އިސްލާމް ދީނާއި ރަސޫލާ محمد صلى اللّه عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ ވާހަކަ ދައްކާ މީހުންނާ މެދު ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން އެ ބައްދަލުވުމުގައި ބައިވެރި ނުވެވުނު ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރި ނުވެވުނު ނަމަވެސް އެ ބައްދަލުވުމުގައި އިލްމުވެރިން ދެއްކެވި ވާހަކަތަކަށް ފުރިހަމަޔަށް ތާއިދު ކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދަޅުވެފައެވެ. އެގޮތުން އެ ބައްދަލުވުމުގައި އިލްމުވެރިން ކުރެއްވި އިލްތިމާސްތަކަށް ފުރިހަމަޔަށް ބޯލެނބުމަކީ މުހިންމު ކަމެއް ކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

އެރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާފަދަ ތަންތަނުގައި ހިޔާލު ފާޅުކުރުމުން މުޖްތަމައުގައި ހަމަނުޖެހުން އުފެދި ބައިބައި ވުމަށް ފުރުސަތު އޮތް ކަމަށް ބުނެ މިހާރު ވަނީ ސަރުކަރުގެ ބައެއް މުއައްސަސާ ތަކުގެ މުވައްޒަފުން އެ މައްސަލައާ ގުޅިގެން ހިޔާލު ފާޅުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައެވެ. އެކަމާ ގުޅިގެން ގިނަ އާންމު ރައްޔިތުންނެއް އަދި އިލްމުވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެމްޑީއެން ރިޕޯޓުގައި ހުރި ކަންކަމާ މެދު އަޑު އުފުލުމަކީ މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމެއް ކަން ފާހަގަ ކޮށް އެރިޕޯޓާ ގުޅިގެން ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާ ބުނުން ކުއްވެރިކޮށް ޝަހީމް ވިދާޅުވެފައި ވަނީ އިސްލާމީ އަގީދާއާއި ރަސޫލާގެ ސަހުޝިއްޔަތަށް ބަދުބަސްބުނެވޭ އިރު އެކަން ކުއްވެރި ކުރެވެން ޖެހޭނެ ކަމަށެވެ.

އަދި އިސްލާމް ދީނަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު އިސްލާމް ދީނަށާއި ރަސޫލާއަސް ބަދުބަސްބުނުމުން އެކަމާ ފާޑުކިއުމަކީ ހިޔާލު ތަފާތުވުން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމް ދީނަށް ބަދުބަސް ބުނުމަކީ ގާނޫނުގައި ކަނޑައެޅިގެން މަނާކަމަކަށް ވާއިރު އެފަދަ ކުއްތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ގާނޫނުން ފިވަޅު އެޅުމަކީ ސަރުކާރަށް ލާޒިމުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑިއެން ގެ ރިޕޯޓުގައި ވަނީ އިސްލާމް ދީނުގެ އަސާސްތަކާއި ރަސޫލާގެ ސުންނަތުން އަދި ކީރިތި ގުރުއާނުގައިި ވާ ބައެއް ކަންކަން ދޮގުކޮށްފައެވެ. އެ ޖަމިއްޔާ މިހާރު ވަނީ މައްސަލަ ނިމެންދެއް ސަސްޕެންޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބިންގޯ

    ރާއްޖެ ނޫން އެހެން މުސްލިމް ގައުމެއްގަނަމަ
    ތިޔަ ރިޕޯޓް ނެރުނުމީހުންގެ ހާލަކީ ކޮބާ؟؟؟؟؟؟؟؟؟

  2. ކާފަބޭ2019

    އުސްތާޒެވެ. މަނިކުފާނުގެވަރަށްގާތްބޭފުޅުން އަދިވެސްވާހަކަފުޅުދައްކަވަނީ ދެފުށުއެޅޭގޮތަށެވެ. ކަނޑައެޅިގެންހުރިޙުއްޖަތްތަކައިގެންތަފްޞީލުކޮށް ބަޔާންކޮށްދީޙުކުމްތައްއައިސްސަހުރިގޮތްސާފުކޮށްދީ ހަދަންޖެހެއެވެ.މިހެންމިދެންނެވީ ބައެއްބޭފުޅުން ތާއިފްގެދަތުރުފުޅުޒިކުރުކޮށް މައާފްދެއްވިގޮތަށް މައާފުދޭންގޮވާލާތީއެވެ.

  3. 19 ނަވާރަ

    މަނިކުފާނުވެސް މި ގައުމަށް ހެވެއްއެދޭނަމަ އަހަށް ގައުމަށް ވަޑައިގަނަވާ އާދޭސް ދަންނަވަން

    6
    2