މީހުން މެރުމަށް ގޮވާލަމުންދާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިމޭރުމުން ގޮވާލައްވައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ ނަމުގައި މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، މީހުން މެރުމަށާއި އަނިޔާވެރިކަމަށް ގޮވާލާ އެންމެންނާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ރާއްޖޭގައި ހަރުކަށި ވިސްނުންތަކާއި ދީނީގޮތުން ހައްދުފަހަނަ އަޅައި ދިއުމާ ގުޅޭގޮތުން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓާ ގުޅިގެން ރަށްރަށުގައި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ބޭން އެންޑީއެމްގެ ނަމުގައި ކުރަމުންދާ މުޒާހަރާތަކުގައި އެމްޑީއެންގެ މީހުން މެރުމަށާއި އެންދުމަށް ވަނީ ގޮވާލައިފައެވެ.
އަދި ދާދި ފަހުން މީސް މީޑިއާ މެދުވެރިކޮށް ވަނީ އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އިސްމާއިލް އާއި ރައީސް ނަޝީދު އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަރާލުމަށް ގޮވާލައިފައެވެ. ރައީސް ނަޝީދުގެ ނަން ހިމެނޭ ގޮތަށް މީސް މީޑިއާގައި ދައުރުވަމުންދިޔަ އެ ޕޯސްޓުގައި ވަނީ އެމަނިކުފާނަޢީ ޝަހިންދާގެ އިތުރުން ހަމީދުގެ ފޮޓޯއެއްގައި އަނިޔާވެރި މަންޒަރުތަކެއް ފެންނަގޮތަށް އެޑިޓުކޮށްފައެވެ.
އެފަދަ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅަމުން ނުގެންދާތީ ނަޝީދު ވަނީ ޝޭހް އިމްރާނާ މެދު އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް މެމްބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕެއްގައިވެސް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީއެން އިން ކުށެއް ކޮށްފައިވާނަމަ އެކަމަށް އަދަބު ލިބެން ޖެހޭ ކަމަށާއި އެހެން ނަމަވެސް މީހުން މެރުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ މެދު ކަމާގުޅުން ހުރި ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް އެ ފަރާތްތަކުން ވަނި ގޮވާލައިފައެވެ.
އެމްޑީއެން މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްޑީއެން މައްސަލާގައި މީހުން މެރުމަށް ގޮވާލަމުންދާ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ. އަދި އެ ޖަމިއްޔާ އާއި ދެކޮޅަށް ކުރާ އެއްވެސް މުޒާހަރާއެއް ނުވަތަ އަޑު އުފުލުމެއްގައިވެސް މީހުން މެރުމަށް ގޮވައިނުލުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
"އަހަންނަށް ފެންނަނީ ތަޅާނެ ބަޔަކު ހޯދައިގެން ތަޅަން" މިހެން ބުނީކާކު އެމީހަކާދޭތެރެވެސް ފިޔަވަޅު އަޅަންފެނޭ
މީހުން މަރަން ގޮވާލާ މީހުންނާ މެދު ފިޔަވަލު އަޅަން ޖެހޭ - ނަޝީދު
8 މިނެޓް ކުރިން ( އޮކްޓޯބަރ 20, 2019 )
އެކަމަކު މިކަލޭގެ 19 ދިވެހިންމެރި ލުތުފީ ފިލުވީވެސް.
ދެންމިކިޔަނީ ކޮންކަހަލަ ފިޔަވަޅެއް އަޅާވާހަކައެއްބާ؟
ހުމާމުމުގެ ވަކީލުންނަށް ދިޔައީ M D P މީހުން.
ދެން ފު ލުހުން ގައިގައި ތަޅަން ގޮވި ދައްޖާ ލު ފުރަތަމަ ހައްޔަރު ކޮށްބަ ލަ!
މިރާއްޖޭގެ މިއުފެދޭ ހުރިހާ ނުތަނަވަސް ކަމެއްގެ އަސްލަކީ ކެނެރީގޭ ލާދީނީ އަންނީ، ތިޖާހިލު މީހާވެސް އިސްތިއުފާ ދިނުމަށް ގޮވާލަން،
ނަޝީދު ބުންޏަސް އެއީ ތެދެއް. ފިޔަވަޅު އަޅަން ޖެހޭނެ. ހަމަ އެ ގޮތަށް ދީނާއި ޚި ލާފު ލާ ދީނީ މީހުންނާމެދުވެސް ފިޔަވަޅު އަޅަން ޖެހޭނެ.
މީހުން މަރަން ސިހުރު ހަދާ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭނެ
މީހުން މަރަން ގޮވާ ވަރަށް މީހުންގެ ލޭހޫނުކުރާ މީހުންނަށް ދެފިޔަވަޅުއަޅަންޖެހޭ.
މިތަނުގައި ބަޔަކު މިއޮތް ބަނޑަައް މރުވަނީ، އެމީހުންނަށް އޮތީ ކޯންޗެއް؟؟؟؟؟؟
ރަސޫލާއަށް ފުރައްސާރަކުރުމަކީހާދަ ނުބަކަމެކެ ރައީސް
ބޭސް ކުރާށޭ ކިޔާފަގޮސް ޖަލުހުކުމައަ ފިލައިގެން އުލެފަވާ މީހުންވެސް ހައްޔަރުކުރަން ޖެހޭ. ޔާމީންގެ ދެވަނަ ދައުރުގައި މަނިކުފާނު ސަރުކާރައް ދޮގުހަދަފަ ބޭސްކުރާށޭ ކިޔާފަ ގޮސް ފުރިހަމަ ނުކޮއް ފިލާގެން އުޅުނު ޖަލު ހުކުމާއި އަދި ބައްދަލު ކުރައްވާނެ. ދެން ފަހަރަކު ބޭސްކުރާކަށެއް ދުލެއްވެސް ނުކުރާނެ.
ނަސީދުގެ ސަބަބުން ދިވެހި ގައުމު ނާމާންތަނަކަށް ބަދަލުވެއްޖެ . ނަސީދު އިސްތިއުފާދެއްވަމުން ވިދާޅުވި އަލިގަނޑު ވެރިކަމުގާ ދެމިހުރެއްޖެ ނަމަ ގައުމަށް ދެރަދެވިދާނެކަމަށް ވީމާ ރަނގަޅުގޮތަނީ ރާއްޖެ ދޫކޮށް ނަސީދު ވަޑައިގަތުން އޭރުން ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހުމާ ތަނަވަސްކަމުގާ ދިރިއުޅޭނެ . އިބޫސާލިހުގެ ވެރިކަންވެސް ދެމިއޮންނާނެ . ގައުމަށް ހިތްހަމޖެހުން މިސަރުކާރުން އޭރުންގެނެސްދެވޭނީ
ލާދީނީ މީހުންނާމެދު ފިޔަވަޅުއެޅުން އަވަސްކުރޭ
މިކަ ލޭގެ ކަންބޮޑުވަނީ ކޮންކަމަކާ. މީހުން ފާޑު ފާޑު އެއްޗިހި ގޮވަނީ ކީއްވެތޯ ބަ ލާކަށްނުޖެހޭތަ.
ﷲ އަށާ ރަސޫ ލާއަށާ އިސް ލާމްދީނަށް ފުރައްސާރަ ކުރާމީހުންނާ މެދު ފިޔަވަޅު
އެޅުން މާ ހައްގު. އެއްޕާޓީއެއް ވިއަސް
މިވަރުދަންނަންޖެހޭ. ﷲ އަކްބަރު.
....މި ރާއްޖޭގައި އިސްލާމް ދީން އޮންނަތާ އެތަކެއް އަހަރު ވެއްޖެ. އަމާން ކަމެއް ނުގެއްލޭ، ފިތުނައެއް ނުއުފެދޭ، މީހުން މަރާކަށް ނުގޮވާ، ދީނަށް ފުރައްސާރަ އެއް ނުކުރޭ. ކަލޭ މިތަނަށް ފާވެ، މިތާނގެ ބާރުތަކެއް ލިބުމުން، މި ހުރިހާ މުސީބާތެއް ފެށުނީ.
ކޮމެޓީއެއް ހަދާ ދެތިން ފަންނުވެރިން ލައިގެން މަރަން ނުގޮވަންވީ ކީއްވެތޯ ބަލަމުން މިދަނީ. ދެތިން މީހަކަޢް ޗިޓު ފޮނުވަންބުނެފިން އެކަމު ހަވާލު ކުރަންވީ އެޑްރެސްނޭގޭތީ އަދި ޗިޓުހަވާލެއްނުވެ، ހީވަނީ އިއްޔެ ފުރައިގެން ޖަޕާނައް އެދިޔައީ ޗިޓު ހަވާލު ކުރަންޖެހޭ ދެމީހުންހެން. އިއްޔެވެސް ފުލުހުންގެ ޓީމަކާ ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް މާލެ ކައިރި ފަޅުރަށަކައްއަރާ ބަލާފާސް ކުރިން. ތި މަސްސަލަ ބަލަމުން މިދަނީ ކޮންމެސް ދުވަހަކުން ބަލާ ނިމޭނެ.
އެންމެ ފުރަތަމަ ތިޔަބުނާ ފިޔަވަޅު އަޅަން ޖެހެނީ ކެރަފާ ނަޝީދަށް. އެއީ ޓެރަރިޒަމްގެ ޢަމަލެއް ހިންގާފައި އެކަމުގެ ޖަލު ހުކުމުން ބޯ ދަމައިގެންފައިވާތީ.
ނަޝީދު ދެން އެއްކަލަ ތަޅާ ކުދިންކޮޅު ނެރެންބާ ޖެހެނީ! މިގައުމު ހަލާކު ނަޝީދަކީ...
2023 ޔާން
ﷲ އާއި ރަސޫލާ އަށް އެއްޗިހިކިޔާ މީހުނަށް މިކަލޭގެ ޢޮޅިގެން ވެސް ނުބުނާނެ ފިޔަވަޅު އަޅާކަށެއް. މިކަލޭގެވެސް މީ އޭގެ މީހެއް ވިއްޔާ. ކަލޭމެން ހިތުން ތިތިބީ ހެއްދެވި ފަރާތަށްވެސް ފިލައިގެން. ހިތުން ކަލޭމެން ވަރު މޮޅުބައެއް ނެތް.
މިހުންމަރަންވެސް އެގޮވަނީ ލާދީނީމީހުން ، އެއީ ޔަހޫދީންއަޑީގަތިބެގެން ޤައުމުތަށް ބައިބައިކޮށް ލލ ލާގޮތް ، މިރީތިކުޑަ ޤައުމުގަ އިސްލާމްދީން އޮތީތި އެމީހުންނަށް ހަމަކަމުނުދަނީ ...
މީ ދިވެހި ރާއްޖެއިން ފެއްނާނެ ދިވެހި ދައްޖާ ލް
ފާޅުވެ އެގެން މިހުރީ:؟؟؟؟؟؟
ކަލޭ ކޮއްކޮޔޯ ؟އެ ނާޒިމްސައްތާރު ބުނީ ޕީޕީއެމް ސިއްދީގު ސަލީބަށް އަރުވަންވީޔޯ؟ދެނޯ ؟
އެމްޑީޕީ ޕޯޑިއަމް ތަކުަގައި ޤާސިމްމެން ޑަންޖައްސާށޭ ކިތަންމެ މުޒާހަރާތަކުގައި ގޮވާ؟ވީޑީއޯ ތައް އެހެރީ،ކާކަށް ތިއޮޅުވަނީ؟
މި ކަލޭގެ މިގައުމު ދޫކޮށްދާނީ ކޮން ދުވަހަކުންބާ؟..... މީ މިގައުމަށް ޖެހިފަހުރި ބޮޑު އުނދަގުލެއް
އެންމެ ކުރިން ފިޔަވަޅު އަޅަންޖެހެނީ އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކުރުމުގެ މުގުލުގައި ޔަހޫދީންނާ ނަސާރާއިންނާ ހިންދޫންގެ ޑޮލަރ ބޮޑި ޖީބަށް ލައިގެން ހުރި މަލްއޫނަށް. އެއީ މަގައުމުގެ ހަލާކު! ހުރިހާ ފިތުނަ ފަސާދައެއްގެ މުގޫ.
އެމްޑީޕީ ގެ ލާދީނީ ކަމާ ހުރެ ނެތް މި ޕާޓީގަ އުޅެވޭކަށް.... އަޅުގަނޑުމެން ވޯޓް ދިނީ ތިހެން ނުބައިކޮށް އުޅޭކަށް ނޫން... ބަލަން މިތިބީ... ލާދީނީ އެމްޑީއެން އުވާލާ..... ފިތުނަ ފަސާދަ އުފެއްދީ ލާދީނީ ބައިގަނޑު.... އެމްޑީއެން އުވާލާ
މީހުން ނެތްތާކު ދީނެއް ނޯންނާނެ. ދީން ދެމި އޮންނާނީ މީހުންގެ މައްޗަށް މި ރަޖީޒާ ރާއްޖެއަކީ އެންމެ ފުރަތަމަ އިސްލާމް އޭގެ ފަހުން ޣައިރު މުސްލިމުން އަދި އޭގެ ފަހުން މިހާރު އިސްލާމް ޤައުމެއް. ވީމާ އަސްލުދީން ޤާއިމުވެފައިވީހިދު އެދީން އިސްލާމްދީން ދޫކޮށްލާ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ.
އޭ ބޭބެ ތަޅަާނެ ކުދިން ކޮޅެއް ހޯދައިގެން ތަޅަންވެސް ފެންނަ ކަމަށް ބުނިންދޯ ބެޭބެ ހަމަތަ
މިވެރިކަން ވެ ސް ފެއިލްވާނީ މިއަންނިގެ ސަބަބުން
ފުލުހުންނާ ތަޅަން ނިކުންނަށް ގޮވިމީހުންނަށް ކުރަންވީ ކީއްބާ؟
ފިޔަވަލުއަޅަން ވިީތަޅަާނެނިީހުން ހޯދަންބުނިމިީހަާ ؟