ޕްރޮސެކިއުޓާރ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވުމަށް ފާސްކޮށްފިއެވެ.

ޕީޖީ ބިޝާމް ކޮމެޓީ އަށް ހާޒިރު ކުރުމަށް ނޯޓިސް ދިނުމަށް ފާސްކޮށްފައިި ވަނީ މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުު ވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބިޝާމް ކޮމެޓީ އަށް ހާޒިރު ކުރުމާއި ދެކޮޅަށް ވޯޓި ނުދެއްވާ ހަމައެކަނި މެންބަރަކީ ގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ރިޒާ އެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމީ އިއްޔެގެ މަޖިލީހުގައި. މަޖިލީހުގައި ޕީޖީގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިއުމަށް ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ކުރިން ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ފާސްކުރި އެވެ. ނަމަވެސް ފަހުން ހަމަ އެކޮމެޓީން ވަނީ އެކަން ބާތިލް ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރުން ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރެއްވުމުން އެ މައްސަލަ އަށް ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

އިއްޔެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރުތަކާއި ކޮރަޕްޝަނާއި ހައްދުފަހަނަޅައި ދިއުން ފަދަ މައްސަލަތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓް ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ޕީޖީން އެޅިފައިނުވާ ކަމަށް މެމްބަރުން ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ ޕީޖީގެ އިތުބާރު ނެތް މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމެޓީ އަށް ނަޝީދު ވަނީ އަންގަވައިފަ އެވެ.

ޕީޖީ މަގާމުން ވަކިކުރެވޭނީ ކޮމެޓީން އެ މައްސަލަ ބެލުމަށް ފަހު އެކަން ތަޅުމަށް ހުށަހެޅުމުން ތަޅުމުގައި ނަގާ ވޯޓަކުންނެވެ.