ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ މަގާމަށް އައްޔަން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަން ދިރާސާކުރުމަށްފަހު އަނބުރާ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
މި މަގާމަށް އައްޔަންކޮށްދިނުމަށް ރައީސް ސޯލިހް ފޮނުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައިދުގެ ނަމާއި އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ ނަމެވެ.
މި ދެނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފޮނުވުމުން އެ ރިޕޯޓު އަނބުރާ ފޮނުވާފައިވަނީ އެ ކޮމިޓީއަށް ފެންނަ ގޮތެއް އެ ރިޕޯޓުގައި ހިމަނާފައިނުވާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވީ މި ރިޕޯޓުގައި އެ ކޮމިޓީއަށް ފެންނަ ގޮތެއް ހިމަނާފައިވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ރިޕޯޓުގައި ހަމައެކަނި އޮތީ ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މަސައްކަތް ރަނގަޅަށް ކުރައްވާފައި އޮތް ކަން އެކަނި ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީއެއް ފެންނަ ގޮތެއް ހިމެނުމަށް އަނބުރާ އެ ރިޕޯޓު ފޮނުވުމަށް ނިންމެވީ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެންޑް" ކޮށްފައިވަނީ ފާތިމަތު ދިޔާނާ ސައީދާއި، މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ. މަހާޒް އާއި ދިޔާނާގެ ނަން، ރައީސް ސޯލިހް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ ދެ ބޭފުޅުންގެ ނަން ފޮނުވާ، ރައީސް ސޯލިހް މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސް ސޯލިހް އަށް ފޮނުވާފައިވާ ނަންފުޅުތަކުގެ ތެރެއިން ގދ. މަޑަވެލި މޭނާ، މަހާޒް އަލީ ޒާހިރު އާއި ސ. ހުޅުދޫ ގޯރަން ވިލާ ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ސޯލިހް އަށް ފެންނަ ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ހުށަހަޅުވައި ދެއްވާ މަޖިލީހުން ނިންމެވި ގޮތް އެންގެވުން އެދޭކަމަށްވެސް ރައީސް ސޯލިހުގެ ސިޓީފުޅުގައި ވެއެވެ.
މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާފައެވެ. ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ.
ދިޔާނާ އާއި މަހާޒުގެ ނަން އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި
19 މިނެޓް ކުރިން ( އޮކްޓޯބަރ 22, 2019 )
ކުރީފަހަރު މަޖްލިހަށް ދިޔާނާ ހާޒިރުވީ ބުރުގާ ފޮތިން ހެދުން ލައިގެން
މިފަހަރު ސްޕްރިމް ކޯޓަށް ހާޒިރު ވާނީ ކޮންކަހަލަ ފޮއްޗަކުން ހެދުންލައި
ދެންބާ؟ އޮރިޔާން ފަނޑިޔާރުނަށް މަގޭޓެސް އިން ދީގެންނުވާނެ.
حديث: صِنفان من أهل النار لم أرَهما
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((صِنفان من أهل النار لم أرهما: قومٌ معهم سياط كأذناب البقر يضربون بها الناس، ونساء كاسيات عاريات، مميلات مائلات، رؤوسهن كأسنمة البخت المائلة، لا يدخُلْن الجنة، ولا يجدن ريحها، وإن ريحها ليوجد من مسيرة كذا وكذا))؛ رواه مسلم[1]
ތިޔަކޮ މިޓީ އުވާލާ ކަންކުރަންވާގޮތަށް ކަންކުރަން އެގޭބައަކު ތިކޮ މިޓީ އަށް ލެއްވުން ރަގަޅުވާނެ. ވަގުތާއި ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކުޑަކުރެވޭނެ.
ދިޔާނާޔަ އެއްގޮތަކަވެސް ތިކަންދީ ގެންނުވާނެ ކުރީގެ ބަގާވާތްކުރި އެކަކުމި އޮރިޔާަންހާަލުގަ ނާގާބިލް މީ ހެއް...