ހައްޖު ކޯޕަރޭޝަން ރަނގަޅަށް ތަރައްގީކޮށްގެން ދިވެހީންނަށް 30,000 ރުފިޔާއިން ހައްޖަށް ދެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުަލު ސިޓީގައި ޕީޕީއެމްއިން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފެއްދީ އޭނާ އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގެ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނި އިތުރަށް ތަރައްގީކުރަން ވަރަށް ބޮޑި ތަސައްވަރެއް އޮތް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ތަސައްވަރަށް ވީ ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ މައްކާގައި ދިވެހީންނަށް ހޮޓަލެއް ގާއިމު ކުރުމުގެ ތަސައްވަރު އޭރު އޮތް ކަމަށެވެ. އަދި އެގޮތަށް ކަންކަން ދިޔަނަމަ މިހާރު ދިވެހީން ހައްޖަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްގީ ކުރެވިއްޖެ ނަމަ ރާއްޖޭގެ ރައްޔިތުންނަށް 30,000 އެއްހާ ރުފިޔާއިން ހައްޖަށް ދެވޭނެ މަގު ތަނަވެސް ވެގެން ދާނެ," ޝަހީމް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޒަކާތު ހައުސްއެއް ގާއިމުކޮށް ދައުލަތުގެ ބެލުމުގެ ދަށުން އިންވެސްޓު ކުރެވިއްޖެނަމަ ކޮންމެ އަހަރަކު ފަގީރުންނަށް ދޭ 3000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދެވޭނެ ކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި އޭރުން ފަގީރު މީހާއަށް ގެއެއް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެ

    ޝަހީމު ހުންނެވިއިރު ކީއްވެތޯ އެކަން ނުކުރީ. ފަސްއަހަރު އެތަން ހިނގި އެބޭފުޅާ. އެންމެފަހުން އެތަނުން މީހުންނަގައިގެ އަމިއްލަ ވިޔަފާރިފެށި ޤިބްލަގްރޫޕުކިޔަިގެން.

    3
    2
    • ހުސޭނުބެ

      ފުރަތަމަ ފާހަގަކޮށްފައޮތް ނުކުތާގެ ޖަވާބަކަށް ބުނާނީ އިނގިރޭސީން ބުނެއުޅޭ ބަދުބަހެއް : ރޫމް ގެ ހަޟާރަތު ބިނާކުރެވުނީ އެއްދުވަހަކުން ނޫން.

      ޝަހީމު އެ މަސައްކަތް ފެއްޓި.

      ދެވަނަ ނުކުތާއަށް ބުނެވޭނީ، އެއީ ކުށެއްތޯ ގޯހެއްތޯ ؟ ވަޒީފާއެއް ގާބިލު މީހަކަށް ނުދެވޭނެތޯ ؟ ހުރި ވަޒީފާގަ އުމުރަށް ހުންނަންތޯ ޖެހޭނީ ؟

      1
      1
  2. ފާތުން

    އަޅެ އެކަން ކުރަން ފުރުސަތު ލިބުނީމަ ކީއްވެބާ ނުކުރީ. އެކަމަކު ރަންކޮޅެއް ގެނެސްގެން ވަގު ވިޔަފާރި އެއް ފެއްޓީ.

    2
    3
  3. ހަންޑިކުޑަ

    ޝަހީމޫ ކޮސް ނުގޮވާ! ކީއްވެގެންތޯ މަނިކުފާނު ކުންފުނިން އުމްރާ އަށް މީހުން ނުގެންދަނީ 15،000 ރުފިޔާ އަށް. ހަމަ ރައްޔިތުން ފެލަނީ!

    1
    3
  4. އެންމެކަޑަގުރޫޕް

    މިހާރުވެސް ތިބޭފުޅާގެ ގިބުލަ ގުރޫޕަކީ، އުމްރާ ކުންފުނި ތަކުގެ ތެރެއިންވެސް އެންމެ އަގު ބޮޑުކޮށް ޢުމްރާއަށް ގެންދާ ކުންފުނި.
    ވަކި އެއްވެސް ޚިދުމަތެއް އެހެން ކުންފުނިތަކާ ތަފާތެއް ނޫން.. ހަމައެކަނި ތިބޭފުޅާ ހުރިކަން.

    އެހެންވީމަ، ފުރަތަމަ އަމިއްލަޔަށް އަގުހެޔޮކޮށްގެން ނަމޫނާ ދެއްކީމަ ދޯ ޤަބޫލުކުރާނީ މީހުން..

    2
    1