ރާއްޖޭގެ ކޯޓުތަކުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ އެހެން މުވައްޒަފުންނަށް އިންޑިއާގައި ހާއްސަ ތަމްރީންތަކެއް ދޭން ނިންމައިފިއެވެ.
އިންޑިއާ އިން ރާއްޖޭގެ ޝަރުޢީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރުމަށް ދެގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއި ކުރަން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ. އެ އެމްއޯޔޫގައި ސޮއި ކުރުމުގެ ހުއްދަ އިއްޔެ އޮތް އިންޑިއާގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ އެގައުމުގެ ސަރުކާރަށް ދީފައެވެ. ނަމަވެސް އެމްއޯޔޫގައި ސޮއި ކުރާނެ ސީދާ ތާރީޚެއް އަދި އެއްވެސް ފަރާތަކުން އިއުލާނެއް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖޭގެ ޝަރުޢީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރުމަށް ތައްޔާރުވަމުން ދާއިރު ޝަރުޢީ ދާއިރާ އިސްލާހް ކުރުމަކީ ވެރިކަންކުރާ އެމްޑީޕީގެ ވަރަށް މުހިއްމު ވައުދެކެވެ. އެވައުދުގެ ތެރޭގައި ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން އިތުރަށް ތަމްރީން ކުރުން ވެސް ހިމެނެއެވެ.
ރާއްޖޭގެ ފަނޑިޔާރުންގެ ފެންވަރު މަތިކުރުމަށް އިތުރު ތަމްރީން ދިނުމަށް އިންޑިއާ އާއި އެކު ސޮއި ކުރަން ތައްޔާރުވަމުން ދާއިރު ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ޤާނޫނުގައި އޮތް މުއްދަތު ފަހަނައަޅައިގެން ގޮސްފައި ވާއިރު ވެސް އެކަން އޮތީ ނުކުރެވިއެވެ.
ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ގާބިލްކަން ވަޒަންކޮށް އެއްވެސް ފަނޑިޔާރެއް އިސްތިސްނާ ކުރުމެއްނެތި ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް މިޑިޔަ ޖޫން މަހު ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިއެވެ. ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދާނެ ކަމަށް ޖޫން މަހު ޖޭއެސްސީ އިން ވިދާޅުވި ނަމަވެސް އޭގެ ފަހުން ފަނޑިޔާރުންގެ ފެންވަރު ބެލުމާއި ބެހޭ ގޮތުން ޖޭއެސްސީ އިން އެއްވެސް ވާހަކައެއް ނުދައްކައެވެ.
އިސްލާމީ ޝަރީޢަތް އެންމެ މޮޅަށް ދަންނަނީ މޯދީ އުތަ؟
ތިމިގައުމް މިހާރައްވުރެވެސް ބޮޑައް ހަލާކްވީ އިންޑިޔާ އަކީ މިދުނިއޭގަ އޮތް އެއްމެ ކޮރަޕްޓް ގައުމް. ތީ ކެނެރީ ދާއްބަގެ ދުރުވިސްނުންދޯ ނަސީދުގެބަލާ ބޮޑުވާނެ މިއުޅޭ ހާހެއްހާ ޅަމީދަލައްވުރެން މިނަސީދުގެ ކިބައިން
ﷲ މިގައުމް ސަޅާމަތް ކުރައްވާށިއެވެ އާމީން
ތިޔައުޅުއްވަނީ ރިސްވަތުދީގެން ކަނަކަންނިންމަން ތީ ދުނިޔޭގަވެސް އެންމެ ބޮޑު ރިސްވަތުދޭ އަދި ހިފާ ގައުމު މި ރާއްޖޭގެ ދުވަސް ތިދިޔައީ ތިމީހުންގެ އަތްދަށުވެއްޖިއްޔްޔާ ކޮބާތަ ގާސިމާ މައުމޫނު ތާހިރުވެއްޖެ ތި ވަނީ ދެ ގައްދާރުންނައް ތިދެމީހުން މި ދައުމު ތިޔާ ފަސާދަކުރަން ޖާގަދިނީ ....
ޢއިނގިރޭސި ވިލާތް ރަނގަޅުވާނީ އޭގެތެރޭ އަންނިވެސް ދާންޖެހޭނެ..
ތީ ކޮއްމެހެން ކުރަންޖެހޭ ކަމެއް އޭރުން ގެރި ކަތުލުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ
ކަމެއް ކަން ތަމްރީން ހެދި ހުރިހާ ގާޒީން ނަށް ދަސްވާނެ.
ހިނދޫން ގެ ކާފަރު ދީންނުގެ ޝަރީއަތް ކިޔަވަންތަ
ތި ނޫން ގައުމެއް ނުލިބުނީ ތަ؟
ރާއްޖެ ލާދީނީކުރަނީ ، ދިވެޙިން ހަނު.
ދިވެހިންގެ ޒަމާން ތިޔަ ދިޔައީ!
ލާދީނީ ފިކުރު އިސްލާމީ ސަރީއާ މަނާކުރާ ބަޔަކާއެކީ ތަމްރީނު ހަދަނީ ކޮންކަމެއް ހާސިލްކުރަން. ދިވެހިންނޭ. ދިވެހިންނޭ. ހޭލާކަށް ނުވޭތަ
އިސްލާމީ ޝާރިޢަތް ކިޔަވަން އެންމެ ރަނގަޅު ވާނީ އިންޑިޔާ އާއި އިޒްރޭލް!!!
ޢިސްލާމީގައުމެއްގެ ފަޑިޔާރުން ތަމުރީނު ކުރަން އެއްމެ ރަގަޅު ގައުމުތީ ވަރައް އަވަހައް ގެރިއަށް ހުކުމް ކުރަން ދަސްވާނެ
ރިހަ އިންޑިޔާ...
މިހާރުވެސް އިންޑިޔާ ފަނޑިޔާރުން ފުލުހުންނަށް ދުއްޕާންކޮށް ހަޅުތާލުކުރަނީ...
ބަގާވާތެއް ސާބިތެއް ނުވާނެދޯ
އެންމެ ކޮރަޓް ގައުމުގަ ކުރީމަ ރަގަޅުވާނީ
ވ.ރަނގަޅުވާނެ..ދެންއިވޭނީ އިންޑިޔާ އިން ދިވެހިންނަށް ހިލޭ ބިންދޫ ކުރާ ވާހަ ކަ...ނި ކަންހެގޮވާނެ... ހަހަހަހަހަ
ވަރަށް ގިނަ ފަނޑިޔާރުން ތިކަމުގައި ދެކޮލުވާނެކަން ޔަޤީން. ސަބަބަކީ ގިނަ ފަނޑިޔާރުންނަކީ އިގިރޭސި ބަހުން ދެ ލަފްޒެއް ބުނެލަން އަދި ލިއެ ލަން ވެސް ނޭގޭނެހާ ފެންވަރު ދަށް ފަނޑިޔާރުން ކަމުގައި ދެކޭވާހަކަ ދަންނަވަން. މިކަމުގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތި ވާނޭކަން ޔަޤީން.
ޔާﷲ މިޤައުމުގެ ފަނޑިޔާރުންނަށް އިބަ އިލާހު ހަތް އުޑުމަތިން ބާވާލެއްވި ފޮތުގައިވާ ގޮތަށް ޢަދުލަށް ޙުކުމް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ. އާމީން ޣައިރު މުސްލިމުންގެ އަވާގައި ޖެހި އިސްލާމްދީނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ޢަދުލުގެ ނިޒާމް ފުޑާނުލައްވާ. މުސްލިމުންނަށް ވުރެ އެމީހުން ގެ ކުރިމަތީ ގެރިވެސް މާ ހުރުމަތްތެރި އެއްޗަކަށް ހަދައިގެން އުޅޭބައެއް އެއީ. ކީރިތި ޤުރުއާނާއި ޙަދީޘަށް ވުރެ ރަނގަޅު މަގެއް ވާކަމަށް މުސްލިމުން ޤަބޫލުކޮށްގެން ނުވާނެ. ފަޑިޔާރުން
ﷲ ގެ ފޮތަށް ޢަމަލު ކުރަން ފަސްނުޖެހޭ.މިއީ މިނިވަން މުސްތަޤިއްލު އިސްލާމީ ދައުލަތެއް
ގެރި ތަކަށް ހުރި ބޮޑު އުފަލެށް
އަންދާ ގާނޫން
މާތް ކަލާކޯ؟ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ކޮރަޕްޓް ގައުމު ތީ
އިންޑިޔާ އަކީ އެމީހުންގެ ޤާނޫނާއި އެއްގޮތަށް ޝަރީޢަތް ކުރުމުގައި ލާމަސީލު ގައުމެއް. ޢެއީ ވަޟަޢީ ޤާނޫން. ދިވެހި ރާއްޖޭގައިވެސް އޮތީ އިސްލާމީ އަދި ޥަޟަޢީ މަސްހުނި ކުރުމެއް. މީގަ ޤަބޫލު ކުރަން ޖެހެނީ ތަޖުރިބާ އިންޑިޔާ އިންވެސް ހޯދޭނެކަން. ކަންކުރާ އުޞޫލު ދަސްކުރެވޭނެކަން. ކުރިއެރުން ލިބޭނެކަމަށް ޤަބޫލު ކުރަން ޖެހޭ.