މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މީހުން ހާޒިރު ކުރުމަށް ޗިޓު ފޮނުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އެމްޑީއެން މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަން ޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ބައެއް މީހުންނަށް މިހާރު ޗިޓު ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހެން ވިދާޅުވިއިރު އެޖަމިއްޔާގެ ފައުންޑަރ މެމްބަރު އަދި އެކްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއިލް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާއަށް ޗިޓު ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާއަށް ގުޅައި، ޗިޓު ހަވާލުކުރާނެ އެޑްރެސް ހޯދާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ބޭރު ނޫހަށް ދިން އިންޓަވިއުގައި ޝަހިންދާ ބުނީ ޗިޓު ލިބޭތާ 14 ދުވަހުގެ ތެރޭގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގަށް ރާއްޖެ އަންނާނެ ކަމެއް ނުވަތަ ނާންނާނެ ކަމެއްވެސް އޭނާ ހާމަކޮށްފައި ނުވެއެވެ. އޭނާ މިވަގުތު ހުރީ ޖަރުމަތު ވިލާތުގައެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި މާތް ނަބިޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ލިޔެފައިވެއެވެ. އެމައްސަލައާ ގުޅިގެން ފުލުހުން އެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ ރިޕޯޓު ކުށްވެރިކުރައްވައި އެމައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމުން ދަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި އެޖަމިއްޔާ އުވާލުމަށާއި، އެ ރިޕޯޓު ނެރުނު މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި މުޒާހަރާވެސް ކޮށްފައިވެއެވެ.
ޗިޓުފޮނުވާކައްނުޖެހޭ އުފުރާލާގެން ގެނޭ!!
ޓެރަރިސްޓު ޖަމާއަތް އުވާނުލާ ވާނެ ހުރިހާ ގޮތެއް ހޯދައި ދިގު ދަންމައި ބޮނޑުނިގުލަށް ދުއްވާލެވޭތޯ ހިންމަތް ކުރާތަން މިފެންނަނީ. ގައުމުގަ ތިއްބެވި ހެޔޮލަފާ އިލްމުވެރިން ވިސްނަވާތި މިމީހުން މިގަންނަ ގަނޑު. ހަމަ ހިލާ ތިހެންވިޔަ ދޭކަށް ނޫން ދިވެހިން ތިބީއަކީ.
ފުލުސް އޮފީހުގައި ބާއްވާ ބިލަތް މީރުކޮށްލެއްވުމަކަށް އެމްޑީއެންގެ އެންމެހާ ލާދީނީ މެމްބަރުންނަށް ދައުވަތު އަރުވަމެވެ.
ނޭވާހޮޅިއަށް އެޅުނީދޯ..؟؟؟
ޗިޓް ފޮނުވުމުގެ ބޭނުމެއް ނެތް . އެމް ޑީ އެން އުވާލާބަލަ .އެކަން ކުރަން ނުކެރިގެން އުޅެނީ ކީއްވެބާ؟ ޖަމްއިއްޔާ ތަކާބެހޭ ގަވައިދުގެ ތެރެއިން ރަޖިސްޓްރާއަށް އެކަންކުރެވޭނެ.
ދެން ތިފޮނުވާ ޗިޓްތަކަށް އަމަލީ ސިފައެެއް އަންނަނޭނެ ބާއޭ ހިތަށް އަރާ
ތީ ހުސްދަޅަ. ތިކަމުގަ ފުރިހަމަ ފިޔަވަޅު އަޅާނީ ދެން އަންނަ ސަރުކާރަކުން.
ތީ ޗިޓްފޮނުވަން ޖެހޭ ތަހުގީގުކުރަންޖެހޭ ކަމެއްނޫން، ވަގުތުން އެމީހުންނަށް އަދަބުދޭން ޖެހެނީ، މީހުން ހަޅޭއްލަވަން ފެށީމަ ކުރާ ކަންތަށް.
ވަރަށް ރަގަޅަށް ތަހުޤީޤު ކޮށްދޭނެ
ޕޕޕޮލިސް ކޮމިސަނަރައް ޗިޓުހާވާލުކުރިތޯ
ޗިޓް ފޮނުވުމަކީ ހައްލެއް ނޫން. ފުރަތަމަ ފިޔަވަޅު ފުރަތަމަ އަޅުއްވާ. ޤާނޫނުގެ ހުދޫދުން ބޭރުން ޖަމްޢިއްޔާ ހިންގާފައިވާތީ ފުރަތަމަ ޖަމްޢިއްޔާ އުވާލާ. ޝައްކެއްނެތް މިންވަރަށް އެ ޖަމްޢިއްޔާގެ ނަމުގައި އެވަނީ ރިޕޯޓް ނެރެފައި. ނެރުނު މީހުންވެސް އެކަން ދޮގެއް ނުކުރޭ. އެހެންވެ ޖަމްޢިއްޔާގެ ގާނޫނާއި ގަވާއިދާއި ޚިލާފަށް ހިންގާ ޖަމްޢިއްޔާއެއް އޮވެގެން ނުވާނެ. އުވާލާ.
ފުރުވާލާފަ ދެން ކޮން ޗިޓެއް ފޮނުވާކަށް؟ ތީ ތަހުގީގުތަ ނޫނީ ސަމާސާތަ؟ ދެން ޑޮކްޓަރޭ ނުކުމެ ބުނާނެ ދުއާ ދެއްވި ރައީސް ފިޔަވަޅު އަޅައިފިއޭ. ކޮންފަދަ އުނދަގުލެއް
ސަހިންދާ ރާއްޖޭންބޭރަށް ފުރިދުވަސް ފުލުހުން ހާމަ ކޮއްދީބަލަ.
ފުރަތަމަ ފުލުހުންގެތެރެއިން ފެށުން ކިހިނެއްތޯވާނީ ސީޕީ ހަމީދުން ފަށައިގެން ކުރިއަށް ގެންދަވާ
ރައްޔިތުންނައް ދަޅަދައްކާނެކަމެއްނެތް. ތަހުގީގުކުރަންޖެހޭނީ އެކަމެއްގެ އޮޅުމެއް ނުވަތަ ނޭންގޭ ސިއްރުކަންތައްތަކެއް ހިމެނޭނަމަ. މީވަރަށް ސާފުކޮށް ހަގީގަތް އެނގެން އޮތް ގައުމުގެ މަސްލަހަތާ ގުޅިފަވާ ކަމެއް. ވަގަުތުން ވަގުތައް ޖަމިއްޔާ އުވާލުމުން މައްސަލަ ނިމުނީ.
މެމްޑީ އެން ކިޔާ ޔަހޫދީ ލާދީނީ ހައްދުފަހަނަ އަޅާފައިވާ ޖަމިއްޔާ ޖެހޭނީ މިހާރުން މިހާރަށް ވުޖޫދުން ފޮހެލާ އެ ރިޕޯޓްލިޔުނު މުރުތައްދު ވެފައިތިބި މުރުތައްދުން ހިފާ ހައްޔަރުކޮށް 10 އަހަރަަސް ޖަލުގަ ބައިތިއބަން މީ.ވަރަށް ސީރިއަސް ކަމެއް މިކަމުގާ ދިވެހިރައްޔިތުން މާފެއް ނުކުރާނެ ރައްޔިތުން އުތުރި.އެރީމަ ފޮރުވަން ވެގން ބަހަނާ ދައްކަކަށް ނުޖެހޭ ބޭން އެމްޑީއެން އުވާލާ މާފެއްނެއް މިނޫންގޮތެއް ގަބޫލެއް ނުކުރެވޭނެ
އިސްލާދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ކޯޓުއަމުރަކާނުލާ ޗިޓުވެސް ނުފޮނުވާ ވަގުތުން ހައްޔަރު ކުރަނޫ. އެކަމަކު އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާ (ޞވ)އަށް ހަޖޫޖަހާ ރިޕޯޓް ނެރޭމީހުން މިގެންދަނީ އެމީހުން ބޭނުން ދުވަހަކު. ހަމަ ހަމަ ކަމުގެ ނަމޫނާ
ނޫޝީނަށް ޗިޓު ފޮނުވިތަ؟
އުވާލެވިދާނެ. އެއީ ބޮޑު މައްސަލައެއް. ކަލޭމެން ދީނީ އިލްމުވެރީން އެކަމަށް ހައްލެއް ހޯދައިދީ ދިވެހީން މިވަބާއިން ސަލާމަތްކޮށްދީފާނަންތަ؟
ސަރުކ ކާރުން އަޑީގައި އޮވެ ތިބަޔަ ކު ފުރުވާލީ ކަމަށް ބެލެވެނީ. ދެން ތަޙްޤީޤޭ ކިޔަނީ. މީސްތަ ކުންނަށް މަ ކަރު ހެދިޔަސް ﷲ އަށް މަ ކަރެއް ނުހެއްދެވޭނެ.