ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް، މިފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްވައިފިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރަން ފަށާނެކަމުގެ ޔަގީންކަށް މިނިސްޓަރ ދެއްވާފައިވަނީ، 2020 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީރެ ރޭގެ ބައްދަލުވުމުގައި، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވޭނީ ކޮންއިރަކުންތޯ މިނިސްޓަރާއި ސުވާލުކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެމުންނެވެ.

ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހިންގާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތަސް، އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ބޭންކުން އެކަމަށް ނަގާނީ ކިހާދުވަހެއް ކަމެއް، ނުވަތަ ލިބޭނީ ކިހާ ވަރެއްގެ އެހީއެއް ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

ހަނިމާދޫގައި އެންމެ ފުރަތަމަ އެއާޕޯޓެއް ޚިދުމަތް ދޭންފެށީ 1990 ވަނަ އަހަރުގެ ތެރޭގައެވެ. 2013 ވަނަ އަހަރުން ފެށިގެން އެ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އޭގެ ފަހުންވެސް އެއަޕޯޓުގައި ތަރައްގީގެ އެކި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް، އަދި އެއިން އެއްވެސް މަޝްރޫއެއް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

މިހާތަނަށް އެއާޕޯޓުން ބައިނަލްއަޤްވާމީ ދަތުރުތަކުގެ ގޮތުގައި ކުރަނީ، ހަނިމާދޫއިން ޓްރެވެންޑްރަމްއަށް ހަފްތާއަކު ދެދަތުރެވެ. އެހެންމަވެސް މީގެ ދުވަސްކޮޅެއް ވަނީ، ހަނިމާދޫ އާއި ކޮޗިންއާއި ދެމެދުގެ ދަތުރުތައް ފަށާފައެވެ. އެހެންމަވެސް އެއާޕޯޓުގެ ރަންވޭ ކުޑަވުމުގެ ސަބަބުން މި ދަތުރުތަކަށް ބޭނުންކުރަމުން ގެންދަނީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ކުދި ފްލައިޓްތަކެވެ.

ހަނިމާދޫ އެއާޕޯޓަށް ބޭރު ގައުމުތަކުން ސީދާ މަތިންދާބޯޓުތައް ޖެއްސޭ ވަރަށް އެ އެއާޕޯޓު ތަރައްގީ ކޮށްދެއްވުމަކީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަހާދާލު

    ކިހާވަރެއްގެ ތެދަކަށް ވާނެ ބާ؟؟؟؟

    10
  2. ހުސޭނުބޭ

    އިބިލީހު ކައިވެނި....... ދެން ތި ލާރިކޮޅުވެސް އަވަހަށް ދިރުވާލައި!

  3. ހޯރަ ބޭ

    ސާބަހޭ ގަރޫރުސާއަން

  4. އިއްޒަތްތެރި

    ސާބަހޭ އިއްޒަތްތެރި މެމްބަރ!
    ތިގޮތަށް ސްކޫލްވެސް އަޕްގްރޭޑްކޮށްލައްވާ
    ކޮންވޭޝަން ސެންޓަރ ނުނިމިހުރުން އަވަސްކޮށްދެއްވާ < އިންކޮންވެނިއެންސް ސެންޓަރެއްގެ ގޮތުގައި ނުބަހައްޓަވާ
    ސްކޫލުން އޭލެވެލް ހެދޭނެ ގޮތްހައްދަވައި ދެއްވާ ކައިރި ރަށްރަށުން ކުދިންގެނެސެގެން ނަމަވެސް
    ހަނިމާދޫ މަގުހަދަމުންގެންދާއިރު ހެލްތްސެންޓަރ މަގުގައި ތާރުނޭޅުމުގެ ގޮއްޖެހުމަކަށްވާ ދެ ނިކަގަސް ކަނޑާލެއްވުން... އޭގެ ބަދަލުގައި ވިހި ނިކަގަސް އިންދާދެއްވާ

  5. ލީނާ

    އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނެ! ގުބޯ ހައްދަން ނޫޅޭ!