ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި، އެ ކޯޓުގެ ތިޖޫރިއެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލާފައިވާ ކަމަށް ބުނެ ފުލުހުންނަށް މިއަދު 11:20 އެހާކަށްހާއިރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ މިހާތަނަށް ބެލި ބެލުމުން އެ ކޯޓު ތެރެއިން ލެޕްޓޮޕްއަކާއި ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަގަށް ނެގި އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަމެއް ދެނެގަނެވިފައި ނުވެއެވެ. ފުލުހުން ދަނީ އެ ކޯޓުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތެދު

    މުސްލިމު ވަގުން ވެސް އުޅޭތަ؟

    1
    5
  2. އޯކޭ

    މީ ތިޖޫރީ ސަރުކާރު ރައްޔިތުންގެ ލޯލާރި އެއްގައިވެސް ނުޖެހޭނެ ހުރިހާ ތަނެއްގެ ތިޖޫރީތަށް ފަޅާ ހުސްކުރާނީ ރީދޫ ގުރޫޕުން ވާވާ ވާވާ