މާލެ ކައިރީގައި އޮންނަ ގުޅިފަޅާއި ގިރާވަރު ފަޅުން އިތުރަށް ގޯތި ދެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ކ. ގުޅިފަޅުން އިތުރު ބިން ހިއްކަން ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ، އިންސާނަކަށްވީތީ ލިބެންވާ އެތައް އަސާސީ ހައްގަކުން މަހްރޫމް ވެގެން ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ. --- ފޮޓޯ: ރައީސް އޮފީސް

ސާފު ވައިކޮޅެއް އަދި ގުދުރަތީ އަލިކަމެއް ނުލިބި ދިރިއުޅޭ އާއިލާތައް މާލޭގައި އުޅޭއިރު، ތުއްތު ދަރިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ހުސް ބިންކޮޅެއް ނެތިވެސް، މާލޭ ރައްޔިތުން އުޅޭތާ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލީ، މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ތެރެއިން 6،200 ގޯތި ދިނުމަށް ނިންމައި އެ ގޯތިތައް އަންނަ މަހުން ފެށިގެން ހަވާލު ކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅާއި ގިރާވަރު އަދި ހުޅުމާލެ އިން ގޯތި ދޭނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކުން 2،000 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

މިއާ އެކު، މި ބުރުގައި ޖުމްލަ 6،200 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެކުރިން ސަރުކާރުން އިއުލާންކޮށްފައި ވަނީ މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން 5،000 ގޯތި ދިނުމަށެވެ. އެކަމަކު، އިތުރު 1،200 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބެން ދެން މި ލިސްޓު ދެމެހެއްޓުމެވެ. އަދި އެ ފުރުސަތު ދިވެހި ރައްޔިތުން ދީފި ނަމަ، ސަރުކާރުން އެ މަސައްކަތް ކޮށް ވެސް ނިންމާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރުވެސް މިގެންދަނީ މި ގުޅިފަޅާއި ގިރާވަރުން އިތުރަށް ގޯތި ދެވޭނީ ކިހިނެއްތޯ ބަލައި، އެ ޕްލޭން ރާވަމުން." ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    އެ ބަލަނީ ބެޗޭނެ ގޮތެއް އޮތްތޯތަ؟ ނޫނީ އަލީ ވަހީދު ބުނި ކަޅުދަބަސް ފޮރުވޭނެ ޖާގަ ގުޅިފަޅުން ލިބެން އޮތްތޯތަ؟

    35
    1
  2. ދޮން ހަސަނު

    6200 މިބުރުގާ ދޭކަމަށް ވަންޏާ އެއީ ބެލެވޭ ގޮތުގައި ޝަރުތު ހަމަވި އެންމެން. ކޮންމެހެން އިތުރު ދަޢުރެއްދީ ލިސްޓް ދަމަހައްޓާކަން ނުޖެހޭ.

    16
    1
  3. ހަސަނު

    ބަލަންވީ މިފަހަރުގޯތިދީފަތިބި ރާއްޖޭގެ އެންމެ ފަގީރުން ގެ ގޯތިތަށް ނަގާފަ ގަނެވޭ ވަރު ނެތްބިކާރީ މާލެރައްޔިތުންނަށް ދެވޭތޯ...ދޭންވީ ވެސް ހަމަހުޅުމާލެއިން..ކޮންފަދަކަަމެއްމީ މުއްސަނދި މަހުޖަނުންނަށް ގޯތިދިފަ ހުޅުމާލެއިން ހިލޭސާބަހަށް..
    އެއްޗަކަށް އެއްޗެއްހަދާފަތިއޮތީ..މަދެރަވަނީ ރައީސްސޯލިހަށް ލިބެންއޮތްވޯޓުކޮޅުވެސް ތިޔަގޯތިލިސްތަކާހެދި އެދިޔައީގެއްލި..އެކަމާ ވަރަށް ދެރަވޭ...

  4. އުގުރި

    ކަޑުކޮސް

    14
  5. އައްޔަބޭ

    ޗޯރު ކޮއްލެވޭނެ މަގެއް ބަލަނީ

    16
  6. ހަސަނު

    ކާށިދޫ ގާފަރު މިދެރަށުންވެސް ގޯތިދޭންވީނު އެއީވެސް ހަމަ މާލެ ސަރަހައްދު

    17
  7. Anonymous

    މީނައަށް ހީވާކަހަލަ ތަރައްޤީއަކީ އިންތިޚާބާއި ކައިރިވީމާ ގޯތި ބަހާލާފަ ބިން ހިއްކާލާފަ މޮޅެތި ފާލަންތައް އެޅުމޭ
    ބަލަގަ ހެޔޮ ޢަދުލުވެރި ވެރިކަމެއް ކުރަންޏާ ޚުލަފާއުއް ރާޝިދޫން ވެރިކަން ކުރެއްވިގޮތް ދަސްކޮށް އެ މަގުން ހިނގޭތޯ ބަލަންވީ. މީ އިސްލާމް ބިމެއް. މިތާނގާ ތިޔަ ހީކުރާ ވައްތަރަކަށް ވެރިކަމެއް ނުކުރެވޭނެ. ތިޔަގޮތަށްް ވެރިކަން ކުރަން އުޅޭ ބަޔަކަށް ދެނެއް އަހަރުމެން ފުރުސަތެއް ނުދޭނަން.

    14
    2
  8. ހައިރާން

    މަނިކުފާނު ތިޔަ ގެންގުޅުއްވަނީ ޕްލޭން ޕްލޭން ޕްލޭން ހުއްޓާ ނުލާ ކިޔަން ދަންނަ މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ތާކުންތާކު ނުޖެހޭ ކަޑޮކޮސް ހައުސިންގ މިނިސްޓަރ. ހަމަ އަބަދުވެސް އޮންނާނީ ޕްލޭން ޕްލޭން ޕްލޭން ވެފައި.

  9. ނެގުނުކަތީބު

    ވަރަށް ރަނގަޅު ވާހަކައެއް. މިފަހަރު ގޯތިދޭންވާނީ ގެއަށް އަތްވާއި ވައި ލިބޭގޮތަށް ކޮންމެގޯއްޗެއްގެ ވަށައިގެން މަގު އޮންނަގޮތަށް ގެތައް ވަކިވަކިން. އޭރުން ދުވާލު އެއްގޮތަކަށްވެސް ކަރަންޓް ބޭނުންކުރަން ނުޖެހި އަލިކަން ލިބޭނެ. އެއާކޯން ލާކަށް ނުޖެހޭނެ. ދޮރުތައް ހުޅުވާލީމާ ވައިރޯޅި ހުންނާނީ ގޭތެރެއަށޤވަދެވަދެ.

  10. ކޮބަޑި

    މިފަރު މިކަލޭގެ ސަލާމަތެއް ނުވާނެ މަށައްފެނުނު ހުވަފެނެއްމީ ކަލޭ ބަލަންހުންނާތި މީތެދުތޯ ބޮޑު ޗޯރޭ.

    3
    1
  11. Anonymous

    ކަނޑު އަޑިންވެސް ގޯތި ދީ އެތަންތަން ހިތްކޭނެ ކަމައް ބަލައިގެން.

  12. މަހޭ

    މާލޭ އަތޮޅު މާލޭސަރަހައްދަައްވެއްޖެ