ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުހުތާޒް މުހުސިން އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބައެއް ފަރާތްތަކާއި އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އަޑުފެތުރިއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކިކުރުމުން ސުޕްރީމް ކޯޓުން ދެ ފަނޑިޔާރެއްގެ މަގާމު މިހާރު ހުސްވެފައި އެބައޮތެވެ. އެހެންކަމުން އޭގެ ތެރެއިން އެއް ފަނޑިޔާރެއްގެ ގޮތުގައި މުހުތާޒު އައްޔަން ކުރެއްވުމަށް ރައީސް ޞާލިހް އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުންނާއި ވެސް މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެއެވެ.

ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރު ކޮށެއް ނުދެއެވެ.

މުހުތާޒު ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ކުރީގެ ޖަސްޓިސް މިނިސްޓްރީން ޝަރުޢީ ދާއިރާގެ މަސައްކަތް ފެއްޓެވި މުހުތާޒު ފަހުން ވަނީ ކްރިމިނަލް ކޯޓުގެ ގާޟީ ކަމުގެ މަގާމު ހަތް އަހަރު ދުވަހު އަދާކުރައްވާފައެވެ. އޭނާ ކްރިމިނަލް ކޯޓުގެ ގާޟީ ކަމުން ވަކިވީ 2014 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވަން ނިންމެވުމުންނެވެ.

މުހުތާޒު ޕީޖީގެ މަގާމުން ވަކިކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 11 ގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުމުގައި ބައިވެރިވި ކަމަށް ބުނެ މުހުތާޒު 17 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހު ޙުކުމް ކުރިއެވެ. ނަމަވެސް ވެރިކަން ބަދަލުވެ، ކުރީގެ ޙުކުމްތައް ކޯޓުތަކުން ބާތިލް ކުރިއިރު މުހުތާޒުގެ ޙުކުމް ވެސް ބާތިލްކޮށް އޭނާ މިނިވަން ކުރިއެވެ. އޭނާ މިނިވަން ކުރީ 2018 ނޮވެމްބަރ 22 ގައެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންގެ ނަންތައް ރައީސް ފުރަތަމަ ފޮނުއްވާނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށެވެ. އެކޮމިޝަނުން ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ފަހު ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ރައީސް އަށް ލަފާދެއްވައިފިނަމަ ފަނޑިޔާރުން އައްޔަން ކުރަން މަޖިލީހަށް ނަންފުޅުތައް ފޮނުވާނެއެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއި މެދު ފަހުބަސް ބުނާނީ މަޖިލީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކޮރަޕްޓް މީހުން މިބައިމީހުން މި އައްޔަން ކުރަނީ

    45
    2
  2. ހުސޭނުބޭ

    މާރަގަޅެއްނު! އޭރުން ތިކަލޭގެ ހަދާހެން ފާރުމަތިން އަރައިގެންވެސް ސްޕްރީމްކޯޓު އަމުރު ނެރެވޭނެ! މިހާރުވެސް ނޭގޭ އަމިއްލަ ކޮޓަރީގައި ސްޕްރީމްކޯޓުގެ ވަގު ތައްގަނޑުތައް ނުގެންގުޅޭކަމެއްވެސް!

    8
    1
  3. އަލިބެއްޔާ

    މުޙައްމަދު ނަޝީދު ޖަލަށް ލީ މީނާގެ ޕީޖީ ކަމުގައި.. މީނާއަށް ބާރެއް ދޭ އިރު ވިސްނަން ޖެހޭނެ..

    11
    3
  4. ޢަނިލް

    އަދީބުގެ މީހެއް. ވައްކަމަށް ދެވިހިފާފަ ހުރި މީހެއް

    5
    1
  5. ޝައިޚް

    ޢަދުލު އިންޞާފްގެ ދައިރާއަށް ހުރިހާ އެއްޗެއް ބޭނޭނީ ތިމީހާ ތިތަނަށް ލައިގެންނެވެ. ޔާމީންގެ މައްޗަށް ދޮގު ހެކިދިނުމަށް ގެނައީ ޔާމީންގެ ޢަދާވާތްތެރިންނެވެ. ޔާމީންގެ މައްސަލާގައި ޙުކުމްކުރުމަށް ލީ ޔާމީންގެ ޢަދާވާތްތެރިއެކެވެ. ދެން ދިމާވާގޮތަކުން މައްސަލަ އިސްތިޢުނާފްކުރަންޖެހުނަސް އެތަންތަނުގެ ފަނޑިޔާރުންގެގޮތުގައި ޔާމީންގެ ޢަދާވާތްތެރިން ބޭތިއްބީމާ ރަގަޅުވާނެއެވެ. އެހެނަސް ހަނދާންބހައްޓަންވީ ކަމަކީ އަޅުތަކުންގެ ތަދުބީރުގެމައްޗަށް ﷲ ތަޢާލާގެ ތަޤްދީރުފުޅު ގަދަވެގަންނާނޭކަމެވެ.

  6. އިޙްލާސް

    މިކަހަލަ އަނގަހުތުރު އެޅިހާ ބަތަކަށް ރިހަ ކިޔާމީހުން ލީމިތާ، ބޭނުވާ ގޮތަށް ހުކުމްތައް ނެރޭނީ، އިންސާފޭ ހަމަހަމަކަމޭ ތިންބާރޭ ގޮވަމުން ވެރިކަމަށް އައި ބޭފުޅުންނަށް، އަތްނުބާނާތަނެއް މިހާރަކު ނެތެވެ.

  7. މަހީހީ ހަލާކު. ގައުމު ހަރާބު

    ވަޓް އަ ޖޯކް.