އަރަބި ކަނޑުގެ ތެޔޮހޮޅިތައް ކ. ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އެކަން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސަރުކާރެއްގައި ކުރާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅުން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިދިކޮޅުގެ ލީޑަރު ޔާމީން މިނިވަން ކުރުމަށް ޕީޕީއެމްގެ ހިތްވަރުގަދަ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އޮތް ދޮރަކީ މުއިއްޒު އިންތިހާބުކުރުން ކަމަށެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ރާއްޖޭގައި އޮތް އިސްލާމީ ހަޟާރަތާއި ގުޅޭ މުވައްސަސާތައް ޒަމާނާއެއްގޮތަށް ތަރައްގީ ކުރެވެން އެބަޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެކަން ކުރުމުގެ ގާބިލްކަން ހުރި އިލްމީ ޒައާމަތެއް ގާއިމް ކޮށްގެން ކަމަށް ވިދާޅުވިއެވެ. މުއިއްޒު އިންތިހާބު ކުރުމުގެ މަސައްކަތް ފެށީ މުއިއްޒަކީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅަކަށް ވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ. މުއިއްޒަކީ ރާއްޖޭގެ ޒުވާން ޖީލުގެ ތެރެއިން ރައީސްގެ މަގާމަށް ކުރިމަތިލައްވާ އެންމެ ތައުލީމީ ފުރަތަމަ ޒުވާނާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރައްޔިތުން ފަހުރުވެރިވާން ޖެހޭނެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާއަކީ މޮޅު އިލްމީ ބޭފުޅަކަށް ވުމުން. އަޅުގަނޑުމެން މި ތިބީ އިލްމީ ބޭފުޅުންނާއިއެކު ކެބިނެޓްގައި މަސައްކަތް ކޮށްފައި. ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރިއިރު އެމަނިކުފާނަކީ އެއީ ތަޖުރިބާގެ ހަޒާނާއެއް. އިލްމުގެ ހަޒާނާއެއް. ޕްރޮފެސަރެއް. އެހެންވީމަ ތަރައްގީ ގެނެވުނީ. އިލްމު ހުރި މީހަކާ އިލްމު ނެތް މީހަކާ ތަފާތު ވާނެ. އެހެން މީހުން ބުނެގެން ކަންކަން ކުރާ މީހަކާ އަމިއްލައަށް ކަންކަން ކުރަން އެހެން މީހުންނަށް އަންގާ މީހަކާ ތަފާތުވާނެ. ދައުކަތުގެ ވެރިޔަކަށް ހުންނަ މީހާއަކީ އެހެން މީހުންގެ މައްޗަށް އަމުރު މައުރޫފް ހިންގާ މީހަކަށް ވާންވާނެ. އެމީހާއަކީ ހާރިޖީ ވަޒީރު އޮޕަރޭޓްކުރާ މީހަކަށް ވެގެން ނުވާނެ." ޝަހީމް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މުއިއްޒާއިއެކުގައި ކެބިނެޓްގައި މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މުއިއްޒުހާ ހީވާގި މުރާލި އިލްމީ ބޭފުޅެއް ނުހުންނާނެ ކަމަށެވެ.

"ވިލާތުން ޕީއެޗްޑީ ހައްދަވާފައި ޔާމީން އެންޑޯޒް ކުރެއްވުމުން ނުޖެހެ ޗުކުޗުކު ލައްވާކަށް." ޝަހީމް ވިދާޅުވިއެވެ.

އިލްމަށް އިހްތިރާމް ކުރުމުގެ ގޮތުން މުއިއްޒު އަތުގައި ހިފަންޖެހޭ ކަމަށް ވިދާޅުވިއެވެ. މުއިއްޒެއް ދިވެހި ރާއްޖޭގެ މިނިވަން ކަމަށާއި ސިޔާދަތު ކޮންޕްރޮމައިޒެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގައުމީ ވެރިކަން އަލުން އިޔާދަކުރުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތަކީ މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ

"މި ވަގުތުގައި ރައްޔިތުން ހިލާފުތައް ހަނދާން ނައްތާލާފައި އަޅުގަނޑުމެން އެކަތިގަނޑަކަށްވެ، ގައުމީ ބަހާތައް ކުރިއެރުވުމަށްޓަކައި މިނިވަންކަން ނެގެހެއްޓުމަށްޓަކައި އަތުގުޅާލަން ޖެހޭ. ގައުމީ ވެރިކަން އަލުން އިޔާދަ ކުރުމަށް މަސައްކަތް ކުރާށޭ. އަޅުގަނޑުމެން މި ތިބީ އެންމެ ކުރީ ސަފުގައި. ރާއްޖެ ބަނޑަކަށް ނުޖެހޭނެ. އަރަބި ކަނޑުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އެކަން ކުރާނަން. އަރަބި ގައުމުތައް، އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން." ޝަހީމް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ޝަހީމް ވިދާޅުވީ ދިވެހި ޒުވާނުން މުއިއްޒާއި އެކުގައި ތެދުވަން އެބަޖެހޭ ކަމަށެވެ. ވޭދުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަަރައްގީގެ އެންމެ ވަރުގަދަ މޭސްތިރިއަކީ މުއިއްޒު ކަމަށް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރާއްޖެއަށް ރަނގަޅުކަމެއް ވެފައި އޮތީ ޒައާމަތުގައި އިލްމީ ބޭފުޅުން ތިއްބަވައިގެން ކަމަށެވެ. އެހެންކަމުން މި ރިޔާސީ އިބްތިހާބުގައި ހުރިހާ ބޭފުޅުން ވެސް މުއިއްޒަށް ވޯޓު ދެއްވުމަށް އެދިލެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަހުމަދު

    ޝަހީމު މުއިއްޒު އާއި ގުޅުމުން މަ ވެސް މުއިއްޒު އަށް ތާއީދު ކުރަން

    96
    5
    • މީތާ

      "އިސްލާމީ ގައުމުތައް ކައިގެން ތިބިއްޔާ އަޅުގަނޑުމެން ވެސް ތިބޭނީ ކައިގެން" އުފާވެއްޖެ! ސާބަހޭ ޝަހީމް.

      38
      1
  2. ޑރ.

    ޑރ ޝަހީމްގެ ބައްޕާފުޅައް އަވަސްޝިފާއަކަށް އެދެން. އެއީޝައްކެވެސް ނެތް ގައުމައް އިޚްލާސްތެރި ބައްޕައެއް. ވަރަށް ޖޯޝާއި އެކު ޝަހީމް ވިދާޅުވި ވާހަކަފުޅުތަކަކީ ވަރަށްއުފާވެރި ހިތްވަރު ލިބިގެން ދިޔަވާހަކަފުޅުތަކެއް. މާތް ﷲގެވާގިފުޅާ ރަހްމަތްފުޅާއެކު އަޅުގަނޑުމެން ގެ އުންމީދުތައް ހާސިލް ވެގެންދާނެ އިންޝާﷲ

    78
    4
    • ޢަހުމަދު

      ޝަހީމު މިފާލުވީ ކޮނޫއިރަކު ވަގުތު ތިއޮތީ ވަރަށ ސިޔާސީ ވެފާ

      8
      34
      • ބޮނަކުއާ

        ޕީޕީ ދޫކޮށް ދާންވެސް އުޅުނު ޑރ. ވަހީދު ހެދި ގޮތަށް ރައީސްކަން ނުދީގެން.
        ދެން ފަހުން އުނބަށް ޖެހިވަޑައިގެން އިސްލާމިކް މިނިސްޓަރު ކަން ނަމަވެސް ލިބޭތޯ ދުވެ ނަގަނީ..
        ރައީސް ޔާމީނުގެ ޝަރީޢަތުގެ އެންމެ ފޯރިގަދަ ދުވަސްކޮޅުވެސް މީނަ އިނީ ގޭގައި ފިލާ..

        11
        23
        • ހުވަދޫ އަލިބެއްޔާ

          ޢަދާވާތްތެރި ވިޔަސް ވާން ވާނީ ހިތައް ކުޅަދާނަ މިންވަރަކަށް.

  3. ރުހާމް

    ސާބަހޭ ޝަހީމް. "އިސްލާމީ ގައުމުތައް ކައިގެން ތިބިއްޔާ އަޅުގަނޑުމެން ވެސް ތިބޭނީ ކައިގެން" އުފާވެއްޖެ!

    72
    7
  4. ޝެއިޚް ނަސްރުﷲ

    އަރަބި ކަނޑުތަކުން ބޮނަކުއާ ފެންވެސް އުފެއްދީ ޝަހީމްނޫންތޯ

    17
    52
  5. ހޭވައްލާ

    މަނިކްފާނު އިތުބާރު ކުރަންޏާ މި އާއިލާގެ 12 މީހުންނާ ދަރިން މުއިއްޒު އަށް މި ދެނީ ވޯޓު.

    37
    3
  6. مركب

    يا دكتور..
    انت بس تريد مقام.
    لماذا انت لا الى هؤلاء ولا إلى هؤلاء.
    هل انت جاهل مركب.

    1
    13
    • ކައުންސެލަރު

      ކަލޯ ކަލޭ ހީކުރީ ކަލޯ އެކަންޏަށް ކަމަށްތަ އަރަބިބަސް އެނގެނީ. ކަލޯމެން ކައިރީ އުޅޭކަށްނުޖެހޭ މަގާމު ހޯދާކަށް. ގެޓްވެއްޖެ. ޝަހީމަކީ ތޔަހެން މަޤާމުގެ ބޭނުމުގަ އުޅޭ ތިޔަ 2 އިފުރީތުންނަށްވުރެ މާ މާތް ދަރިއެއް.

      21
      4
  7. ހެލޯ

    ވިލާތުން ޕީއެޗްޑީ ހެދީމާ މުއިއްޒާ މެދު ޗުކުޗުކު ނުތެޅުވެންޏާ ޝަހީމު ޕީއެޗްޑީ ހެދީ ކޮން ވިލާތަކުން؟ މުއިއްޒު ޔާމީނު މިނިވަން ކުރިޔަސް ބާރުވެރި ނުކުރާނެކަން ޔަގީން.

    2
    12
  8. Anonymous

    ވާވާ އަރަބި ކަނޑުގެ ތެޔޮހޮޅިތައް ކ. ކާށިދޫ ކަނޑުން ނެރެން ނުލިބުނަސް ބޮނަކުއާ ފެންފުޅި ހިފައިން ހިލޭ އަނހުނުން އަތަށް ފިތޭނެ

    5
    21
    • Anonymous

      އަދިވެސް އެމްޑީޕީ މީހުން ތިއުޅެނީ ވަތަނީ ކެމްޕެއިނެއްނުކޮށް ގައުމުގެ އިޖުތިމާޢީ ފޭރާން ހަލާކުކުރުމުގައި. ތިޔަ ބޮނަކުރާއަކީ މިގައުމުގެ އިޖުތިމާޢީފޭރާން ހަލާކުކޮށް މީހުންގެ އަބުރުކަތިލަމުންދުވި މޭސްތިރިޔާ އަންނިގެ ފަރާތުން އަންނަ ކަންކަން. އެނގޭތަ ސަހީމް ބޮނަކުއާދިނީ އޭނާގެ އަންހެނުންނަށްކަން. ހަބަރެއް ފަތުރާއިރު ތަނެއްދޮރެއް ބަލާނުލައި އަނެކާގެއަބުރު ކަތިލީމައި ދެން އެހަބަރު ހިފައިގެންހިނގުމަކީ ގައުމަކަށް ކުރެވޭނެއެންމެ ބޮޑު ގެއްލުން

      8
      6
      • މޒ

        އެއީ އަންހިނުންނެއް ނޫން..

  9. ބޮނަކުއާ

    ޕީޕީ ދޫކޮށް ދާންވެސް އުޅުނު ޑރ. ވަހީދު ހެދި ގޮތަށް ރައީސްކަން ނުދީގެން.
    ދެން ފަހުން އުނބަށް ޖެހިވަޑައިގެން އިސްލާމިކް މިނިސްޓަރު ކަން ނަމަވެސް ލިބޭތޯ ދުވެ ނަގަނީ..
    ރައީސް ޔާމީނުގެ ޝަރީޢަތުގެ އެންމެ ފޯރިގަދަ ދުވަސްކޮޅުވެސް މީނަ އިނީ ގޭގައި ފިލާ..

    4
    11
    • Anonymous

      ޑރ.ޝަހީމް ޕީޕީއެމް ދޫކޮށް ދިއުމަށް އެއްވެސް އިރަކު ނޫޅޭ. ގާސިމްގެ ރަނިންމޭޓްކަން ހުށަހެޅި. އެކަމާއިގުޅިގެން ސަހީމް ނިންމާނެގޮތެއް އަންގާނެ ކަމަށްވެސް ބުނި. ނަމަވެސް ގާސިމް ކައިރީގައި އެއުޅެނީ ގާސިމަށް ވެސް ހެޔޮނޭދޭ ފައިސާފަހަތުން ދުވާބައެއްވީމަ ސަހީމް ގާސިމަށް ނޫނެކޭ ބުނެ ޕީޕީއެމްގައި ހުރީ. ސަހީމަކީ ޑރ.ވަހީދު އާއި ޚިލާފަށް ޕީޕީއެމްގެ ގިނަ ހަރަކާތުގައި އިސްސަފުގައި ހަަރަކާތްތެރި ވަމުންދާ މީހެއް. އިންޑިއާއައުޓް ކެމްޕޭން ފެއްޓެވި ދުވަސްވަރު މިކަން އަދި ވަރަށް ބޮޑަށް ފެންނާނެ.

      17
      2
  10. ކައުންސެލަރު

    ސާބަހޭ ޝަހީމް. ތިޔައީ ދިވެހި ދަރިއެއް. ދިވެެހި ލޭހިނގާ ދިވެހި ވަންތަ ދިވެހި ދަރިއެއް. ޝަހީމްގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އިރާދަ ކުރެއްވިއްޔާ މިކަން އެކަތިފަހަރުން ނިންމަންވާނެ. ═ 4

    22
    1
    • ވިކިލީކްސް

      އަހަރެން ހުރި މަޖިލީހެއްގަ ޝަހީމް އަކީ ، ޔާމީނުގެ މައްސަލައަކީ ވައްކަންކުރުމޭ ބުނިމީހާ.

      ވަގަށް ގޮވާފަ މިއަދު އަލިފެކޭ ބުނީމާ އަހަންނަށް ޝަހީމް ދައްކާ ވާހަކަތައް ބަލައިނުގަނެވުނީ

      1
      4
  11. ޒިންދާބާދް

    އެއްލަކިން ދަމާލާނީ. ކޮރަޕްޝަނަށް ނޫނެކޭ ބުނާނީ. ވަގުން ކުޑަގޮޅިތަކަށް ލާ ފުރާލާނީ. އެއްބުރުން މުއިއްޒު ހޮވާނީ.

    17
  12. މުހައްމަދު

    ދިވެހި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންނަމަ ޝަހީމުގެ އަޑުން ކީރިތި ޤްރުޢާން އެއްކޮށް ރިކޯޑް ކޮށްދެއްވާ..

  13. މޮޔަ

    އެއްކަލަ މޮޔަސޮރު ކޮސްގޮވަން ފަށައިފި.

  14. ނަޖީ

    މަރުހަބާ ށަހީމު ލަޑަޔާވާނީލަޑަޔާ އިލްމުވެރިންނާވާނީ އިލްމުވެރިން ށަހީމު ނުކިޔަވާހުރި އިބޫއަށް ތާއިދުނުކުރުމަކީ އެކަމުގެ އަލިގަދަހެއްކެ މަށާމަގޭއާއިލާވެސް ށަހީމުއާއެކު އިންށާައައްލާހު

  15. ސަލޯ

    ބަކަރިހުއިހައްޕަނީއޭ ކިޔާފައި މީނާއަށް ނޭގޭ ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް.

    1
    3
    • ޙެހެހ

      އަސްލުވެސް މީ ވަރަށް ގޯސްކޮށް ބުނިބަހެއް ، މާފަށް އެދެން ޖެހޭ ، ބަކަރި ހުއި ނުހިއްޕަވާ ރަސޫލު ބޭކަލެއް ނުވާކަމަށް އޮންނަނީ ، ވީއިރު މީ މަލާމާތްކުރުން ހެޔޮވާވަރު ކަމެއްތޯ

    • ހުވަދޫ އަލިބެއްޔާ

      ރޭގަ ޑރ އަށް ހެދުނު ހަމަ އެކަނި ގޯސް.. އެކަމަކު ޖުމްލަކޮށް ހުރިހާ ވާހަކައެއް ރަނގަޅު.. ގެރި ގުޔަށް ބަރޯސާވާކަށް ނުޖެހޭނެ..

  16. ާަމަރީ

    އެންމެ ފަހުން ތިތެޔޮހޮޅި ނުކުތީ މާލޭގެ ގެއެއްގެ ތެރެއިން..

    4
    1
  17. އަބްދޫ

    މުއިއްރުގެ ރަނިންމޭޓަކަށް ސަހީމް ނެރުއްވިނަމަ ތާއީދު ވަރަށް ބޮޑުވީސް.

  18. އަނދޭ

    މިއުޅެނީ މިގޭ ފާހާނާ ހޮޅިބެދިގެން. ކޮނެފަ ބަލާލި އިރު ފާހާނާ ހޮޅީގައޮތީ ހުސް އަރަބި ތެޔޮ. އަރަބި ކަނޑު ..އަރަބި އުޑު....އަރަބި ކާށިދޫ ...