އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކުއިވެލަންޓް އިންސްޓިޓިއުޝަންސް (އޭއޭސީސީއީއައި) ގެ ދަޢުވަތު ޤަބޫލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ އެސޯޝިއޭޝަންގައި ބައިވެރިވެއްޖެއެވެ.

އޭއޭސީސީއީއައިގެ މެންބަރުކަން އެ އެސޯސިއޭޝަންގެ ފަރާތުން ބަލައިގެންފައިވަނީ މި ނޮވެންބަރ މަހުގެ 3 އިން 8 އާހަމައަށް ކުރިއަށްދާ "ދަ ތާރޑް އިންޑޮނީޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓު އިންޓަނޭޝަނަލް ސިންޕޯޒިއަމް 2019 (އައި.ސީ.ސީ.އައި.އެސް. 2019) ޝޯޓް ކޯސް އެންޑް ކޯލް ފޮރ ޕޭޕަރ" ގެ ތެރެއިން، 03 ނޮވެންބަރު 2019 ވަނަ ދުވަހު ކުރިއަށް އޭއޭސީސީއީއައިގެ ބޯޑް މެންބަރުންގެ ބައްދަލުވުމުގައި، އެ އެސޯސިއޭޝަންގެ މެންބަރު ހުރިހާ ޤައުމެއްގެ ތާއީދާއެކުއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން މި ބައްދަލުވުމަށް ހުށަހަޅަން ޖެހޭ ރިމާކްސް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ ބަދަލުގައި ހެޑް އޮފް ޑެލިގޭޝަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއެވެ.

މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދުސްތޫރީ މައްސަލަތައް ބެލުމުގައާއި، ވަކިން ޚާއްޞަކޮށް އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގައާއި ނެގެހެއްޓުމުގައި އޭ.އޭ.ސީ.ސީ.އީ.އައި.ގެ މެންބަރު ޤައުމުތަކުގެ ތަޖުރިބާތަކަކީ ދިވެހިރާއްޖެއިން ފިލާވަޅު ލިބިގަނެވޭނެ އަދި ރާއްޖެއަށް ފައިދާކުރާނެ ތަޖުރިބާތަކެއްކަމުގައި ފާހަގަކުރެއްވި ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

މީގެ އިތުރުން، 04 ނޮވެންބަރު 2019 ވަނަ ދުވަހު ކުރިއަށްދިޔަ އޭއޭސީސީއީއައި 2019 ގައިވެސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ކޮންފަރެންސްގެ މައުޟޫޢު "ކޮންސްޓިޓިއުޝަނަލް ކޯޓް އެންޑް ދަ ޕްރޮޓެކްޝަން އޮފް ސޯޝަލް އެންޑް އިކޮނޮމިކް ރައިޓްސް" އާ ގުޅިގެން، ދިވެހިރާއްޖޭގެ ދުސްތޫރުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ތަރުތީބުވެގެންވާ ގޮތާއި، އެޙައްޤުތައް މާނަކުރުމުގެ އުޞޫލުތަކުގެ މައްޗަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަލިއަޅުވާލެއްވި ކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދެއްވައެވެ.

އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ މިބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އާއި އެސިސްޓެންޓް ލީގަލް އޮފިސަރ މަރްޔަމް ރައުޙާ އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ޙައްވާ މުޙައްމަދު ވަޙީދު އަދި ކޯޓު މާސްޓަރ އަޙްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޝަފީއު

  ތިޔަ ފޮޓޯގަ އެތިބީ ރާއްޖޭގެ ޖުޑީޝިއަރީ އަދި ޖަސްޓިސްގެ ހަލާކު. ހައިލުވެތިބެ މިވެރީން ހުކުމް ކޮއް ނިންމާއިރު އިސްލާމީ ޝަރީއަތުގަ އެއޮތީ ކޮޅުފައިން ޖަހާފަ. ދެން ގައުމަށާއި ދީނައް ކޮން ނަސްރެއް ދެ ދުނިޔޭން ކުރެ ދުނިޔެއަކުން ލިބޭނަކަމުގެ އުންމީދެއްތަ ކުރަންވީ. ރާއްޖެ ސަލާމަތްވާނީ މިތިބަ ލާދީނީ މުނާފިގު ވެރީން ފޮހެލެވިގެން.

  18
  1
  • ޕީޖޭ

   ވ ރަގަޅު ވާހަކައެއް..

 2. އަޖުނާދު

  ރާއްޖެ ތަމްސީލުކުރަން ތީނި ހަޑިގިއްލާއެއް ފޮނުވައިފަ. ތީ އެމްޑީއެންގެ މީހެއް. މުޅިގައުމަށް އިސްލާމް ދީނަށް ހުރި ނުރައްކަލެއްގެ ގޮތުގަ އަހަންނަށް އޭނަ ސިފަކުރެވެނި.