މިއަދުގެ ސަރުކާރުން ފާޅުގައި ވައްކަން ކުރަމުންދާ ކަމަށާއި، އެކަންކަމާ ގުޅިގެން މިހާރު ހުންނަން ޖެހެނީ ބޯވަތަށް ޖަހައިގެން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ އަދުގެ ސަރުކާރުން ފާޅުގައި ކުރާ ވައްކަންތަކާ ހުރެ މީސްމީޑިއާގައި ކުރީގެ ސަރުކާރާ ދިމާލަށް ބަސް ބުނަން ކެރިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މީސްމީޑިއާގައި އޭނާގެ ބޯ ވަތަށް ޖަހަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވީ ގުޅީފަޅުގެ ބަނދަރު އެޅުމަށް ސަރުކާރުން ބޭރު ކުންފުންޏަކާ ހަވާލުކުރުމާ ގުޅިގެންނެވެ. އޭނާ ކުރައްވާފައިވާ އިތުރު ޓްވީޓުތަކެއްގައިވަނީ ރައްޔިތުންގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އަކީ އެފަދަ ބޮޑެތި މަޝްރޫއުތައް މާ އަގު ހެޔޮކޮށް ހިންގޭނެ ގާބިލްކަން ލިބި، އެވަރުގެ ބޮޑު މެޝިނަރީތައް ހުރި ކުންފުންޏެއް ކަމަށްވާއިރު އެފަދަ މަޝްރޫއުތައް ބޭރުގެ ކުންފުނިތަކާ ހަވާލުކުރުމަކީ ކޮރަޕްޝަނުގެ ސަބަބުން ވާ ކަމެއް ކަމަށެވެ.

އޭނާ ވަނީީ ގުޅީފަޅުގެ ބަނދަރު ހެދުމަށް ބިން ހިއްކަން ހަވާލުކުރި ބޮސްކާލިސް ކުންފުނިން ސަރުކާރަށް ރިޝްވަރު ދިން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކޮރަޕްޝަން މެދުވެރިކޮށް ރާއްޖޭގެ މަޝްރޫއެއް އެކުންފުނިން ނެގި މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތެދުވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި، އެމަޝްރޫއު ބޮސްކާލިސް މެދުވެރިކޮށް ކުރުން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ މަޝްރޫގެ އެއްބަސްވުމުގައި އެކުންފުޏާއެކު ޕްލޭނިން މިނިސްޓްރީން ސޮއި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މަޝްރޫގެ ދަށުން ގުޅިފަޅުގެ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 53 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ޕްލޭނިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގެ ދަށުން ބިޑަށް ހުޅުވާލައިގެނެއް ނޫނެވެ. އެހެން އެކަން ކޮށްފައިވަނީ އެފަދަ ބޮޑު މަޝްރޫ އަކަށް ހޭދަވާނެ ޖުމްލަ ފައިސާއަށް ވިސްނާފައި ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ސަޒާ

  މުސްތަފާ ކޮބާ ކަމެއްހެން ހީވޭތަ. ޛޮބާ ލަދެއް ނުގަނޭތަ

  39
 2. ދަތްނެތްކުއްޖާ

  އޭސީސީގެ ކުދިންކޮލު ކޮބާ! މިހާރުން މިހާރަށް މި ބިޔަ ބޮޑު ޖަރީމާ ހުއްޓުވައި އިންސާފު ވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށް އަންގާ!

  43
 3. Anonymous

  މިސަރުކާރަކުން ނުކުރާނެ ތިކަހަލަ ކަމެއް. މިއީ ޒީރޯ ޓޮލަރެންސް އިން ޕީއެޗްޑީ އޭ، ދީން ދެކެވާ ލޯބިން މާސްޓަރސް އޭ! ގުޑް ގަވަރނަންސް ހިތުދަސް އޭ!

  41
 4. ފުޅު

  މިސަރުކާރަކުން ނުކުރާނެ ތިކަހަލަ ކަމެއް. މިއީ ޒީރޯ ޓޮލަރެންސް އިން ޕީއެޗްޑީ އޭ، ދީން ދެކެވާ ލޯބިން މާސްޓަރސް އޭ! ގުޑް ގަވަރނަންސް ހިތުދަސް އޭ!

  19
 5. ޢަބްދުއްލާ

  މިސަރުކާރުން ވައްކަން އެބަ ކުރޭ، މިހިރީ ލަދުން ބޯވަތަށް ޖެހިފަ: މުސްތަފާ

  33 މިނެޓް ކުރިން ( އޮކްޓޯބަރ 22, 2019 )

  މީނާ އަކީ މިސަރުކާރު ގެންނަން ވަރަށް ހިއްވަރު ދިން މީހެއް.

  الحمد لله والشكر لله މިވެރިންގެ އަނގައިން މިވެރިން ފަލީހަތް ކުރެއްވި ތަންފެނުނީތީ.

  35
 6. އެޅަބެއްޔާ

  އެހެންވީމަ މާލިއްޔަތު ގާނޫނު އެއީ ބޭކާރު އެއްޗެއްނުން ދެން އަނެއްކާ މިހާރު މިފެންނަނީ އޭސީސީ އަބަދު ނިދާފަ އޮންނަތަން.

  30
  1
 7. ސަންތިމަރިޔަބު

  ތި އަދަދަކީ ރާއްޖޭގާއި ހުރިނަމަ ހުރިފަޅެއް ހިއްކާލެވޭހާ ފައިސާއި. މިފަހަރު ފޯނުބިލް ކިހާވަރަކުން ދާނެބާ ހަމަހިނިއަންނަނީ

  27
 8. ހުސޭނުބޭ

  ވަރަށް ފައްކާ! އެއްވަގު އަނއްވަގަށް ދަމާކައިފައި އެތިކޮޅެއް ނުލިބުމުން ވަގަށްވެސް ގޮވަން ފަށައިފި!

  22
 9. ގައުމުގެ ދޫ

  އަބަދުވެސް އިވެނީ ރާއްޖޭގެ މީހުން، ރާއްޖޭގެ ކުންފުނިތައް ބާކީކުރާ ވާހަކަ އެވެސް މި ލޮބުވެތި ދިވެހި ފަސްގަނޑުގައި. އެހެން އެކަން ވެގެން ނުވާނެ އަދި ފުރުސަތު ދެވިގެންވެސް ނުވާނެ. ކުރީގެ ރައީސް ޔާމީނަކީ ގައުމަށް އިސްކަން ދެއްވި ވެރިއެއް.

  29
 10. Anonymous

  މިސަ ރުކާ ރުން ކު ރާ ހު ރިހާކަމެއް ރައްޔިތުން މިދަނީ މޮނީޓަ ރ ކު ރަމުން، މުސްޠަފާ އަށް ކި ރިޔާ ރޭކާލީ.

  23
 11. ހިސެން

  2008 އެއްގޮތައް ކެނަ ރީ އާއިލާއިން ދައުލަތް ދަވަމުން، ދީންވެސް ނެތްއެއްޗަކައް ހަދައިފި.

  28
 12. ބުރޯ

  މުސްތަފާބޭ މިއީ ކުރިންވެސް ބިޑަކާނުލާ ގުޅީފަޅު ހިއްކަން ހަވާލުކުރި ނަސީދުގެ ބޭބެއާ ގުޅުން އޮންނަ ބޮސްކާލިސްއޭ .

  24
 13. މުހަންމަދު.

  މަހާ ޖައްރާފު ބާދަގަޑަށް އަވަހަށް އިންޑިޔާ އަށް ވިއްކާލާ.

  20
 14. ދެލި

  މި ސޮރު ކޮންތާކު އޮވެފަ މި ނިކުތީ؟؟ ދެން މި ކަންތަކާ ލައި ގަތީ އޭ ބޯ ހަލާކު

  14
 15. ރެކިފުތާ

  ބޭބެ ދަންނަމުތަ ލަދުގަންނަން؟

  19
 16. މިގޭ

  އައުގޮތަކަށް ވައްކަން ކުރުން އާއްމުވީމާ ދެން ގަންނަނީ ލަދުތަ!

  11
 17. ޝާން

  މުޅިންވެސް މިކަހަލަ ކަންކަން. ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ނުދޭނެކަމަށް އިބޫ އާއި ނަހުލާ އަދި އެމްއޭސިއެލް އިން ބުނެ ދޮގުހަދާފަ އެތަންއޮތީ ޓިއެމްއޭ އަށް ދިނުމަށް ނިންމާފަ. ފެބުރުއަރީ މަހު އެތަން ހަވާލުކުރާނެ. އެއީ ސަރުކާރަށް މަހަކު ބިލިއަނަކަށްވުރެ އިތުރަށް ފައިސާ ލިބެން އޮތްތަނެއް، އޮޑިޓަރުން ވަނީމަ އޮޅުވާލަން ބުނީ ޓީއެމްއޭ އިމާރާތް ތަކަށް ބަދަލު ނުދީ އެމީހުންނަށް ދީފަ އޮތް ކޮންމެ އަކަފޫޓަކަށް ފޫޓެއްގެ ގޮތުންދިނީއޭ. ބަލަގަ މިއީ 66 މިލިއަން ޑޮލަރުގެ ލޯން ނަގައިގެން ހެދިތަނެކޭ. މިވާހަކަ ލިޔަން ކެރޭބަޔަކުނެތް.

  12
 18. ހުވަދޫ ޑޮކް

  މިއޮތީވާ ގަދަ ސަރުކާރެއް !! ވެރިކަމަށް އަންނަށް ކެންޕެއިން ކުރަމުން ދިޔައިރު ގަދަފަދަ ވަޢުދަތަކެއް ރައްޔިތުންނަށް ހަމައަށް ތިލަކުރަމުން ގެންދިޔަ! އެ ވަޢުދުތަށްވެގެން ދިޔައީ ރައްޔިތުން ނުހަނު ގަޔާވި އަދި ސަރުކާރަކާއި މެދު ކުރަމުންގެންދިޔަ އުންމީދު އެތައް ގުނަޔަކަށް އިތުރު ކުރުވިކަމަކަށް !އަތްފޯރާފަށުގައި ބޯހިޔާވަހިކަން ! ނަޒާހަތްތެރިކަން! ޢިޖްތިމާއީ ޢަދާލަަތުގެ ރައްކާތެރިކަން! މިނިވަން ވޭޖް! ރައްޔިތުންނަށް ހައްޤުވާ މިންވަރު! ކަރަޕްޝަނާއި ފަސާދައިން ޤަޢުމު ސަލާމަތް ކުރުން ! ނަޒާހަތްތެރި ދިރިއުޅުމެއް! ގޮތްނޭނގޭ މަރުތައް ތަޚްޤީޤުކޮށް އާއިލާތަކަށް އިންސާފް ކަށަވަރު ކޮށްދިނުން! ރައްޔިތުންނަށް ސިއްޚީ ދުޅަހެޔޮކަން ކަށަވަރު ކޮށްދިނުން!! އަދި މާތްވެގެންވާ އިސްލާމްދީނުގެ ވަޙުދަތު މި ޤަޢުމުގައި ދެމެހެއްޓުމާއި، އިސްލާމްދީން ބަލިކަށިކުރަން އެއްވެސް ބަޔަކަށް ޖާގަ ނުދީ ދީން ހިމާޔަތްކޮށް ދިނުން !! ނަތީއްޖާއަކަށް ވެގެންދިޔައީ ރައްޔިތުންގެ އުންމީދުތަށް ހާސިލްކުރުމަށްޓަކައި މިޤަޢުމުގެ ޤާނޫނޫ ހަދާ ދަރުބާރު ވެރިކަންކުރާ މައި ޕާޓީގެ މެންބަރުންނާއި އެކު ފުރުލާދިން! އެއްވެސް ، ހަމަ އެއްވެސް ހުރަހެއް ނެތި ރައްޔިތުންނާއި ގުޅުންހުރި ބިލްތައް ރާސްޓަސްލާފައި ފާސްކުރުމަށް ލިބިނު ފުރުޞަތުގެ ބޭނުމެއް ނުހިފި، މަޖިލީހުގެ ވަގުތު ބޭކާރުވެ، މިދަނީ ރައްޔިތުންގެ މާޔޫސްވަމުން !! ކުޑަމިނުން ފުރަތަމަ 100 ދުވަހުތެރޭގައި ފުއްދާނެ ކަމަށް ވި ނުހަނު އާދައިގެ ވަޢުދުތައް ( މިނިވަން ވެޖް ) މި ދިޔައީ ބިލާހަަކަށްވެ ޤާދޫކަލުން ބޭރުވެގެން!! ކަރަޕްޝަނާއި ފަސާދަ ހައްދެއް ނެތި! އިސްލާމް ދީން ނައްތާލުމަށް ސަރުކާރާއި ގުޅުން ހުރި މީހުން އިތުރުވެ، ގަޢުމުގައި ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް !! ޒީރޯ ޓޮލެރެންސް އެއީ ހަމަ ފަޅާލި ބޮޑުކަރަޔަކަށް!! ކަންތައް ބަދަލުވެ މިދަނީ " އުންމީދެއް އޮވެ ރައްޔިތުން ދިން ވޯޓުން ނާއުންމީދާއި މާޔޫސް ކަން " !!! ވައްކަމާއި ކަރަޕްޝަނާއި އެންމެ މަތީ ލެވެލްގައި !!! ކުރީގެ ރައީސްގެ ފަރާތުން މިސަރުކާރުގެ 2 ރައީސުންނަށް ނުހަނު ފައްކާ ސަލާމެވެ!

 19. ކައުންސެލަރު

  ޒީރޯ ޓޯލެރަންސް ދޯ؟ ފުރިހަމައިނގޭ ނޫނޭވާ!
  އަދިމ މިއުޅެނީ އަހަރުނުވެ. ކީކޭދޯ ބުނާނީ

 20. ރަބަރޭ

  ތި އުމުރުގާއި ބޯ ވަތަށް ޖެހިފަ އޮންނާނީ މައްޗަށް ނަގަން ބޭނުމިއްޔާ ޖެހޭނީ ބޭސްކާން

 21. ސަންސެޓް

  ސަރަނގޭމެންގޭ ޓެރަސްމަތިން ފުންމާލާނީއޭ ކިޔައިގެން ބިރުދައްކައިގެން ސަރަނގޭ އަތުން ލާރިގަނޑެއް ދަމައިގަތީކާކުތޯ؟