ކ.ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފޭސް ދެ އާއި ގުޅިގެން ގުޅިފަޅު ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތައް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައި ދެއްވީ ޖުލައި ދެވަނަ ދުވަހުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގުޅިފަޅު ދެކުނުފަރާތު ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެތީ މިސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުން މިކަމަށް ސަމާލުކަންދީގެން ދަތުރުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އަންގާ ކަމަާށެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ބިޑަކާ ނުލައި ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގައެވެ. ދެ ބިލިއަނެއްހާ ރުފިޔާ މަޝްރޫއަށް ހޭދަވެއެވެ.

ގުޅިފަޅުން ހިއްކާ ބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅީފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއަޒްލީމް

    ގޯތިތައްފެނުންމައްޗައް އަރަނީތަ ؟

  2. ޅާމް

    ގުޅީފަޅުން އޮޔާދާ ބިންތަށް ގިނަކަމުން އުޅަނދު ފަަހަރުތަށްވެސް ސަމާލުވާންވެއްޖެ.. ދެން ގުޅީފަޅުން މާމުއި ފައިބާގަންނަތަން ނުފެނިއްޖެއިޔާ ރަނގަޅު.

  3. ހުސޭނުބޭ

    ފޮޓޯއިން ފެންނަން ތިއޮއް ފުން ކަނޑުއޮޅީގައި ބުރިޖު ތަނބުޖަހާނެ ގޮތެއް ނޭގިގެން މުޅި އިންޑިޔާ ބުރާންތިވެގެން އެ އުޅެނީ!

  4. ޖަޒީރާ

    ގޯއްޗެއްގެ ކަންމުޑީގަ އަޅައިގެންފާނެތީ