ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގާއުނޑޫދޫން މިއަދު ހެނދުނު އިހާނެތިކޮށް ބަނދެފައި އޮތްވާ ފެނުނު ވެލާ ބަނދެފައިވަނީ ފަޅާލުމަކަށް ކަމަށް ބެލެވޭ ކަމަށާއި، މިކަމުގައި ބައިވެރިވި މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދު އެންވަޔަރޮމެންޓް މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންވެރޮމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ، މިކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވަނީ އެކަން އޭނާ ވަނީ ކުއްވެރި ކޮށްފައެވެ.

ޒާހިރު ވިދާޅުވީ، މިކަމަކީ މިއީ ގާނޫނީ ކުށެއް ކަމަށާއި މި މައްސަލަ މިނިސްޓްރީން ބަލަމުން ގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ދިރޭތަކެއްޗަށް ލާއިންސާނީ އަނިޔާކުރުމަކީ އެފަރާތުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ވެލާ އާއި ދޭތެރޭ ކަންހިނގާފައިވާ ގޮތް ބެލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އެކަމަށް ޒިންމާވާ ފަރާތް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ، ވެލާ ފެނިފައިވަނީ ލިބުނު މައުލޫމާތަކަށް ރ. އަތޮޅުގައި ގިރާ ސަރަހައްދާއި ހިމާޔަތް ކުރަން ޖެހޭ ތަންތަނުގެ ޑޭޓާ ނަގަން ދިޔަ ޓީމަކަށް ކަމަށެވެ.

އެހެން ނަމަވެސް ނައީމް ވިދާޅުވީ، މިފަދަ އަމަލުތައް ކުރާ ފަރާތްތަކުން ހޯދަން ވަރަށް އުނދަގޫވާ ކަމަށާއި އެފަރާތްތަކުން ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ރ. އަތޮޅު ގާއުނޑޫދޫގައި އުއްޑުން ޖަހާފައި ބަނދެފައި އޮތް ވެލައަކީ ބިސް އަޅާ އުމުރުގެ ވެލައެއް ކަމަށާއި އެވެލާ އެރަށަށް އަރާފައިވަނީ ލަފާކުރެވޭގޮތުގައި ބިސް އަޅަން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިހާރު އެ މިނިސްޓްރީން ދަނީ ވެލާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވެލާ ކަހަނބު އާއިލާގެ އެއްވެސް އެއްޗެއް ހިފުމާއި އެއިގެ ބިސްނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުމާއި ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބުގެ ބައިތަކުގެ ވިޔަފާރި ކުރުމާއި މިތަކެތި ޢާންކޮށް ދިރިއުޅޭ މާހައުލަށް ގެންލުން ލިބޭނެ ކަންކަން ކުރުމާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމާއި ހުއްދަ ނުނަގައި ދިރާސާތައް ކުރުމާއި ހުއްދަ ނުނަގައި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތްކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަޝްރަފް

  "މިހާރު އެމިނިސްޓްރީން ދަނީ ވެލާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ". މިއުޅެނީ ޓެރަރިސްޓުން އަރާ މީހަކު ބަޔަކު ރަހީނުކޮށްގެންތަ؟ ވެލާ މޮހާލާ ދޫކޮށްލީމަ އެ ސަލާމަތް ކުރެވުނީ ނޫންބާ!!

  21
  5
 2. Anonymous

  ލާދީނީ އެމްޑީޕީ މީހުން ކުރިކަމަކައް ވާނީ

  8
  3
 3. ލާންޗޯ

  ވެލާ ކަހަބު ނެގުން ފ. އަތޮޅުގާ ވަރައް ގިނަ