ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ ފަނޑިޔާރު ކަމުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

މުހުތާޒް ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވީ 29 އަހަރު ހިދުމަތް ކުރެއްވުމަށް ފަހުއެވެ. އޭނާ ރިޓަޔާވީ އަމިއްލައަށް އެދިވަޑައިގެންނެވެ.

މުހުތާޒް ވަނީ ޑްރަގް ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ވެސް ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީކަމުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު ޑްރަގް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ބައެއް ބޮޑެތި މައްސަލަތައް މުހުތާޒް ބެއްލެވިއެވެ. އޭގެ ތެރޭގައި މަރުތަކާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ވެސް ހިމެނެއެވެ.

މުހުތާޒްގެ އިތުރުން ފަނޑިޔާރު ކަމުގައި 32 އަހަރު ހޭދަކުރެއްވި މެޖިސްޓްރޭޓް އަހުމަދު ޝަރީފާއި 26 އަހަރު ޚިދުމަތް ކުރެއްވި އިބްރާހިމް މުނީރު ވެސް ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަހުމަދު ޝަރީފަކީ ވަރަށް ގިނައިން ރިޝްވަތު ކޭ މީހެއް. ކޯޓުގައި އުޅޭ ބައެއް އަންހެން ބިޓުން ބުނާ ގޮތަށް ވެސް އަހުމަދު ޝަރީފު މައްސަލަ ނިންމާފައިވޭ. މުޙްތާޒު ފަހުމީއާ ބެހޭ ގޮތުން އެފަދަ އަޑެއް އަރާފައެއް ނެތް.

  2. ސޯލިހު

    ވަގު ގާޒީ ހާދަބަޔަކައް މީނަ ހުންނާނެޔޭ ނާ އިންސާފުން ހުކުމް ކޮއްފަ ލާރި ދިނީމަ އޯކޭވިއްޔާ