މިދިޔަ ސަރުކާރުގައި ފަށައިފައިވާ ހިޔާ މަޝްރޫގެ ދަށުން ގާއިމްކުރަމުންދާ 7000 ހައުސިން ޔުނިޓުގެ ޑިޒައިނަށް ބަދަލެއް ނުގެނައީ އަގު ބޮޑުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެޗްޑީސީ އޮފިޝަލަކު ވިދާޅުވީ، ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި ބިނާ ކުރަމުންދާ 7000 ހައުސިން ޔުނިޓު، މިދިޔަ ސަރުކާރުންވެސް ނިންމައިފައިވާ ގޮތަށް ޑިޒައިނަށް އިތުރު ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ އެޗްޑީސީ އާއި ސަރުކާރުން ގުޅިގެން ހިންގި އިވެލުއޭޝަނަކަށް ފަހު ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.

އެޗްޑީސީ އަދި ސަރުކާރުން ގުޅިގެން ކުރިޔަށް ގެންދިޔަ އިވެލުއޭޝަނަށް ފަހު ޕްރޮޖެކްޓަށް އިތުރު ބަދަލެއް ގެނެސްފި ނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ، ކަމަށް ނިންމާފައިވާ ކަމަށާއި، އެފަދަ ބަދަލެއްގެ ސަބަބުން މަޝްރޫގެ އަގު އިތުރަށް އުފުލިގެން ގޮސްދާނެ ކަމަށް އެޗްޑީސީ އޮފިޝަލް ވިދާޅުވިއެވެ.

އެހެން ކަމުން ނިންމާފައިވާނީ މީގެ ކުރިންވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ގޮތަށް އިތުރު ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

މިސަރުކާރުގެ ކުރީ ކޮޅުގައި ހިޔާ މަޝްރުއޫގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ އެ ހައުސިން ޔުނިޓު ތަކަކީ މީހުން ދިރިއުޅެވޭ ވަރަށްވުރެ ކުދިކޮށް އިމާރާތް ކޮށްފައިވާ ތަންތަން ކަމަށެވެ. އަދި ހިޔާ މަޝްރުއޫގެ ފްލެޓުތައް ނިމޭއިރު އެތަންތަނަކީ ޖާގައިގެ ގޮތުން ތަނަވަސް ފްލެޓުތަކަކަށް ހަދާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. 19 ނަވާރަ

    ނުވެގެން ތިޔާ އުޅެނީ އަދި ނިންމަނީކީނޫންދޯ

    33
    2
  2. ޝާހް،ރ.ވާދޫ

    ރައްޔިތުން ގަބޫލުކުރަން އެބަޖެހޭ މިސަރުކާރަކީ ހުސް އަނގަތަޅާ، ކަމަކަށް ވާކަހަލަ ކަމެއްގަ ހިތްވަރެއްނެތް ހޮޅި ސަރުކާރެއްކަން. މިސަރުކާރަށް ވާނެ ކަމަކީ ރައްޔިތުންގެ ފައިސާތަޅާ ބުރުވުމާއި، އެހެން ކުންފުނިތަކުގެ ރޯނުއެދުރުންހެން ޓައީ އަޅާއިގެން ބޮޑުވެ މޭޒުދަށުގަ އެއްލާފަތިބެގެން އަނގަތެޅުން. ހިތުން މީދެން ވަރަށް ކަންކަންވާ ބޮޑެތި ވެރިން.

    63
    1
  3. މުހައްމަދު

    ??? މުޅިންވެސް ހިނިއަންނަ ކަންތަ އަދި މިފެންނަނީ.

    57
  4. ބުރޯ

    މަސައްކަތް ހުއްޓުވާފަ ބޭއްވުމުގެ ސަބަބުން ދަވްލަތަށްލިބުނު ގެއްލުމުގެ ޒިންމާ ނަގަނީ ކޮންބައެއް ؟ ގާނޫނުގައިވާގޮތުން ކޮންމެވެސް މީހަކު އެ ޒިންމާ ނަގަން ޖެހޭ.

    56
  5. އަނެއްދިވެހިން

    ވަރަށް ތާހިރު ވެއްޖެ ވަކި؟ އިންސާނުން އުޅެން ހެޔޮވާވަރު ތަންތަނެއް ނޫނޭ ކިޔައި، އެގޮތައް ހަދައި ނިންމުމަށްވުރެ ލާއިންސާނީ ކަމެއް އެބޮތްތަ؟ މިހާރުވެސް ފްލެޓްދޮންބެއަށް ހަވާލުކޮއްލަބަލަ ނިކަން. ފިސާރި ހިންގާލާނެ.

    40
    4
  6. ޢަލިއާ

    ދެން ތި ލުބުނު ފަރާތްތަށްވެސް ޔަގީން ކުރެވެންޖެއެއްނު، އަޅެ ސަރުކާރަށްވެސް އަހަރުމެން ބަލާގޮތުން އަަހަރެއްވެއްޖެ، އަދި ތިތަންތަން ނިމޭނެ ދުވަހެއްވެސް ޔަގީން ވާންވެއްޖެދޯ!

    21
  7. ގަމާރުދިވެހިން

    ސުހޭލުމެން އިބޫމެން ކަހަލަ ނުކިޔަވާ ދުރުވިސްނުން ނުހުންނަ މީހުންނާ ގަމާރު ދިވެހިން ވެރިކަން ހަވާލުކުރީމަ ވާނީ މިހެން

    26
  8. މަންޖެ

    މިހާރު އިންސާނުން އުޅެން ހެޔޮވާވަރު ތަންތަނަށް ވީތަ؟؟ ކުރިން ދެން ކޮން އަނގައެއްތަ ތެޅީ؟؟ ނެތް ފެންވަރުން ވާހަކަ ނުދައްކަބަލަ. ކަންކަން ރަނގަޅަށް ދިރާސާކޮށް ނިއްމާފަދޯ ރައްޔިތުންގެ ކުރިމަތީގައި ވާހަކަ ދައްކަންވާނީ. ކުފޫހަމަ ނުވާކަން މިއިންވެސް މިއިނގެނީ.

    30
  9. ާަަަަވަރި ފްލެޓް

    މަމީ އަލަތުކައިވެނީގެ ފްލެޓްލިބުނު މީހެއް، ތިޔަތާކަށްބަލަ ބަލާމިލަސްކުރަނީދަރިޔަކު ނުހޯދާ، މިކަމާ އަންހެނުންރުޅިގަދަވެ ވަރިފަށަށް ޢަރާފަ މިތިބީ، އަނެއްކޮޅުން މައިދައިތަ ހިތްހަމަ ނުޖެހި މަފަކީރު ގެއިންބޭރުކުރަން ހިފާފަ، މިކަހަލަ ކިތަންމެ ޝޯޝަލްމައްސަލައެއް ތިޔަފްލުތާހެދިފެންމަތި ވެފަވަނީ އެތައްއާއިލާއަކަށް

    18
    1
    • ދޮންބެ

      ކައިވެނި ކޮށްގެން ފަސް ހަ ކުދިން ލިބި ފްލެޓް ނުލިބޭ މީހުން ތިއްބާ އަލަށް ކައިވެނި ކޮށް އަދި އެކައިވެންޏަށް ދަރިޔަކު ނުލިބި އުޅެނިކޮށް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި ފްލެޓް ހަވާލުނުކުރަނީސް ވަރިވެފަތިބޭމީހުންނަށްތަ ފްލެޓް ދޭންވީ؟؟؟ މީ އެއްވެސް އިންސާފެއްނޫން.

  10. ހައްވަ

    ދެންވެސް ގަބޫލު ކޮއްބަލަ މިސަ ރުކާ ރުގަ ގާބިލު ކަމެއްނެތްކަން ދައްކާވާހަކައާއި އަމަލެއްދިމާނުވޭ ރ ރައްޔިތުން ވިސްނާ ކައުންސިލް އިންތިހާބު މިއޮތީ ކުރ ރިއަށް

    25
  11. އާބިދާގެ ބޮންދު

    އަގުބޮޑު ވެދާނެތީކުނޫން ކަލޭމެންނައް ކުރަން ނޭގެނީ ކުރިންކިއެއްނު އިންސާނުން އުޅެންވާ ވަރު ތަނެއްނޫނޭ

  12. ކިނބޫ

    ހެޔޮއަގުގަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ބައެއްގެ ދުރުވިސްނުމުން ކޮށްފަ ހުރި މަސައްކަތެއް ކިހިނެއް އެހާ ފަސޭހައިން ބަދަލު ކުރެވޭނީ! ތީ ލަގްޒަރީ އެޕާޓްމަންޓްތަކެކޭ ބަޔަކު ނުކިޔައޭ. ތިތަން ލިބިފަ ތިބި މީހުނާ ތިތަންތަން ހަވާލު ނުކުރަން ތިއުޅެނީ ކޯޗެއް ހަދަންތަ؟ އަނގައޭ ކިޔާބަލަ ތިބެގެން

  13. މޯދި

    ރައިސް ވިދާޅުވި ތިމަންނަ ބުނީމޭ އެއްފަހަރުތިތަން ތަޅާލާށޭ އަލުން އިމާރާތް ކުރިޔަސް މާރަގަޅުވާނެޔޭ ! ތިޔައީ އިންސާނުން އުޅެން ހެއުވާވަރު ތަނެއްނޫނޭ.

  14. އަހުމަދު

    ދަރުމަވަންތަ ހަސްފަތާލުވެސް އެއީ ހޮހަޅައެކޭ ގޮވި ބަލަ މިހާރު ކިހިނެއް ވީ އެންމެ ފަހުން ހަމަ އެތަނުން މިހާރު ގިނަ ޚިދުމަތްދެނީ އެތަނަށް ވަންނަ ކޮންމެ އެމް ޑީ ޕީ މީހަކު ހުންނަނީ ސޮނި ވެއްޓި ދެފައި ވެސް ގާތް ކުރަން ނުކެރިފަ އަދި އިސްޖަހައިގެން ހޮސްޕިޓަލުގައި ހިނގާ އުޅެނީވެސް ހެ ހެ