އައްޑޫސިޓީ މީދޫ އާއި މަރަދޫ ފޭދޫގައި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ހަރަކާތްތައް ފަތު އަޑު ކިޔާފަ ބާރަށް ކުރިއަށްދާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެކަމަނާއާއި ބެހިނުލާ ނުހުރެވެނީ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވެފައި ވަނީ އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒެއިނާ ގެނައުމަކީ ކުރެވުނު ވިޔާ ނުދާ ކަމެއް ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން ރޮޒެއިނާ ވިދާޅުވީ، މީދޫ އާއި މަރަދޫފޭދޫގައި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިންގެ ހަރަކާތްތައް ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްދާ ކަމަށާއި އެ ދާއިރާ ބޮޑުކޮށް ރައީސް ނަގާނެ ކަމަށެވެ.

"އެހެންވީމަ ރައީސް ނަޝީދު އަޅުގަނޑާއި ބެހިނުލާ ހަމަ ނުހުރެވެނީ. މި ޓީމުގެ ވަރުގަދަކަން ފެނިފައި،" ރޮޒެއިނާ ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ކެމްޕޭނަށް އައްޑޫއަށް ވަޑައިގެން މަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީ އަށް ގިނަ ބަޔަކު ވަނުމުން ގިނަ ބައެއްގެ މަޝްވަރާއާ އެކީގައި ރަނގަޅު ކަންތައްތައް ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކަންކަން ވެގެން ދިޔައީ އެގޮތަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަހައްމައިދީ އަރިހުގައި އަޅުގަނޑު ނަންގަނެގެން މި ހޮވައިދިން ތިޔަބޭފުޅުންގެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް. އެއީ އަޅުގަނޑުމެން ދެ މީހުން ކުރި ވިޔާނުދާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އައްޔަ

    މި ދެމީހުން ރައްޓެހިވެގެން އުޅުނުހެން މަށަށް ހާދަ ހީވެޔޭ! މި ދެމީހުންގެ ދެމެދުގައި މި ހިނގަނީ މާޒީގެ ދެ ލޯބިވެރިންގެ ދެމެދުގައި ހިނގާ ކަންތައްތަކެއް.

    47
    3
    • ހެހެ

      ޑޯންޓް ޕްލޭ ވިކްޓިމްހޫޑް އެޓެންޝަން ސީކަރ.

  2. ލަވް

    އަނެއްކާ މި އެންމެން ހޮވައިދެނީ ނަސީދު! ސައްތާރުއަށް އަލަންގިރި ވެސް ހޮވައިދިނީ ނަސީދު ދޯ!

    26
    6
  3. ރަޔާން

    ރީތި ކަމުން؟ ކާކު މީ؟

    22
    6
  4. ލަކުޑިބޯ

    ވާނީވެސްއެހެންތާ ލިބުނުހުރިހާފޮނިމީރުކަމެއް އިނގޭނީއެބޭޅާއަށްތާ😆😆😆😆😆😆😆

    28
    1
  5. Anonymous

    އެއީ ލޯބިން.

    30
    1
  6. ލޯބީގެ ބަލިތަކަށް ޙާއްސަ ޑރ.. ޑރ.ފުށްފުރޭނި

    މިދެމީހުން ހިތާވެގެން އުޅެފައި ރުޅިވެގެން މިއުޅެނީ.. އިނގޭ އެއްޗަކީ ދެމީހުންވެސް ދެމީހުންދެކެ ލޯބިވާކަން.. ދެން ލޯބީގައި އޮންނާނެ ޖެލަސީ..

    32
    1
  7. ޙެހެހ

    ކޮބާތަ ބެހުމަކީ ،

    25
    1
  8. އަވަށުމީހުން

    ގަޓް ހުރިއްޔާ ދެން ބުރަކުން ކުރިމަތިލާބަލަ ތިދާއިރާ ލިބޭތޯ..

    30
    4
  9. ރޮޒޭ ހަސް

    ތިދޭތި އެކަތި އަނެކައްޗާ އިންނަންވީނު

    14
    2
  10. އާދަނު

    ކަލޭ ސަރުކާރުގެ ފަޅުރަށަކާ 7 މިލިޔަން ރުފިޔާ ޖީބަށްމަހައިގެން ނަޝީދުއާ ބެހެލީ ކިހާވަރަކަށް؟ އެންމެ ފަހަރަކު ބަހެއް ބުމެލުމުންކަލެއަށް ކެތްނުވި!

    14
    2
    • 😺

      ނެކްސްޓް ޖޯކް ޕލޒ!

      2
      1
  11. ރޮޒޭ

    މަސައްވެސް ނުހުރެވޭނެ. ރޮޒޭ ލިބިއްޖެއްޔާ ހަމަ ބިއްލޫރި ފޮއްޓަކަށް ލާފަ ބަލަން އިންނާނީ. ހެނދުނު މެންދުރު ހަވީރު އަދި ރޭގަނޑު ފައި ދޮއްވަދީ ފެންވަރުވަދީ . . . . . . އާ އެހެންޏާ

    15
  12. ލިމްސީ

    ރޮޒޭ އަށް އެނގޭތަ ކުރުސީ ހުރީ އަވަލާފަ

    15
  13. ޖ

    އެބަބެހޭތަ

  14. އަލަންގިރި

    ނަސީދު ޕޯޑިޔަމްއަށް އަރާ އިނދެ ރޮޒޭއަށް ހަނާއަޅަނީއެވެ

  15. މީނާއޭނާ

    ނަސީދަކަށް ނޭގޭނެ އަންހެނަކާބެހޭކަށް .

  16. ނޯޓް

    ނަޝީދު ކަރުބުޑުން އެގޮވަނީ "ރޫޅާލާނަން"... އަނެއްކާ ރޮޒައިނާއާ ދިމާ ކޮށްލަނީތަ؟

  17. ޗަކަ މަރީނާ

    ތިކަހަލަ ކާޅު އަންހެނަކާ ބެހޭހިތުން ވިއްޔާ ނަޝިދު އެއުޅެނީ

    5
    1
  18. Anonymous

    މާބޮޑައް ލޯބިވާ ކަމުގެ ސިފައެއް އެއީ.

  19. ޔާސީނު

    ހަމަ ހުރެފަ މީހަކު ނުބެހޭނެ

  20. ޢަހު

    ތަގެ ރީތި ކަމާ ނުބެހި ކިހިނެތް ނަޝީދު އުޅޭނީ