ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ ސައީދު އައްޔަން ކުރުމަށް މެންބަރުން ވޯޓު ނުދިނީ ދިޔާނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި އުޅޭ ވައްތަރުން ބިރުން ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޕީ ރޮޒައިނާ މިގޮތަށް ވިދާޅުވީ، އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރޮޒޭނާ ވިދާޅުވީ، ދިޔާނާ "ކަޓުވާލަން" އޭނާ މަސައްކަތް ކުރިކަމަށް ތުހުމަތުކޮށް މަޖިލީހުގެ ސައިކޮޓަރީ އޭނާއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަގަށް ގޮވާފައި ދިއުމުން އަދި ދިޔާނާ މަގާމަކަށް އައްޔަން ނުކުރެވޭ ކަމަށެވެ. އަދި ދިޔާނާ ހޮވުނަ ނުދިނީ ޖާބިރު ކަމަށާއި އޭނާ މަޖިލީހުގައި އުޅެމުންދާ ވައްތަރުން މެންބަރުންނަށް ދިޔާނާ އަށް ވޯޓުދޭން ބިރުގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒޭނާ މިގޮތަށް ވިދާޅުވި ނަމަވެސް، "ވަގަށް" ގޮވާ ކަމުގެ ތުހުމަތު ކުރި ފަރާތެއްގެ ނަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ދިޔާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ރައީސް ސޯލިހް ނަން ފޮނުވާފައި ވަނީ ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ނަމާއި އެކުއެވެ. އަދި މަހާޒަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއްވެސް ނެރުނެވެ. އަދި މަޖިލީހުގައި އެންމެ ފުރަތަމަ ވޯޓަށް އަހައިފައި ވަނީ މަހާޒްގެ ނަމެވެ. އަދި މަހާޒް އަށް މެޖޯރިޓީ މެންބަރުންގެ ވޯޓު ލިބުމުގެ ސަބަބުން ދިޔާނާ އަށް ވޯޓު ދިނުމަކަށް އަހާފައެއް ނުވެއެވެ.

އެމައްސަަލަ އާއި ގުޅިގެން ޖާބިރު ވަނީ ދިޔާނާ އެމަގާމަށް ހޮވިވަޑައި ނުގަތީ އެމްޑީޕީ މެންބަރުންގެ ރޭވުމުން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ދިޔާނާ ވެސް ވަނީ އެކަމާއި ގުޅިގެން ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ބަލި ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދިޔާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލުމާއި އެކު ގިނަ ބަޔަކު ވަނީ އެކަމަނާ އަށް ތާއިދު ކުރާ ކަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ހާމަކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. ދިޔާނާ އާއި މަހާޒް އަކީ ޖޭއެސްސީގެ "ހައިލީ ރިކޮމެންޑެޑް" ދެބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕޮއްޕަޓުލާލު

  ކަލެޔޯ... ކަލެއަށް ވޯޓުދިންމީހަކުދިނީ ފައިސާގެ ދަހިވެތުކަމުގަ.. ކަލޭތީ އަނގަހުޅުވަން ހެޔޮވާވަރުމީހެއްނޫން.. އަންހެނުންވެސް ލަދުހުތުރު.. ތިއީ މމޕރސގެ ވަގެކޭ ޖާބިރުބުނުމުންތަ މީހުންބިރުގަތީ.. ކަލޭ ބިރުގަތީ ވައްކަން ފަޅާއެރުމުން.. ކަލޭގެ ތެދުވެރިކަން ހާމަކޮއްދޭން ރައްޔިތުން ފެންނަގޮތަށް ﷲގަންދީ ހުވާކޮއްބަލަ މމޕރސގެ ފައިސާކަމަށްބުނާ އަދީބު ބެހި ފައިސާގަ ނުޖެހޭކަމަށް.. ވަގުންނުކުމެތިބެ ވަގަށްގޮވަނީ ކުށެނެތްމީހުންނަ..

  22
  2
 2. Anonymous

  ޖާބިރު އުޅޭގޮތުން ދިޔާނާއަށް ވޯޓް ނުދީ، ޖާބިރަށް ވޯޓްދީ ޖާބިރު ހޮވައިފި. ރޮޒޭނާވެސް ހަމަޖެހޭ ވާހަކަ ދައްކަބަލަ. ޖާބިރު އެ ދެއްކި ވާހަކައިގެ ތެދުކަން ތިކަހަލަ ކޮސް ވާހަކައިން އެބަ ސާބިތުވޭ.

  23
 3. އަފީ

  ޖާބިރު ބުނަނީ ރޮޒައެނާ ހުޅުމާލެގައި ހެދި ގެސްޓްހައުސް އަކީ އެމް.އެމް.ޕީ އާރުސީ ގެ ފައިސާއިން ހެދި ތަނެއްކަމަށް! ދެން ކީއްވެގެންތޯ؟ ރޮޒައެނާ އެކަން މަތްﷲ ގަންދީ ހުވާކޮށް އެކަން ދޮގު ނުކުރީ! ޖާބިރު އެބުނާ ވާހަކައަކީ އަޅުގަނޑަށް ކޮންމެސް ވަރަކަށް އެކަން ހިގާދިޔަ ގޮތް އެގޭ މީހަކަށްވާތީ އަޅުގަނޑުވެސް މި ބުނަނީ ޖާބިރު އެ ބުނަނީ ވަރަށް ވަރަށް ވަރަށް ބޮޑު ތެދެއް!

  20
 4. ކަނޑުބޭރި

  އަންހެނުންނޭ ބާރުވެރިއޭ ކިޔާފަ ހަޅޭއްލަވަން އެކަނި އެނގޭނީ. ދިޔާނާ އަކީ ދިޔާނާ. ޖާބިރަކީ ޖާބިރު. ދިޔާނާގެ އަިއިޑެންޓިޓީ އަކީ ހަމައެކަނި "ޖާބިރުގެ އަންހެނުން" އެއް ނޫން. މަޤާމަށް ހޮވާއިރު ބަލަންޖެހޖޭނީ މީހާގެ ޤާބިލް ކަމަށް. ޖާބިރު އުޅޭ ގޮތަކުން ދިޔާނާ ގެ ޤާބިލް ކަމާ ދޭތެރޭ ސުވާލު އުފެދިގެން ނުވާނެ.

  13
  1
 5. ހެއު

  ބަލަ ރޮޒައިނާ ގޭގެ ފުރާޅުން ފައިބަނީ ޑޮލަރުތަ ތިފަދަ އަގުބޮޑު ތަންތަން ހަދަން ހަރަދުކުރަން ބަލަ ރޮޒޭ ކަލޭގެވާހަކަ ނުދައްކަނީ ފިރިކަލުންނައްބަލާލާފަ ކަލޭގެ ވާހަކަ ދައްކަންފަށަން ވީތާ ރީތިކޮއްފަލީހަތްވާނެ... ބޭނުންތާ އެގޮތް..