ބަންގްލަދޭޝް ގައި ޑޮކްޓަރުކަން ކިޔަވަން އުޅެނިކޮށް މަރުވި މޮޑެލް، ރައުދާ އާތިފް މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގުން ނިންމައިފިއެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލަދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ފަސް ފަހަރެއްގެ މަތިން އެ ހާދިސާ ތަޙްޤީޤު ކުރުމަށް ފަހު ބަންގްލަދޭޝްގެ ފުލުހުން ނިންމިއެވެ.

ނަމަވެސް އެއިން އެއްވެސް ނިންމުމެއް ރައުދާގެ ބައްޕަ ގަބޫލެއް ނުކުރެއެވެ. އޭނާ ވަނީ ރައުދާގެ މަރާއި ގުޅިގެން ތަކުރާރުކޮށް ސުވާލު އުފައްދާފައެވެ.

ރައުދާ މަރުގެ މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ރައީސް ޞާލިހް އިއްޔެ ވަނީ ރަސްމީ އިދާރާތަކަށް ފޮނުވާފައެވެ. އެއީ "ސިއްރު" ރިޕޯޓެއް ކަމަށް ބުނެފައިވީނަމަވެސް ރިޕޯޓްގެ ބައެއް މައުލޫމާތުތައް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ދައުރުވަމުންދާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ހޯދި އަދި ތަޙްޤީޤުގައި ނިންމި ނިންމުންތަކަށް ބަދަލެއް އަންނަ ވަރުގެ ހޯދުމެއް ރިޔާސީ ކޮމިޝަނަށް ލިބިފައެއް ނެތެވެ.

ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ބަންގްލަދޭޝްގެ ފުލުހުން ތައްޔާރުކުރި ފައިނަލް ރިޕޯޓްގައި ބުނެފައި ވަނީ މީގެ ފަސްވަރަކަށް މަސް ދުވަސް ކުރިންނެވެ. ރައުދާ މަރުވާން ދިމާވި ސަބަބަކީ ރައުދާގެ ލޯބިވެރިޔާ ރައުދާ އަށް ބޭވަފާތެރިވުން ކަމަށް ވެސް ތަޙްޤީޤަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ބަންގްލަދޭޝް ފުލުހުންގެ ފައިނަލް ރިޕޯޓްގައި ބުނެފައި ވެއެވެ.

ބަންގްލަދޭޝް ފުލުހުންގެ ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ މަރުވުމުގެ ގަޑިއެއްހާއިރު ކުރިން އޭނާގެ ލޯބިވެރިޔާ އަށް "ވަޓްސްއެޕް" އިން މެސެޖެއް ފޮނުވާފައި ވެއެވެ. އެމެސެޖްގައި ރައުދާ ބުނެފައި ވަނީ "އަހަރެން މަރާލީ ކަލޭ" ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައުދާގެ ލޯބިވެރިޔަކީ ދިވެއްސެއް ކަމަށްވާ ޝާހީ ޣަނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލޯބީގެވެސް ދަރަޖަ ތަކެއްހުރޭ!

    އެއްވެސް އިންސާނަކަށް ނުވަތަ އެއްޗަކަށް ﷲ ތަޢާލާ އަށް ދޭންޖޭހޭ ލޯބި ދެވުމުން އެކުރެވެނީ ޝިރުކު.

    71
    2
  2. ލޯބީގެ ހަލާކު

    ކުރިންވެސް އެނގިފައި ހުރިކަންކަން މިރިޕޯޓްގައިވެސް ލަދުން ހަލާކު

    45
    1
  3. ކޮމިޝަން

    މި ކޮމިޝަނަށް މިހާތަނަށް ކުރެވުނީ ކޮންކަމެއް؟ ނިންމިކަމަށް ބުނާ އެއްވެސް މައްސަލައެއްގައި މުސާރަ ނޫން އެއްވެސް އެއްޗެއް ތިޔަކޮމިޝަނަށް އިތުރަށް ހޯދުނުކަމަކަށް ނުވޭ. ފުލުހުން މީގެ ކުރިން ހޯދި އެއްޗެއް ތިޔަ ތަނަށްވެސް ތިލިބުނީ. ތަފާތަކީ ރިޕޯރޓް އޮތީ ކޮމިޝަންގެ ލެޓަރހެޑްގަ ކަން އެކަނި. ތީ އެހެންމީހުން ކޮށްފައިހުންނަ މަސައްކަތްތަކުގެ ކްރެޑިޓްނަގަން ވަރަށް ޤާބިލް ކޮމިޝަނެއް.

    60
  4. މާމިގިލީ މީހާ

    ދެން ކޮބައިތަ ތި ޝާހީ ޣަނީ. އޭނަޔާ ސުވާލު ކޮއް ބަލަ. ބަނގަލަދޭސްގެ ފުލުހުން ނަކީ ދިވެހި ފުލުހުން ކަހަލަ ބޮޓުން. ހުސް ބޮޓުން. މަރުކޮމިސަނުގަ ވެސް ތިބީ މިކަހަލަ ބޮޓުން.

    48
    1
  5. އަޝްރަފް

    ދައުލަތުން ރައްޔިތުންގެ ފައިސާއިން ތާކުން ތާކު ނުޖެހޭ ކަމިޝަނެއް ހަދައިގެން ބަޔަކަށް ލާރިގަނޑެއް ދޭން ކުރިކަމެއް ބަންގްލަދޭޝް ފުލުހުން ހަދާފައޮތް ރިޕޯރޓް ހަމަ ދުވަސް ގަނޑަކަށްފަހު މޮޅުވާހަކައެއް ދައްކާލީ! ނޫނީ ރައްޔިތުންނަށް ގަބޫލުކުރަން ލާޒިމުވާނީ ހުސްނުއްސޫދު ބުނީމާތޯ؟ ސަލްޓަންޕާކުގަ ބޮންގޮއްވި މީހުން ސަލާމަތްވިގޮތް ސޫދުއަށް ސާފުކޮށްދެއްވަން ކެރޭނެތޯ!

    47
    1
  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިޔަ ކޮމިޝަނުން ތިޔަ މަރު ތަހުގީގުކުރަން ބަނގުލަދޭޝް އަށް ދިޔެއް ކޮންއިރަކު؟ އެގައުމުގެ ތިކަން ތަހުގީގުކުރި މީހުންވެސް އެކަން ކުރީ އެންމެ ރަނގަޅަކަށް ނޫންކަން އެއޮތީ ހާމަވާން! ހުސް ރޯނުއެދުރުން! ތިއޮތީވާ ކޮމިޝަނެއް! ދެން އެންމެން މިކަން ގަބޫލުކޮށް މިވާހަކަ ނުދައްކާ، މިކަމުގަ ފުލުސްޓޮޕުޖަހާ އަވަހަށް!

    35
  7. ކިނބޫ

    ސިޔާސީ މަންފާއެއް ހޯދަން ހަދާލާނެ ވާހަކައެއް ތިކަމުގަ ނެތީ ދޯ

    14
  8. އައި ސީ!

    ރައުދާ އަމިއްލަޔަށް މަރުވީކަމަކަށް ގަބޫލެއް ނުކުރެވޭ. އެތައް އެތަށް ކަމެއް ފޮރުވިފައި. ފޮރުވާފައިވާ މަރެއް. އޮޅުވާލާފަ ، ވަކަރުކޮށްލާފަ!!!!

    11
    11
  9. ބޯބުރާންތި

    ތިޔަ ކޮމިޝަނުން ތިޔަނެރޭ ރިޕޯޓުތައް ބުއްދީގެ ހަމަތަކުން ބަލައެއް ނުގަނެވޭ ރައުދާ އަމިއްލަޔަށް ޑރ. އަފުރާސީމުވެސް އަމިއްލަޔަށް މަރުވިކަމަށް ނުނިންމީތީ ހައިރާންވޭ ތިޔަ ކޮމިޝަނަކަށް އެއްވެސް މައްސަލައެއް ހަގީގަތަށް ވާސިލެއްނުވެވޭނެ ހުސް ހޮޅި ވާހަކަ ދައއްކަނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަޖައްސާލަނީ އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭދައްކާ ވާހަކަ

    4
    2
  10. އަފީ

    ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސވތ.

    24
  11. ދަބޯރަތޭ

    ކޮބާ ދަ ބޯރަތޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ...