ރަށު އުފެއްދުންތަކާއި ވިޔަފާރިަތއް މިނިވަންކޮށް، ފަސޭހަ ކަމާއެކު ބެލެހެއްޓޭނެ އޮންލައިން ނިޒާމެއް ގާއިމުކުރުމަށް ގޮވާލާ ގަރާރު މަޖިލީހުން ބަލައިގެންފި އެވެ.

މި ގަރާރު މަޖިލީހުން 73 މެމްބަރުންގެ ވޯޓުން ބަލައިގެންފައިވާއިރު މި ގަރާރު ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސާދު ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

މި ގަރާރަކީ ރަށު އުފެއްދުންތަކާއި ވިޔަފާރިތައް މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނެސް ރައްޔިތުންނާއި ސަރުކާރުގެ ވިޔަފާރި އިދާރާތަކާއި ފަސޭހައިން ގުޅުވައިދީ އެކަން ބެލެހެއްޓޭނެ އޮންލައިން ނިޒާމެއް ގާޢިމް ކުރުމަށް ގޮވާލާ ގަރާރެކެވެ.

މި ގަރާރުގެ ސަބަބުން ދައުލަތުގެ އިދާރާތަކަށް ވިޔަފާރި ކުރާ ތަންތަނުން ލިބެންޖެހޭ ފައިސާ ބަރާބަރަށް ނުލިބި ހުރަސްތަކާއި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ އިލެކްޓްރޯނިކް ނިޒާމް ގާއިމްވެފައި ނެތުމުން ރައްޔިތުންނަށ ްލިބެމުންދާ ގެްލުން އެހގިގެންދާނެ އެވެ.

ހުރިހާ ރަށްތަކަކީ ބޭންކިންގެ ޚިދުމަތް ފަސޭހައިން ލިބޭ ރަށްތަކަށްނުވުމާއެކު ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދެއްދި އެތަކެއް ޖޫރިމަނާތައް އަރާ އިގްތިސާދު ލަސްވުމުން ރައްޔިތުންނަށާއި ގައުމަށް ލިބޭ ގެއްލުން މި ގަރާރުގެ ސަބަބުން ކުޑަކޮށްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    ބޭކާރު ކަންތައް. ނުކޮށް ރާއްޖޭން ބޭރަށް ރާއްޖޭގެ މުދާ ވިއްކޭ ގޮތަށް މަގު ފަހި ކޮށްދޭންވީ. ޕޭޕަލް އެއްބަސް ވާ ގޮތަށް ވިޔަފާރި ކުރާ މީހާ ޔަށް ސަލާމަތްކކަން ގެރެންޓީ ވާގޮތަށް މާލީ ޤާނޫނު އިސްލާހު ކޮށް ޕޭޕަލް ގެ މަނީ ރިސީވިންގް ރާއްޖެ އަށް ލިބޭނެ ގޮތް ހެދީމަ އޮންލައިން ކޮށް ރާއްޖޭގެ ކުދި ވިޔަފާރި ތައް ދުނިޔެ އަށް ހުޅުވިގެންދާނެ