މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި އަންހެން ބޭކަނބަލުންގެ ދައުރު ވަރަށް ބޮޑު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިއަދު މިއަތް ހާލަތު ރާއްޖޭގެ ރައްޔިތުން ވަނީ ތަޖުރިބާކޮށްފައި ކަމަށެވެ. އެހެންކަމުން މިކަމުން އިބްރަތް ހާސިލްކޮށް އާ ހިތްވަރާއެކު ތެދުވެ ގައުމު ހަމަ މަގަށް މަސައްކަތް ކުރަންޖެހޭ ވަގުތު މި އޮތީ ޖެހިފައި ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ ކިބައިން އެދެނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ނަގާ ވޯޓުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މަހައްމަދު މުއިއްޒަށް ވޯޓު ދިނުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރޭ ވިލިނގިލީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އަދި ނޮވެމްބަރު 17 ވަނަ ދުވަހުގައި ރައީސް ކަމުގެ ހުވާ ކުރައްވާނީ މުއިއްޒު ކަމަށާއި އެއީ ދިވެހި ގައުމަށްޓަކައި ނިންމަންޖެހޭ ނިންމުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިއީ މުސްތަގުބަލްގެ ޖީލަށްޓަކައި ނިންމަންޖެހޭ ނިންމުމެއް. މިއީ ޒުވާނުންގެ މުސްތަގްބަަލަށްޓަކައި ނިންމަންޖެހޭ ނިންމުމެއް. މުއިއްޒަކީ ވަރަށް ޒުވާން ބޭފުޅެއް. ޒުވާނުންގެ އިހްސާސްތަކާއި ވަޒީފާއާއި ބެހޭ ކަންތައްތަކާ ޒުވާނުންގެ ތައުލީމާއި އުންމީދުތަކާ ޒުވާނުންނާ ބެހޭ ގޮތުން އެންމެ ރަނގަޅު ހައްލެއް ދެއްވާނެ ބޭފުޅަކީ މުއިއްޒު.". ޝަހީމް ވިދާޅުވިއެވެ.

ރޭ ވިލިނގިލީގައި ބޭއްވި އިދިކޮޅު ޖަލްސާ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ޝަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކަނބަލުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ބެލެނިވެރިންގެ ތެރޭގައި އެންމެ ގިނައިން ފެންނަ ބަޔަކީ ޕޭރެންޓް މީޓިންއެއް ވިޔަސް ދަރިފުޅު ގޮވައިގެން ސްކޫލަށްދާން ޖެހުނަސް ވަރަށް ގިނަ އަންހެން ބޭފުޅުން ކަމަށް ވިދާޅުވިއެވެ. ކިޔާދެއްވަން އުޅުއްވާ ޓީޗަރުންގެ ތެރެއިން ވެސް ގިނަ ބޭފުޅުންނަކީ އަންހެނުން ކަމަށް ވިދާޅުވިއެވެ.

"ކަނބަލުންނަށް ބުނެލަން އޮތީ އިލްމީ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ހަވާލުކޮށްދޭށޭ. ދުނިޔެއަށް މި އަންނަ ބަދަލުތަކުގެ ކުރިމަތީގައި މި ގައުމު ސާބިތުކަކާއިއެކު ގައުމު އެ ބޭފުޅަކަށްޓަކައި ފަހުރުވާނެފަދަ އިލްމީ ބޭފުޅެއް ރާއްޖޭގެ ޒާންމަތުގައި އިންނަން ޖެހޭނީ. ތައުލީމީ ބޭފުޅަކު ރާއްޖޭގެ ޒައާންމަތުގައި ހުންނަން ޖެހޭނީ. އެއީ ފަހުރުވެރިވާންޖެހޭނެ ފަދަ ކަމެއް." ޝަހީމް ވިދާޅުވިއެވެ.

އަދި ޑރ. މުއިއްޒު ވެރިކަމަށް ހޮވުމަށް އަންހެން ބޭފުޅުން މަސައްކަތް ކޮށްދެއްވުމަށް ޝަހީމް އެދިލެއްވެވިއެވެ. ކަނބަލުން ޑޯ ޓު ޑޯ ޖެއްސެވުމަށް އެދިލެއްވެވިއެވެ. ރަހުމަތްތެރިންނާއި ހަމައަށް ވެސް ކެމްޕެއިންނަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވިއިރު، މި އިންތިހާބު ކާމިޔާބު ކުރުމުގައި އަންހެން ބޭކަނލުންގެ ދައުރު ވަރަށް ބޮޑު ކަަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަޒީ

    މީހަކު އެކުސިޑެންޓުވެ ހަތެރެސްފައި ބިނދިއްގެން ޒަހަމް ވެއްޖެއިޔާ އޭނާއަށް ފަރުވާކުރަން ހަވާލު ކުރަންވީ ކާޕެންޓަރަކާއި ނުވަތަ އިންޖިނިއަރަކާއިތޯ.؟ ނޫނީ މެޑިކަލް ޑޮކްޓަރަކާއިތޯއެވެ. އެހެންކަމުގައިވާނަމަ، ދަރާފައިވާ ގައުމެއްގެ ވެރިކަން ހަވާލު ކުރަން އެންމެ ރަނގަޅުވާނީ ސިވިލް އިނޖިނިއަރަކާއި ތޯ؟ ނުވަތަ ވިޔަފާރިއާއި މާލީކަންކަމުގެ ތަޖުރިބާރަކާއިތޯއެވެ.؟ ޖަވާބު ވަރަށް ސާފު ދެއްތޯ.

    1
    8
    • ޢަބްދުﷲ

      ބޭނުންވަނީ ތަންދޮރު ދަންނަ، ޤައުމަށް ހެޔޮއެދޭ، ޤައުމުގައި އިސްލާމީ ޝަރީޢަތް ޤާއިމް ކުރާނެ ހަރުދަނާ ޝަހުސިއްޔަތެއް. 🙂

      3
      1
  2. މުއިއްޒު ޗޮއިސް

    އިބޫގެ ސަރުކާރުގަ ފުރަތަމަ ދުވަހުވެސް އަންހެންކުއްޖަކާ ބެހުނު ހޯރަ އިއްބެ ދޫކޮށްލި. ހަމަ އެގޮތަށް އަލީ ވަހީދުވެސް. މާލޭގަ އަންހެންކުއްޖެއްގެ ބޯ ކަނޑާލާ ، އަންހެނުން ރަހީނުކޮށް މަރާ ހިސާބަށްގޮސް މިތަނަކީ އަންހެނުންނަށް ނާމާން ތަނަކަށް ވެއްޖެ. މުއިއްޒު ގެނެސް މިކަން ހަމަޔަކަށް އަޅުވާނަން އިންޝާﷲ

    3
    2
  3. ސައްޕު

    ޢަރަބި ތެޔޮހޮޅިތައް ކާށިދޫ ކަނޑުން އެބަ ތިލަވެޔޯ.

    3
    1
  4. މަހާސިންތާ

    އިންޝާ ﷲ ރ ޔާމީން ރ މުއިއްޒު އަދި ދުނިޔޭގެ ނުފޫޒުގަދަ އެއްލީޑަރު އަށްޝައިހު މުހައްމަދު ޝަހީމު އަލީ ސައީދު ތިގޮތުގާ ތިބުމަކީ މިރާއްޖޭގެ ރަށްޔަތުން ވަރަށްއުފާކުރާކަމެކެވެ ހާއްސަކޮށް ޝަހީމު ހަށްޖުވެރިންނަށް ރާއްޖޭގެ ރަށްޔަތުންނަށް ހަށްޖަށްދިއުމަށް ގިނަގުނަ ކޯޓާ ސައޫދީ ސަރުކާރުން ހޯދައިދޭތީ ވަރަށް އުފާކުރަމެވެ އަޅުގަނޑުމެންތިބީ މުއިއްޒުއާއި އެކުކަން ޑޮކުޓަރު ޝަހީމުއަށް އަރުވަން އިންޝާ ﷲ އެއްބުރުން މުއިއްޒު.

    7
    4
  5. މަހާސިންތާ

    އިންޝާ ﷲ ރ ޔާމީން ރ މުއިއްޒު އަދި ދުނިޔޭގެ އިސްލާމީ ގައިމުތަކުގެ ނުފޫޒުގަދަ އެއްލީޑަރު އަށްޝައިހު މުހައްމަދު ޝަހީމު އަލީ ސައީދު ތިގޮތުގާ ތިބުމަކީ މިރާއްޖޭގެ ރަށްޔަތުން ވަރަށްއުފާކުރާކަމެކެވެ ހާއްސަކޮށް ޝަހީމު ހަށްޖުވެރިންނަށް ރާއްޖޭގެ ރަށްޔަތުންނަށް ހަށްޖަށްދިއުމަށް ގިނަގުނަ ކޯޓާ ސައޫދީ ސަރުކާރުން ހޯދައިދޭތީ ވަރަށް އުފާކުރަމެވެ އަޅުގަނޑުމެންތިބީ މުއިއްޒުއާއި އެކުކަން ޑޮކުޓަރު ޝަހީމުއަށް އަރުވަން އިންޝާ ﷲ އެއްބުރުން މުއިއްޒު.

    4
    2
  6. ފާޒް

    މީހަކު އެކުސިޑެންޓުވެ ހަތެރެސްފައި ބިނދިއްގެން ޒަހަމް ވެއްޖެއިޔާ އޭނާއަށް ފަރުވާކުރަން ހަވާލު ކުރަންވީ ކާޕެންޓަރަކާއި ނުވަތަ އިންޖިނިއަރަކާއިތޯ.؟ ނޫނީ މެޑިކަލް ޑޮކްޓަރަކާއިތޯއެވެ. އެހެންކަމުގައިވާނަމަ، ދަރާފައިވާ ގައުމެއްގެ ވެރިކަން ހަވާލު ކުރަން އެންމެ ރަނގަޅުވާނީ ސިވިލް އިނޖިނިއަރަކާއި ތޯ؟ ނުވަތަ ވިޔަފާރިއާއި މާލީކަންކަމުގެ ތަޖުރިބާކާރަކާއިތޯއެވެ.؟ ޖަވާބު ވަރަށް ސާފު ދެއްތޯ. ގާސިމް އިބްރާހީމްއަށް ވުރެ މާލީކަންކަމާއި ވިޔަފާރީގެ ތަޖުރިބާ ހުރި އެހެން ކެންޑިޑޭޓެއް އެބަހުރިތޯ.؟

    • Anonymous

      އެންމެ ރަނގަޅުވާނީ މީރުކޮށް ކުކުޅުރިހަކައްކަން ދަންނަ ވެރިއެއް؟ ހައްހައްހް

  7. ޢަގީ

    ޢެއީ ބޮނަކުއާ ފެން ބޯހިއްވާ ކުދިންދޯ

    1
    2
    • ހުވަދޫ އަލިބެއްޔާ

      ކަޑަވޭ ދޯ.. ވާނެ... ވިޔަސް ހަޖަމް ކޮށްގެން ތިބެން ޖެހޭނީ..

  8. ބޮއްކުރަ ދޮށަށް އޮޑި ކަނބާ ޕާޓީ

    ޕިންކް ކުލަ ދީފަ ތި އިނީވެސް ކަމަކު ނޫންތަ، ޑރ ނޫނަސް އެވަރު އެެބަ ރޭކާލާ.