ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރީގެ ސަރުކާރުގައި 13 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށްފަހު މިނިވަން ކުރުމަށް ކުރި މަސައްކަތްތަކުގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ނޮޅިވަރަމް ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.

މަޖިލީހުގެ ތަޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ހުށަހެޅި، އެމްއެމްޕީއާރްސީ ހިޔާނާތުގައި ޝާމިލުވާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް ގޮވާލާ ކުއްލި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އޭރުވެސް އަދި މިހާރުވެސް އެންމެ ބޮޑު ފައިދާއެއް ކޮށްފައިވަނިީ އެމްޑީޕީއަށް ކަމަށެވެ.

"މިއަދު ރައްޔިތުން މަޖިލީހުގެ ރައީސަކަށް އިންނެވި ބޭފުޅާ ޖަލުން ނެރެން ވެގެން އެމްއެމްޕީއާރްސީގެ ފައިސާ ހަރަދުކުރީ ކިހާ ވަރަކަށްތޯ. މިކަންތައްތައްވެސް ހިނގާ ބަލައިލަން. އޭރުގެ ޕީޖީ ބިޝާމް ބޭރު ކުރަންވެގެން ކީއްވެގެންތޯ ނުކެރިގެން މަޖިލިސް ރައީސަށް މިއުޅެނީ، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭރު ކުރަންވެގެން ހުށަހެޅީ އޭނަގެ ނަން. ހުށަހެޅީމަ މަޖިލީހުގެ ރައީސް އަޑީގައި ހުރެގެން އޭނަ އެތާ އެބަހައްޓަނީ ކޮން ކަމެއްގަތޯ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ކޮމިޝަނަކާއި މަރާލާާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އުފައްދާފައިވާ ކަމަށެވެ. އަދި އެމައްސަލަ ވެއްދީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަޑީގައި ހުންނަވައިގެން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ އަޑު ކަނޑުވާލަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކުންބޭ

    ތިކަހަލަ މެންބަރުން ގިނަކުރަށްވާށި

    135
    4
  2. އަޙްމަދު

    ވަގުތުން މިނާ މަޖްލީހުގެ ރައިސްކަމުން ވަކިކޮށް ޝަރީޢަތް ހިންގަންޖެހޭ ކަމަށް ދެކެން. މަޖްލީހަކީ ތާހިރު ތަނަކަށް ހަދަންޖެހޭ!

    177
    4
    • ޕާއ

      ރާއްޖޭގެ ޕާޓީ ސިސްޓަމް އުވާނުލާ ހިނދަކު ދުވަހަކުވެސް ތިކަމެއް ނުވާނެ. ކިތަންމެ ހެޔޮލަފާ ވެރިޔަކު ހޮވުނަސް ޕާޓީ ސިސްޓަމް އޮތިއްޔާ ތިކަމެއް ނުވާނެ. ޕާޓީ ސިސްޓަމަކީ ސީދާ ކޮރަޕްޝަނެއް. ބޮޑު ފިތުނައެއް.

      41
  3. މިސާލު

    ތެ ދެއްކަމަށް ވުމަކީވެސް ގާތްކަމެއް. އެމްއެމްޕީއާރުސީގެ ފައިސާ، ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނާއި ސިޔާސީމީހުންގެ ތެރެއިންވެސް ބައެއްމީހުން ބޭނުންހިފިކަމަށް ލިބޭމިޢުލޫމާތަށް ބަލާއިރު ތެ ދެއްކަމަށް ގަބޫލުކުރެވޭ.

    153
  4. މަތީން އަހުމަދު

    މިވާހަކަ ވ ރަގަޅު ތެ ދު ، ތިތާކުއެހެން ބައެއްގެ އަޑެއްނެތެއްނޫ، ބުރުމާ ޤާސިމްމެން އެތިބީ އަފިހުންކައިގެންތަ އެއްވެސް އެއްޗެއްނުބުނެވިފައި

    132
    2
  5. ޓަކަފިރޯށި

    މިހާ ރު ކޮބައިތަ އެއްކަލަ ޓް ރާންސްޕޭ ރެންސީމެން ވާނުވާގަ ތިބޭ ނަވާނަވައި ގުނބޯތައް.

    113
  6. ާާފާ

    ދެން ތިއުޅެނީ އަތަށް ގޮވަން

    87
    1
  7. ގލޅ

    އެންމެފުރަތަމަ ހައްޔަރުކޮށް އުމުރަށް ކަސްތަޅު އަލާންޖެހޭ މީހަކީ ކެނެރީގެ ނަސީދެވެ އޭނައަށްވުރެ ބޮޑު ކުށްވެރިއެއް މިހާތަނަށް ރާއްޖެދެކެފައި ނުވެއެވެ އެކުށްތަކުންސަލާމަތްވެ
    އިންތިހާ ދަރަޖާގެ އާރާއި ބާރުގައި އޭނާ އެހުންނަނީ އޭނާގެ
    މުއްސަދިކަމުގެ ސަބުބުންނެވެ އެފައިސާ އޭނާހޯދަނީ ދިވެހިން
    ބަދުނާމުކޮށް ރާއްޖޭގެ ސަގާފަތާއި ދީން ވިއްކައިގެންނެވެ
    އަދި ސަރުކާރު ތެރެއިން މަކަރާއި ހީލަތުންނެވެ އޭނާގެ އަތެއްނުވާ އޮއްޓަރެއް ހުރި އެއްވެސް ކުށެއް ރާއްޖޭގައި ނުހިނގާނެއެވެ.

    121
    4
  8. ނައިންޓީ

    ނޮޅިވަރަމް ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު އައްސަރިބަހާ ސާބަހޭ! ތިޔައީ ބޮޑުތިލަދުންމަތީ ދަރިއެއް.. ނަމަ ނަމަ އިނގޭތޯ ނަމަ ނަމަ ކޮރަޕްޝަނުގައި ނުޖެހޭތި.. ތިގޮތަށް ބަސްބުނެވޭނީ އޭގަ ނުޖެހި ހުރީމަ.. ކޮރަޕްޝަނުގަ ހަމަ ޖެހުނީ ތިޔަ އަނގަ ބަނދުވީ .. ސަމާލް! ވަރަށް ސަލާމް

    112
    1
  9. ނިކަމެތި އަޅާ

    ނަސީދު ގޭބަންދުގާ ބަހައްޓައިގެން އަދީބު ކިތައްފަހަރު ނަސީދާ ބައްދަލުކުރި . ދިނީ ކޯންޗެއް ދެއްކީ ކޮންވާހަކައެއް؟؟؟؟؟

    22
    1
  10. ނުނނު

    އެހެންތަ ؟ މިހާރު ޕީޕީއެމް އަދި ޕީއެންސީ ބޭފުޅުން ފައިސާގަ ނުޖެހޭދޯ.............

    2
    35
  11. ބިރު ނުދަށްކާ،

    ހައްޔަރު ކުރީވެސް ގާނޫނާ ޙިލާފައް ދެން ކޮންމެގޮތަކަށް ސަލާމަތްވިޔަސް ކީއްކުރެވޭނީ.

    3
    55
    • ގްރީސް

      ހައްޔަރުކުރީ ގާޒީ އެއްވަގައްނަގައިގެން، މޮޔަނުވޭ.

      39
      1
  12. ބިންގޯ

    ހަމަގައިމުވެސް ތިޔަކިޔާ ހިޔާނާތުގެ ލޯ ލާރިއެއްވެސް މިރާއްޖޭގެ ނިކަމެއްޗެއްގެ ޖީބަކަށް ވަދެފައެއްނުވާނެ. ބައިއެޅިފަހުންނާނީ މިރާއްޖޭގެ ސިޔާސީމީހުންނާ އަދި ފައިސާވެރިން ނަށް.

    27
  13. މިލިއަނަރު

    ރަނގަޅައްވިއްޔާ އެލާރިންކަންނޭންގެ ފަސްއަނހަރުދުވަހު މަސައްކަތްނުކޮއްހުރެ މަހުޖަނަކައްވީ

    13
  14. ނާދިރާ

    ރިޝްވަތުދީގެން

  15. އައިން

    ނޮޅިވަރަމް ދާއިރާގެ މެމްބަރު ހަމަހެނެއް ހިއެއްނުވޭ. އަތޮޅުތެރޭގައި ބަނޑު ހައިހޫނުކަމުގައި ދުވަސްތައް ވޭތުކުރަމުންދާ ގިނަމީހުން މިއަދާއި ޖެހެންދެން ލައިގެން ކާނެ އެއްޗެހި ހޯދަމުންދިޔައީ އެމް އެމް ޕީ އާރުސީގެ ޚިޔާނާތުގެ ފައިސާއިންކަމަށްވެސް މީނަ ބުނެފާނެ. އަނެއްކާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ގޮނޑި ކާމިޔާބު ކުރަން ޚަރަދުކުރީ އެފައިސާއަކުން ނޫންބާ؟

    1
    8
  16. މިގޭ

    ނޮޅިވަރަމް ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު އައްސަރިބަހާ ސާބަހޭ! ތިޔައީ ހައްގަށް ވާހަކަ ދައްކާތި މަމެން ހިއްވަރުދެން. ކަފަރުން ރިޕޯރޓްގެ ފޯކަސް ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓޫވިޔ ނުދޭތި.

  17. މުހަންމަދު.

    ތި ކޮރަޕްޝަން ފައިސާއިން 12 މެމްބަރުން ގަތީ، 1 ފެބްރުއަރީ ގެ އަމުރުނެރެން، ދެން ކީކޭ ބުނާނީ، މި ސަރުކާރު ގެންނަން އެންމެ ބޮޑު ޚަރަދެއް ކުރީ ތި ބުނާ ކޮރަޕްޝަން ފައިސާ އިން ކަމީ އެންމެން ދަންނަ ބޮޑު ސިއްރު.