ކީރިތި ޤުރުއާން ހިތުދަސްކުރެއްވި 16 ހާފިޒުކަމުގެ ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި މެޑަލް ދީފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ފަރާތްތަކަށް ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް އެ ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ހާފިޒުކަމުގެ ސަނަދު ލިބުނު ފަރާތްތައް:

1. އާސިޔަތު އާދަމް، ފެހިގެ/ ގއ. މާމެންދޫ
2. ހަސަން އާހިލް، އިރުދޭމާގެ/ ތ. ގުރައިދޫ
3. ޒޫނާ އިސްމައިލް، ގަސްކަރަ/ ކ. ގުޅި
4. އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް، މއ. ރިހިރާޅު
5. ސިބްއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް/ ފ. ނިލަންދޫ
6. މުހައްމަދު ރަފާހު އަހުމަދު، މ. ބަބުކެޔޮގަސްދޮށުގެ
7. މާޒިނާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ
8. މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ/ ގއ. ގެމަނަފުށި
9. އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ/ ޅ. ނައިފަރު
10. އުރްޖުވާން މުހައްމަދު، މ. މެޑެލްމާގެ
11. މުހައްމަދު ޒާއިން އަޝްރަފު، އާބަހާރުގެ/ ކ. ކާށިދޫ
12. މާއިޝާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ
13. ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް
14. ފާތިމަތު ޝުއާއު ޝާހު، ދަފްތަރު ނަންބަރު 1519
15. މަރިޔަމް ހުސެއިން، ޝެމްރޮކް/ ސ. ހިތަދޫ
16. މޫސާ މާއިޝް މާޖިދު، މ. ޝޭޑީރެސްޓް ދެކުނުބައި

ހާފިޒުކަމުގެ ސަނަދު ހާސިލްކުރި ފަރާތްތަކުގެ ތެރޭގައި އުމުރުން ވަރަށް ހަގު ކުދިން ވެސް ހިމެނެއެވެ. އެންމެ ހަގު އުމުރުގައި ޤުރުއާން ހިތުދަސް ކުރެއްވީ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން ނުވަ އަހަރުގައެވެ.

އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް އުމުރުން އެންމެ 10 އަހަރުގައި ޤުރުއާން ހިތުދަސް ކުރިއިރު އުރްޖުވާން މުހައްމަދު ޤުރުއާން ހިތުދަސް ކުރައްވައި ނިންމަވާލެއްވީ އުމުރުން 11 އަހަރުގައެވެ. މޫސާ މާއިޝް މާޖިދު އުމުރުން 12 އަހަރުގައި ޤުރުއާން ހިތުދަސް ކުރިއިރު މުހައްމަދު ރަފާހު އަހުމަދު ޤުރުއާން ހިތުދަސް ކުރީ 13 އަހަރުގައެވެ. ފާތިމަތު ޝުއާއު ޝާހު ޤުރުއާން ހިތުދަސްކުރައްވައި ނިމުނީ 2013 ވަނަ އަހަރުގައެވެ. އޭރު އޭނާގެ އުމުރަކީ 14 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިއަދު

    އަލްހަމްދުﷲ ހުރިހާޙާފުޒުންނަށް އުފާވެރިކަންހުރި

  2. މަނާހު

    ޙާފިޒުކަމުގެ ސަނަދު ޙާޞިލުކުރި ހުރިހާ ޙާފިޒުންނަށް މަރުޙަބާ. ތިޔަ މަތިވެރި ނިޢުމަތް ލިބިގަތުމަށްޓަކައި ކުރި މަސައްކަތަށްވެސް ސާބަސްދެން.

  3. ޓަގޭ

    މާޝާﷲ... ވަރަށްވެސް ފުރިހަމަ

    36
    2
  4. މުހައްމަދު

    ކުރީ ސަރުކާރު، މިސަރުކާރު، 12 މަހުން 17، މިސަރުކާރު، ކުރީސަރުކާރު،

    1
    1
  5. 19 ނަވާރަ

    މީ ހަމަ ވޭތުވެދިޔަ 35 އަހަރު ތެރޭގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ މިންނަތް މަސައްކަތް އަލަޙަމްދުލިލްލާހި/ ހުރިހާ ޝުކުރެއް ޙައްގުވެގެންވަނީ މާތްﷲއަށް. އެކުދިންގެ މައިންބަފައިންނަކީ ނިޢުމަތުން ފުރިގެންވާ ބައެއް.

  6. އިހަވަންދޫ ރައްޔިތެއް

    ރައީސް ޞާލިޙް ގެ ދަރިންނަކީވެސް މިފަދަ މަތިވެރި ނިއުމަތުން ފުރިގެންވާ ބައެއް ކަމުގައި ލައްވާށި. އަދި އަނބިކަބަލުންވެސް މާތްﷲ އާއި ރަސޫލާ އެންގެވި ގޮތަށް އައުރަ ނިވައިކޮންގެން އާއްމުންގެ ތެރެއަށް ނުކުންނެވުން އެދެން. އާމީން