މި އަހަރުގެ ރިޔާސީ އިންތިހާބުގެގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި، އަތޮޅުތަކަށް ސެކިޔުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފަށާނެ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެވެ.

‏އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާއެކު، އީސީގެ މުވައްޒަފުން، ޑިސްޕެޗް މަސައްކަތްތައް ކުރިއަށްދާނީ އުތުރުގެ އަތޮޅުތަކަށް މާދަމާ އަދި ދެކުނުގެ އަތޮޅުތަކަށް، ބުދަ ދުވަހު ކަމަށެވެ.

މިގޮތުން މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ހަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށް ދާނީ ސެޕްޓެންބަރު 06 ވާ ބުދަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

"‏ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާ އެއްގައި ސޮއިކޮށްފައި. އަދި އެކަން އެގޮތުގެމަތިން ކުރިޔަށް އެބަދޭ.". އޭނާ ވިދާޅުވިއެވެ.

އަދި ‏ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން އިލެކްޝަންސް އިން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3

    އަހަރެންބުނަންއޮތްހާވެސްވާހަކައަކީ ފޮނުވާހުރިހާކަރުދާސްކޮޅެއްވެސް އިދިތޮޅޜމެންނަށް ޔަގީންލުރެވޭފަދަގޮތަކަށް ހަދާފަފޮނުވާށޭ! އެހެންނޫނީ ބަޔަލުޚިިޔާލަށްވެސްނުގެންނަހަކަ ވާހަކައެއްހަފައިގެން މުޅިމަގުމައްޗަށް ނިކުމެދުއްތުރާކުރާނެ!