ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ކުރިއަށް ގެންދަން ވާނީ ލައިވްކޮށްގެން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ސަފުގެ އެންމެ ކުރީގައި ހުންނަވާ މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ މިހެން ގޮވާލައްވައިފައި ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތް ލައިވް ކުރުން މުރާޖާ ކުރުމަށްޓަކައި ޔާމީންގެ ޝަރީއަތް މަޑު ޖައްސާލައިފައި ވަނިކޮށެވެ.

ރައީސް ޔާމީން އަކީ ވަރަށް ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް ކަމަށާއި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ލީޑަރު ކަމުން އެ ބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުންނާއި އަދި މި ޝަރީއަތުގެ އަސްލަކީ ކޮބައިތޯ އާއި ކިހާ ވަރެއްގެ އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ ބެެލުމް މައްސަލަ ލައިވްކޮށްގެން ގެންދިޔުމަކީ އޭގެ ޒާތުގައި ޝަރީއަތް އަދުލުވެރިކޮށް ހިންގުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ބަދަލުވެފައި ވީނަމަވެސް އެކޯޓުން އަމަލު ކުރުމަށް ނިންމާފައިވާ އަސާސްތައް ބަދަލުކުރަމުން ގެންދިއުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށާއި އެކަން ކުއްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ގާޒީ އަހުމަދު ހައިލަމް މަގާމުން ދުރު ކުރެއްވުމުން އެމައްސަލަ ބެއްލެވުމަށް މިހާރު ހުންނަވާ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ތަކެއް ފެނިފައިވާކަމަށް ވިދާޅުވެފައެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ގާޒީ އަލީ ރަޝީދު މިހާރު ހުންނެވީ ވަރަށް ބޮޑަށް ވަކި ކޮޅަކަށް ޖެހި ވަޑައިގެން ކަމަށާއި އަދި އެއީ ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ މަންޒަރު ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުން އޮތީ މާދަމާ މެންދުރު 13:30 އަށް ތާވަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މާލެ ބޭބެ

    މިއީ ޑިމޮކްރެސީގެ ނަމުގައި ހިންގާ ނުރައްކާތެރި ޚޮދުމުޚުތާރު ގޭދޮށުވެރިކަމެއް... ރައްޔިތުންގެ މަޖްލިސްގައި ތިބި ސިޔާސީގޮތުން ތަޖުރިބާއެއްނެތް މެންބަރުން ނަހަމަގޮތުގައި ބޭނުންކޮށްގެން ރައްޔިތުން ފިއްތާ ވެރިކަމެއް މިކުރަނީ.. ލޮބްވެތި ރައްޔިތުންނޭ މިއަދު ބޭއިންސާފް ސިޔާސީ ދައުވާއެއްކޮށް ރ.ޔާމިނަށް އަނިޔާކުރުމަށް ޖަލުގައި ގޮޅިހަނދާ ސިފައިންނާއި ފުލުހުން ލައްވާ ނުހައްގު އަނިޔާ ރައްޔިތުންނަށް ކުރުމަށް ފުރުސަތުދީ ދެއަތް އުރާލައިގެން ތިބެއްޖެނަމަ މާދަމާ ދަރިންނަށް އިންސާފު ނުލިބި ރޯން ޖެހޭނެ. ޑިމޮކްރެސީއަކީ ރައްޔިތުންގެ ބާރު؛ ރައްޔިތުން ނުކުމެއްޖެނަމަ ހަމަ އަމާންދީ ސައިޒްވާންޖެހޭނީ... ރ.ޔާމިނަށް ކުރަނީ ނުހައްގު ސިޔާސީ ދައުވާއެއް.. މިފަދަ ނުލަފާ ސިޔާސީ ހުކުމްކުރާ ފަނޑިޔާރުންގެ ނިމިދިއުން ހިތިވާނެ؛ އަދި މިކަމުގައި އުޅުއްވާ ސިޔާސީ މީހުން ގުޅެކުޅޭ ފަސްގަޑުގަ ބަޑުދައްމާ ދުވަސް އަންނާނެ. ރައްޔިތުންނަށްވުރެ ބާރުގަދަ ނުވާނެ....

    7
    1
  2. ޖަޒީރާ ބޯއީ

    ލައިވް ނުކުރާން ނިންމަން ވާހަކަދެކެވުމަކީވެސް މިސަރުކާރުގެ ނާތަހުޒީބު އަދި މިކަމުގައި ސަރުކާރުގެ އަތް ބާނާގެން ތިބި މިންވަރު ހާމަވާކަމެއް.

    13
    1
  3. ބިޖޫ

    ކެނެރީދާއްބަގެ ބަހައްނުހެއްލޭތި ދާއްބަޔައް ހެއްލިގެން ސަދޫމްގެ ހުކުމައް ހުކުމް ނުކުރެއްވުން އެދެން ގާޒީންނޭ ފަނޑިޔާރުންނޭ ﷲ އައް ބިރުވެތިވޭ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    12
    1
  4. Anonymous

    މިސަރުކާރަކީ ހިނދުކޮޅު ސަރުކާރު. ހިނދުކޮޅުގައި ކުރީގައި ލައިވް ކުރެވުނީ މިހާރު ހޭވެރިކަންވީމަ ނުކުރާ ގޮތަށް އޮތަ.

    15
    1
  5. އަލީރާޖާ

    ގާޒީ އަލީ ރަޝީދު ރައްދު ދެއްވީ ސިޔާސީ މީހަކު ދެއްކި ވާހަކައަކަށް ނޫން. އެއީ ކޯޓުގެ އިސްގާޒީ ދެއްކި ދޮގުވާހަކައެއް އޮޅުން ފިލުވައިދޭން އަލީ ރަޝީދު ދެއްކި ވާހަކައެއް. އެއީ މަނާކަމެއް ނޫން.

    2
    12
  6. އާދަމްބެ

    ލައިވް ކުރުމާ ގުޅިގެން ސޯޓަށް ހާޖަތަށް ދެވުނީމަ ދެން ލައިވެއް ނުކުރާނެ.

    10
    1
  7. ޅޮސް

    ޜަގަލުވާނެ އިންސާ ﷲ. އެބޭފުޅާ އަށް ނަސްރު ދެެއްވާށި.

    13
    1
  8. އަލީ

    މިފެންނަނީ ފަނޑިޔާރު ބަދަލުވުމުން ގަވައިދު ވެސްބަދަލުވާ މަންޒަރު. މިސަރުކާރު ގެންނަން ތާޢީދު ކުރިމީހުން ނަކީ ވަކި ޕްރިންސިޕަލް ތަކެއް ގަބޫލުކުރާ ބައެއް ނޫންބާ؟

    12
    1
  9. ބޯހަލާކު

    ދަރިފުޅާބ ކޮބާތަ ޓްރާންސް ޕޭރެންސީ މޯލްޑި ވްސް ކިޔާ ޖަމާއަތް ކުރީދައުރުގެ ދު ވަސް ވަރު ކަންކަން ބެލުމުދައި އަ ވަދިނެތި އުޅެންޖެހުމުން ވަރުބަލި ވެގެން ނިދުނީތަ؟ ދަރފުޅާ ކޮބާތަ އައިމަން މިކަމާ އެއްޗެއް ނުކިޔާ ހުންނާނީތަ ޕޭރެންސީ ބޮޑަށް މުހިންމު ވާ ވަގުތުގައިތަ ކޮބާ އަހުރެމެން މިހެން ނުތިބެ ގަޑިޖެހެން ވާއިރަށް އެސޮރުމެން ފެނޭތޯ ހޯދަމާ ބަހީ

    11
    1
  10. ހެއު

    ތިކަން ބަލަން ޔާމީން ވެރިކަމެއްގަ ވަކި ކޮމެޓިއެއް އުފައްދާނަން ކަލޭމެނަކައްވެސް ތިހެން ނުތިބެވޭނެ ކުޅިގަނޑު މިއޮތީ ފެށިފަ

    7
    1
  11. ޔާނުބޭސްޓް ބަޑީ

    ޔާނުއަށް ނާއިންސާފުން ހުކުމެއްކޮށްފިއްޔާ ބޭބޭފުޅުން ވިސްނާގެން އުޅޭތި. ކަލޯ ނަޝީދު ކަލޭހީނުކުރާތި އަހަރެމެންގެ އަތުގަ ނުޖެހޭނެއޭ، ކަލޯވެސް އަހަރެމެންގެ އަތުގަ ޖެހޭނެ އަދި. ބަލާތި، ބޭއިންސާފުން ކުޅެންޔާ އަހަރެމެން މާނުބައިވާނެކަން ދައްކާލާނަން. ޔާނު އިޒް މައި ޕްރެސިޑެންޓް

  12. ކަންނެލި އޮޑި

    ދަނޑިދިގު އުދުޅި ބާނައިގެން ކޯޓުތަކުތެރެ ހާވާ ޖޭއެސްސީ ޕްރައިވެޓް ލިމިޓެޑްގެ ހުރިހާފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ.