ސަރުކާރަށް ފާޑުކިޔައި އާއްމުކޮށް ލިޔުންތައް ލިޔަމުން އަންނަ ވެބްސައިޓެއް ކަމަށްވާ "ދެންމެ.ކޮމް"ގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ފަށައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އިއްޔެ ބުނީ ދެންމެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ބައެއް ޚަބަރުތަކުގެ މައްސަލަ އެކައުންސިލްގެ މައްސަލަ ބަލާ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ދެންމެ.ކޮމް އަކީ ސަރުކާރުގެ އެކިފެންވަރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ލިޔުންތައް ލިޔަމުން އަންނަ ވެބްސައިޓެކެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ފާޑުކިޔައި އެވެބްސައިޓްގައި ލިޔުންތައް ލިޔެފައި ހުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެންމެ.ކޮމް އަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ވެބްސައިޓެއް ނޫނެވެ.

ރައީސް ސޯލިހް މީގެ ކުރިން ބައެއް ބައްދަލުވުންތަކުގައި ވިދާޅުވެފައިވާ ގޮތުގައި ވެބްސައިޓްތަކާއި ނޫސްތަކަކީ ކޮންމެހެން ރަޖިސްޓްރީ ކުރަން ޖެހޭ ތަކެތީގެ ގޮތުގައި އޮތުން އެއީ އެމަނިކުފާނަށް ފެންނަ ގޮތުގައި އެހައި ރަނގަޅު ކަމެއް ނޫނެވެ.

ނަމަވެސް ރަޖިސްޓްރީ ނުކުރާ ވެބްސައިޓްތަކާއި، ނޫސްތަކުގެ މައްސަލަތައް ބަލަން އިދާރާތަކަށް ދަތިތައް ކުރިމަތިވެއެވެ. އެއީ ރަޖިސްޓްރީ ނުކުރާ ވެބްސައިޓްތަކާއި ނޫސްތަކަށް ޒިންމާވާ ފަރާތެއް ހޯދޭނެ ގޮތެއް އިދާރާތަކަށް ނޯންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގުރި

    ގަމާރީ... ގަމާރު.. ކަމަކަށްތަ ބޯގޯސް

    15
  2. ލާމަސީލު

    ޖަށްވުގަ އެއްއަތް ތަޅާމީހަކު ހޯދަން މީޑިއާކައުންސިލުން އުޅުމަކީ ބުއްދިހަމަނުޖެހޭ ކަމެއް މާޒީގަ ފީބާރޭޑިއޯ ހިންގި މީހުން ޝަރީއަތަށް ގެނެސް އަދަބުދީބަލަ މާތާހިރުވާނެ.