މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަސްވަނަ ދައުރަށް 60 ވޯޓާއި އެކު އާންމުންގެ ތެރެއިން ހޮވުނު އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް (ގ. ނޫމަރާވިލާ، މާލެ) މީޑިއާ ކައުންސިލުން އިސްތިއުފާދެއްވައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރެވޭ 8 މެމްބަރަކާއި އާންމުންގެ ތެރެއިން 7 މެމްބަރަކު ޝާމިލްވާގޮތުގެ މަތިން ހެދޭ ޖުމްލަ 15 މެމްބަރުންގެ ކޮމެޓީއަކުންނެވެ.

ގާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ކައުންސިލުން އިސްތިއުފާދީފައި ވާތީ އިސްތިއުފާ ގަބޫލުކޮށްފައި ވަނީ މިއަދު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.