ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވަހެއް މިނިސްޓަރ އައިޝަތު އަލީ އަށް ނޭންގުމުން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިނިސްޓަރ އައިޝަތަށް ދޭންވީ "އޭ ސްޓާ" ނޫން ކަމަށާއި އޭނާ ފޮނުވަންވީ "ހަނދަށް" ކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވެހެއް އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވީ އިއްޔެ މަޖިލީހަށް ހާޒިރުކޮށް އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

މިނިސްޓަރ ވިދާޅުވީ ދުވަހެއް އެނގިވަޑައި ނުގެންނެވި ނަމަވެސް "ވަރަށް އަވަހަށް" ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ކަމަށެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެކަން ކުރައްވާނީ "ހަމަހަމަ" އޮނިގަނޑެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މުސާރަ ބޮޑުކުރުމަކީ ޕޭކޮމިޝަނުން ކަމަށާއި އެކަން "ވަރަށް އަވަހަށް" ކުރެވިގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަންނަ އަހަރު ޓީޗަރުން އިތުރުކުރުމަށް ޕްރޮގްރާމްތަކެއް ރޭވިފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެޕްރޮގްރާމްގެ ދަށުން ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަރު ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިއްޔެ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރިމަތި ކުރެއްވި ސުވާލްތަކަށް ތަފްސީލް އަދި ފުރިހަމަކޮށް ޖަވާބު ދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އޭނާ އަށް "އޭ ސްޓާ" އެއް ދެއްވާ ކަމަށެވެ. މިއީ މިނިސްޓަރަކު ދެއްވި ޖަވާބައް ފާޅުގައި އެމަނިކުފާނު ތައުރީފް ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނަޝީދު ވިދާޅުވީ މިނިސްޓަރ ގެ ޖަވާބުތަކަށް ބައްލަވާފައި އެ މިނިސްޓްރީގެ މަސައްކަތްތަކަށް އިތުބާރު ކުރައްވާ ކަމަށެވެ. އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އުފާފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ??

    އިރަށް ފޮނުވަންވީ ނޫންތަ؟؟

    23
  2. އައްޑޫ. ސީ.ދި.ބި.ޑާ

    ފޮނުނާރުވާ ސުޖާ ދާންވީނުން މިނިސްޓަރ އެކު މާމުއި ޓައްޕެ ގަނެގެން ހަނދަށް

    9
    26
  3. މަގޭ ޚިޔާލު

    އެހެންނު ވާނީ މިސަރުކާރުގައި ވެރިކަމުގެ ފުރަތަމަ 100 ދުވަހަށްވެސް ވީގޮތެއް ނޭނގުނު. އެހެންވީމާ، އެމަންޖެއަށް ހިސާބުޖަހައިދޭން އެމަންޖެ ގާތަށް އަދުރޭ ފޮނުވަދޭންވީއެއްނު.

    12
    14
  4. ހެއު

    ސުޖާތިބުނީ ރަގަޅުވާހަކައެއް .މަޖިލީހުގަ ހެދިދޮހު ނިކަންބަލާބަލަ މިނިސްޓަރު ބަލަ އެއްދަންފަޅިއައް ކިޔެވުން ބަދަލްކޮއްފަ ބަންދުދުވަސްތަކުގަ އާއި ވަގުތުތަކުގަ ނިކުމެ ކުދިން ސްކޫލައް ނުގެނައުމައް އަންގާފަ ދެން ތިޔަބުނަނީ ޓީޗަރުން އަބަދުމެ އުޅެނީ އަވަދިނެތިއޭ އަޅެފަހެ ހިނިނާދޭތަ ގިނަވަގުތު ބޭރުގަ މަޖާކުރުން ހަހަހަހަހަ

    17
    1
  5. މުހަންމަދު.

    މާސް އަށް ފޮނުވަންވީ.

    11
  6. ޟިޔާ

    އެޑިއު ކޭޝަން މިނިސްޓަރ އާ މެދު ޙާއްސަ ލޯތްބެއް ނަޝީދު ހިތުގައޮތީ.. މިނިސްޓަރަށް މި ކަލޭގެ ސަލާން ފޮނުވި ވާހަ ކަ އަދި އެއީ މީޑިޔާއަށް ތިލަނުވާ ވާހަ ކައެއް.

  7. ޞިނަ

    ސުޖާ މެން އަދި އޮޑިޓަރު ޖެނެރަލް އެޗްޑީސީ ތެރެއިން ރޯހަުސް ހޯފިގޮތްވެސް އެބަ ތިލަވާންޖެހޭ ހަނދަށް ގޮސް ނަމަވެސް

    3
    1
  8. ޥަރަށް

    ޥަރަށް އަވަހަށް އިންޓަރނެޓް އަގުހެޔޮވުމުގެ އުފާވެރި ހަބަރުވެސް ލިބިއްޖެއެއްނު!