށް ކަނދުރާ އަކަށް ބެލުމެއްނެތި ހަޤަށް އިންސާފަށް ކަންކުރަށްވާށެވެ، އިންޝާ ﷲ މަނިފާންގެ ވެރިކަމުގައި ބަރަކާތް ލައްވާށި، އާމީން

  12
 21. Anonymous

  ޜައްބިއެއް ރަސޫލެއް ނޭނގޭ ބުރާންތި ގަމާރެއް

  22
 22. ާއަޙްމަދު

  ކަލޯ އިސްމާލޫ. ދުވާފަރު ދާއިރާގެ ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ސަހިންދާ
  ފުރުވާލީ ރައްޔިތުންތަ. އޭނަ ފުރިޔަނުދީ ހިފެހެއްޓޭނީ ރައްޔިތުންނަށްތަ. އެފަދަ ނުބައިނުލަފާ
  ޢަމަލެއް ހިންގާ މުޅިގައުމު ފަސާދަ ކޮށްފަހުރި މުޑުދާރު އަންހެނަކު ހައްޔަރު ނުކޮށް ބަހަށްޓަންވެދާނެތަ. އަދި އެވަރުން ނުވެގެން ރާއްޖެއިން ބޭރަށް ފޮނުވާލީމަވެސް ކަލެއަށް މިގޯސްވީ ދުވާފަރު ދާއިރާގެ ރައްޔިތުން. ކަލެޔަށް ހީކުރެވޭވަރަށްވުރެ މިރައްޔިތުން މާރޯފިލައެވެ. ދެވަނަ ދައުރެއް މުޅިން ހަދާންނައްތާލާ. ކިތަންމެ ފައިސާއެއް ދިނަސް ދެނެއް ކަލެއަކަށް ވޯޓެއް ނުދޭނަން. ކޮންމެ ޕާޓީއަކުން އަޔަސް. ސާފުވެއްޖެދޯ.

 23. ރަދީފް

  މެމްބަރުންގެ ގޮތުގަ މިކަހަލަ ކޮހުން ހޮވީމަ ކޮސްގޮވާފަ ޓްވީޓްކުރާނެ.ރައްޔަތުންނަށް އެއީ އެހާ މުހިންމު ކަމެއް ނޫން.