ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 5 އަހަރަށް ޖަލަށް ލާން މިއަދު މިވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ. އެމަނިކުފާނަށް ހުކުމް އިއްވުމާއެކު ރައީސް ޔާމީނުގެ މޫނުމަތިން މޮޅިވެރިކަމާ ހިތާމަވެރިކަން ވަނީ ފެނިގެން ގޮސްފައެވެ.

މަންޒަރު ފެންނަ ގޮތުގައި، އެމަނިކުފާނު ހުންނެވީ ފެންކަޅިވެފައެވެ.

ރައީސް ޔާމީން ވަނީ ޝަރީއަތް މެދުކަނޑާލުމަށްފަހު ގާޒީން މަޖިލީހުން ބޭރަށް ވަޑައިގަތް ގަޑީގައި ކޮޅަށްވެސް ތެދުވި ވަޑައިނުގަންނަވައެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެ މައްސަލަ ބެއްލެވި، ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެމަނިކުފާނަށް ކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމުގެ ހުކުމެވެ.

މިއަދުގެ މަޖިލީހުގައި ފަނޑިޔާރުން ވަނީ މަނީ ލޯންޑަރިންގެ ޝަރީއަތުގައި ފާހަގަވެފައިވާ ކަންތައްތައް ޝަރީއަތުގެ މަޖިލީޙުގައި އިިއްވާފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އިސް ގާޒީ، އަލީ ރަޝީދު ވިދާޅުވެފައީ އެސްއޯއެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަމާއި، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކުރިކަމާއި އަދި މައްސަލަ ނިމެންދެން އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރިކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

75 ކޮމެންޓް

  1. ބުރޯ

    ފެންކަޅިވާނެ ކަމެއްނެތް ހުރިހާ ޕާޓީތައް އެއްގަލަކަށްއަރާނެ މަގު މިފަހިވީ

    85
    258
    • ވަގުކަލޭގެ

      ވަގުން ފެންކަޅިވިޔަސް ރައްޔިތުންނަށް އޯކޭ. ރައްޔިތުންގެ ފާސާއިން ވައްކަންކުރާ އެންމެންނޭ ދެންވެސް ރަގަޅަށް އުޅެވޭތޯބަލާ

      184
      271
      • ގަންޖާ ކިބޫ

        އެއްމެބޮޑު ވަގު އެހުރީ ވެރިކަމުގަ ބާލަންހިގާ.. ދެންތިބި ވަގުންއެތިބީ މަޖުލިހުގަ ނެރެންހިގާ.. ބާކީ ވަގުން ސަރުކާރުގެ ވަޒީރުންތެރޭގަ.. ލޯކަނު ގާނޫނެއްވީމަ މިކަމެނުފެންނާނެ..

        313
        108
    • ކެކެކެ

      ރީނދޫ ގުންޑާއިންގެ ފުރަތަމަ ނޫސް "ވަގުތު". ސާބަހޭ ވަގުތުގެ ހީވާގި ޓީމަށް.

      9
      12
    • އައްޑޫ މީހާ

      އެހެންތަ ގަމާރެއް ދޯ ތިޔައީ؟

      3
      2
  2. ޢަލީ

    ކޮބާ ޔާމީން އެކަނިތސ ފައިސާ ކެއީ އަދީބް މެން ކޮބާ އަދި އިތުރައް ނެރުނު ލިސްޓް ތަހްގީގް ކުރުމައްފަހު ފިޔަވަޅު އަޅަނޖެހޭ

    380
    23
  3. Anonymous

    ޔާ ﷲ ، ރައީސް ޔާމީން މިކަމުގަ ފްރޭމް ކުރި އެންމެންނަށް އެކަމުގެ ހިތި ދެދުނިޔޭއިންވެސް ދައްކަވާ ނިކަމެތި ކުރައްވާންދޭވެ.

    387
    108
    • ޓިނު

      ކިހިނެއްތަ އިނގެނީ ނުކުރާކަ މެއް

      46
      79
      • އައްޑޫ މީހާ

        ޝަރީއަތް ކުރިޔަށް ގެންދިޔަ އިރު ޓީވީ ބެލިންތަ؟ ހޭބުއްދި ހުރީ ރަނގަޅަށްތަ؟

        5
        2
    • ނޫޑުލްސް

      ޔާ ﷲ، މި އުޅޭ މޮޔަ ޕޕމ ކުދިންނައް ހެޔޮވިސްނުން ދެއްވާންދޫވެ. އާމީން.

      30
      39
      • Anonymous

        ޔާ ﷲ، މި އުޅޭ މޮޔަ ލާދީނީ އެމް.ޑީ.ޕީ ކުދިންނައް ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން

        29
        7
        • Anonymous

          ގަމާރު ޕީޕީއެމް ކުދިން އެއަށްވުރެ ގަމާރު ކުރައްވާދޭވެ

          3
          6
      • އައްޑޫ މީހާ

        ކަލޭމެން އެމް.ޑީ.ޕީ ލާދީނީ ބައިގަނޑު އެކަނިތަ މިގައުމުގަ އުޅެން ޖެހެނީ

        8
        2
  4. ގޫބެ

    ފަސްފަނޑިޔާރުންނަށް ކޮންމެ ފަނޑިޔާރަކަށް އެއްމިިލިއަން އަޒާބު ދެއްވާނެތެވެ ވަﷲ އައުލަމްް.

    242
    77
    • ނޫރު

      އާ މީން ޔާރައްބުލްއާލަ މީން

      65
      18
  5. Anonymous

    ހިތްވަރުކުރޭ ތިޔައީ މިގައުމަށް އުފެދުނު އެއްމެވަރުގަދަ ޝަޚުސިއްޔަތު، 2019ގެ ރިޔާސީ އިންތިޚާބުގަވެސް މަނިކުގާނަށް މިގައުމުގެ ރައްޔިތުން ދެވަނަ ދައުރަކަށް ރައީސުކަމަށް ހޮވާދިން، އިލެކްޝަންގައިތިބި ޢައްދާރުން ރިޝްވަތަށް ލާދީނީ އެމްޑީޕީ ބައިގަޑަށް ގައުމު ވިއްކާލީ، އެމްއެމްޕީއާރސީގެ ފައިސާ ބޭނުންކުރި ލިސްޓުގައިވާ މަޖިލިސް މެމްބަރުންނާއި އެހެންމީހުންނަށް ޝަރީއަށް ނުހިންގާ އެއްމެމީހަކަށް ޝަރީއަތްހިންގުމަކީ ބޭއިންސާފު ލާއިންސާނީ ޖަރީމާއެއް، އަދި އެކަމުގެ މައިވަގު އަދީބުއާއި ޒިޔަތު މިހާރު މައުސޫމު ހުދު ކާފޫރުކޮޅަކަށް ހަދާފައި މި ބޭއިންސާފު ޝަރީއަތްހިންގި ސަރުކާރާއި ހުކުމްއިއްވި ފަނޑިޔާރުންނަށް ދެދުނިޔޭގައި ﷲގެ ކޯފާއިގެރަހަ ފޮނުއްވާށިި އާމީން.

    244
    60
  6. ތިޔަ ދިޔައީ

    ބަލަ މިވީހާދުވަހު ހުރިގަޓްކިހިނެއް ތިވީ
    ޔާ މީނު ވީމ މާ ފުރޭ މް
    ޔާ މީނުވެރިކަ މުގަ ހަށްގަކާނުލާ އިންސާފުން ބޭރުން
    ކިތަށް ޖަރީ މާ ހިންގި ނާޒި މު ޤާސި މު މައު މޫނު ފާރިސް ގާސި މުގެދަރި އި މުރާނު އެތަށްއެ މްޕީންނެއ
    ސްޕްރި މްކޯޓް ފަނޑިޔާރުން ޖަލަށް ލީ ނަހައްގުން
    ކިތަށް މީހުން އެހަނދާން އަދި ނެތޭހާދުވަހެއް
    ނުވެއެއްނު ! ކޮބާ އޭރު އަތްޖެހި މީހުން މިހާރު ހާދަ އަވަހޭ ހަނދާންނެތުނުލެއް😠
    ގައި މު މިހާރުއެއްމެނަށް ފެއްނަގޮތަށް ދޯޝަރީއަތްކުރީ
    ދެން ކޮން ބަޑިތަކެއް ތިތަޅަނީ ފެން ނެއް ތާނގަ

    84
    158
    • ރޮނޑާ

      އެންމެން ކުރިމަތީ ކުރީމާ އަނިޔާއެއް ދިނީކަން އެންމެނަށް ސާފުވެ އެނގުނީ. ޔާމީނުގެ ވެރިކަމުގަ ނުހައްގުން ހިނގި އެއްވެސް ކަމެއް ނުދެއްކޭނެ. އަނގަ އޮތީތީ ގެޅިޔަކަސް ނުވާނެ.

      13
      8
      • އިންނާނީގަޅާލާފަ

        ދެން ފިއްތާލާ. ޅޮލް

        3
        1
    • އައްޑޫ މީހާ

      އަސްލުވެސް އެމް.ޑީ.ޕީ މީހުން ރުޅި އަންނާނެ މި ގައުމާއި އިސްލާމް ދީނުގެ ހައްގުގައި ވަކާލާތު ކުރާ ކޮންމެ މީހަކާ ޒާތީވާނެ ހޭބުއްދި ފިލާފަ ހަމައިން ނެއްޓިފަ ތިބޭ ބައެއް އެމ.ޑީ.ޕީގަ ތިބެނީ މިއީ ހަގީގަތް މިހެން ކިޔަން ޖެހެނީ އެމް.ޑީ.ޕީ މީހުންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތުން އެހެނިހެން އިންސާނުންގެ އުޅުމާއި އަޙްލާގީ މިންގަނޑާ އަޅާ ބަލާފަ އެއްވެސް އަހްލާގީ ރިވެތި ސިފަތަކެއް އެމް.ޑީ.ޕީއަށް ނިސްބަތްވާ މީހުންގެ ކިބައިން ނުފެންނާތީ ހަމަ ވަރަށް ރަނގަޅަށް ބަލާފަ މިބުނީ ރުޅި އަޔަސް ހަޖަމް ކޮށްލާ

      4
      3
  7. ދޫނި

    ތިކަން ވެސް ތި ނިމުނީ.. ފުރައްސާރަ ނުކޮށް މުސްލިމުންގެ ގޮތުގައި ތިބެމާ..

    117
    13
  8. Anonymous

    ޢެމްއެމްޕީއާރސީގެ ފައިސާ ބަސްތާއެއް މިހާރުގެ ރައީސު އިބޫ ސާލިހުވެސް ގެންދިޔަ ވީޑިއޯއެއްވެސްވަނީ ފެނިފައި އަދި އެފައިސާގެ ވެރިކަންހިންގި އަދީބު މީޑިއާއަށްވެސް ހާމަކުރި ރ.އިބޫސާލިހުވެސް 33މިލިޔަން ޑޮލަރު ހޯދިކަމަށް. މިޝަރީއަށް މިދުނިޔޭގާ ނުހިންގައި މަޙުޝަރު މައިދާނުގައި ކުރިޔަށްގެންދަން ބެހެއްޓީތޯ؟؟؟

    121
    26
    • ރޮނޑާ

      އަޒާބުގެ ރަހަ ގަދަވާނީ އޭރުންތާ.

      6
      3
  9. ޖަޒްލާން

    އަލްހަމްދުﷲ

    37
    80
  10. އައި

    މިސަރުކާާުުރުު ވެއްޓޭނެ...

    130
    26
  11. އަލްޖިބްރާ

    ތަންތަނުގެ ފުރާޅުން ޓިނުނަގާ ، ދަން ވަރު ކޯޓުތަށް ހުޅުވައިގެން މީހުންގެ މައްޗައް ޣައެރު ޤާނޫނީ ހުކުމްތަށް ތަންފީޒު ކޮށް ތިމާއާއި އިދިކޮޅު އެންމެން ނުހައްޤުން ޖަލަށްލާ ރާއްޖޭގެ ބައިތުލްމާލު އިން ވައްކަން ކުރަމުން ދިޔައިރު ދެލޮލުން ކަރުނަ އަޅަން ޖެހޭފަދަ ދުވަހެއް އަތުވެދާނެ ކަމަށް ޤާބޫލު ނުކުރާ އަނިޔާވެރިންގެ ނިމުން އަންނަގޮތް ޚުދު އެމީހާއަށްވެސް ނޭގޭނެ ! މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ ! ދެން ޖަލުގަ މަޑުކޮށްލާ ! ހިތްހުއްޓިގެން ހޮސްޕިޓަލަށް ނުގެންދިޔައީވިއްޔާ ރަގަޅު !

    46
    92
    • Anonymous

      އިންޝާ ﷲ ތިކަން ރައްދުވާނެ ވަރަށް އަވަހަށް ބޮލުގެ ރޮދި ކެނޑިފައިވާ އަލްޖިބްރާގެ ސަނާކިޔާ ރަންނަމާރިއަށް.

      32
      8
    • ގަންޖާބޯ

      ޢައިރުގާނޫނީ ހުކުމެއް ތިޔައިން އެކަކަށްވެސް ކޮށަފައެއް ނޯންނާނެ. ތިބުނާ އެބްމެންނަކީވެސް މިހާރުވެސް ފަހުންވެސް އަބަދުވެސް ޖަލުގަ ތިބެންޖެހޭ ބައެއް. އެއީ ގައުމަށް ހުރި ބޮޑެތި ނުރައްކާތެރި ބަލާވެރިންނަށް ވާތީ. އރމުސޯބާތްތައް ޖަލުގަ ހމިާރު ނެތީ ލިބެން އޮތް ކެކުޅުމުގެ ވަރުގަދަކަމުން ކަމަށް ވުމަކީ ވަރަށް ގާތް ކަމެއް

      4
      4
  12. ފައްރާރު

    ވަގު ލާރިބް އެޅި ބްރިޖް ޢޯކޭ. ޔާމިން ނޫނޭ ވަގުލާރި ކެއީ ބަލަ ރައްޔިތުންނޭ ކެއީ

    64
    20
  13. އަމާ އަދުރޭ

    ސައިތާނު އިންވައްތަރު. ޔާމިނަކީ ހަމަ ބޮޑު ވަގެއް

    41
    111
    • ބަފާ އަދުރޭ

      ޝައިތާނާއަށް ހީވާނީ ދެންވެސް ތިބޭނީ ޝައިތާނުންކަމަށް. ބޮޑު ވަގުން އެއީ ކަލޭމެންގެ ރަންނަމާރިއެއްނު.

      7
      3
  14. Anonymous

    މީގައި "ތިޔަ ދިޔައީ" ނަމުގައި ކޮމެންޓްކޮށްފައިވާ ފަރާތަށް ބުނެވޭނީ ޔާމީނުވެރިކަމުގަ ހަށްގަކާނުލާ އިންސާފުން ބޭރުން
    ޖަރީމާ ހިންގައި ހުކުމް ކުރިކަމަށް ލިސްޓްކޮށްފައިވާ ނާޒިމުއަކީ ގަވާއިދާއި ޚިލާފަށް ގޭގައި ފިސްތޯލައެއް ބަހައްޓައިގެން ހުރި މީހެކޭ، ބުރުމާޤާސިމަކީ މީރާއަށް ދައްކަންހޭ ރައްޔިތުންގެ ޓެކްސް ފައިސާ އެތައްމިލިޔަނެއް ނުދައްކާ ހިފަހައްޓައިގެންހުރެ ރިޝްވަތަށް މަޖިލިސްމެމްބަރުން ގަތުމުގެ ޖަރީމާހިންގި މީހެކޭ، މައުމޫނުއަކީ ސުޕުރިންކޯޓު ފަނޑިޔާރުންނަށް ރިޝްވަތްދީގެން ފެބްރުރައީ 1ގައި ބޮޑުހަނދުކޭތައެއް ހިފުވި މީހެކޭ، ފާރިސްއަކީވެސް މަޖިލިސްމެމްބަރުން ރިޝްވަތަށްގަތުމުގެކުޅި ހިންގިމީހެކޭ ގާސިމުގެދަރިއަކީ މިދެންނެވި ހުރިހާ ރިޝްވަތުފައިސާގެ ޖަރީމާ ހިންގި މެނޭޖަރޭ، އިމްރާނުއަކީ ރ.ޔާމީނުބޮލުގައި ދޮގު މަރުތުހުމަތެއްއަޅައި ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ޖަރީމާ ހިންގި މީހެކޭ، މަޖިލީހަށްނޔ
    ޫވެއްދި މްޕީންނަކީ ރިޝްވަތަށް ވިކިގަތްބައެކޭ، ހުކުމްކޮށް ޖަލަށްލި ސްޕްރިމްކޯޓްގެ ފަނޑިޔާރުންނަކީ ރިޝްވަތަށް ވިކިގެން ގަވާއިދާއި ޚިލާފު އަމުރުތަކެއްނެރި ބަޔެކޭ، ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތަކީ މިއީ، މިހުރިހާޖަރީމާއެއް ބަޔަކުހިންގިއިރު ސަރުކާރު ލޯމަރައިގެން އޮންނަންތަ ޖެހެނީ. މީހުން މިހަނދާންތައްވެސް އަދި ނެތޭހާދުވަހެއް ނުވެއެއްނު😁 !

    71
    23
    • 1111

      ގެޓް ރިއަލް ބްރޯ! އެންމެ ކުޑަމިނުން ރ.ޔާމީނު ވީމާ ކާފޫރުކޮޅަކަށް ހަދާ ވިސްނުން އަދުލުވެރިތޯ! އިންސާނާގެ ކިބައިވާ ކުށްކުރުމުގެ ފިތުރަތު ރ.ޔާމީނުގެ ކިބައިން ވަނީ އުފުލިގެންތޯ! ތިބުނާ ޢަދުލުވެރިކޮށް (ފަހުގެތާރީޚެއްގައި) ރާއްޖޭގައި ޝަރީޢައްހިންގާތީ އެބަފެނޭތޯ!

      20
      77
    • Faathuma

      ޔާމިނަކީ ދެންމެ ވިހޭ ކުއްޖެއް ފާފަ އެއް ނުހުންނަާނެ

      10
      16
  15. ޝޮކްތެރަޕީ

    ރާއްޖެ މިދަނީ ފަހަތަ. އިންޑިޔާގެ މުށުތެރެޔަ. މީގެ ހިތި ދިވެހިން ކުރާނެ.

    96
    18
  16. Anonymous

    ރައްޔިތުންގެ ލޮލުން އޮހޮރޭކަރުނަ މާގިނަ ވާނެ.
    ފާޑުފާޑުގެ ކޮމެންޓް މިކުރަނީ. މިއަދު މިޤައުމުގެ ދީނާއި މިނިވަންކަން ދިފާޢުކޮށް ދެއްވާނޭ ވެރިއަކީ ހަމަ އެކަނި ރ. ޔާމީން .ތިރީސް އަހަރު މިޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް ނުކެރު ލާދީނީ ޖަމްޢިއްޔާ އުވާލާށޭ ބުނެލަން ވެސް . މިޤައުމުގައި މިހާރު ހުރި ލާދީީނިއްޔަތަށް ހިތްވަރުދޭ ވެރިޔާ ދެން ކަންތައް ކުރާ ގޮތް ބަލަން ތިބެބަލަ އަތްޖަހަމުން. .

    72
    19
    • ގަމާރުމޯލްޑިވިއަން

      ހާދަ އަސަރެކޭ މި ކުރަނީ މި ކަލޭގެޔަށް

      18
      38
      • Anonymous

        ގަމާރުމޯލްޑިވިއަން އަށް ލާދީނީ މީހަކަށް ކަމެއްވެއްޖިއްޔާ ހަމައެކަނި އަސަރުކުރާނީ.

        6
        3
  17. އަބުޅޮ

    ޔާމީނު ވެރިކަމުގެ ބޭސްފަރުވާ އިން މަހުރޫމްކުރުވާ މަރާލި އަބްދުﷲ ރަޝީދު އާއިލާޔާ ބައްދަލުނުވެ މަރުވެގެން ދިޔައިރު ވަރަށް ވޭން އަޅާނެ. އަދި އޭނާގެ ތުއްތު ދަރިފުޅާއި ހުވަފަތްވި އަންބިމީހާގެ ލަގޮންޑިއަށްވެސް ކެތެއް ނުވާނެ. ޔާމީނު އޮންނަވާނީވެސް އެހެނިހެން މީހުން ތިބޭކަހަލަ ގޮޅިއަކުވެސް ނޫންތާ

    21
    46
  18. ޖަޒީރާ ރައީސް

    ބަސްނާހާ ކުދިންނަށް ވާނީ ތިހެން

    21
    39
  19. ސޮނިފުހޭވިތް ޔާމީން

    ﷲ އީ ދޮގު ހެކިދޭ މީހުނާއި ބޭއިންސާފުން ހުކުމް ކުރާ މީހުންނަށް ނުރުހުމުގެ ބަސްފުޅު ވަހީ ކުރެއްވި އިލަާހެވެ އަހަރުމެން ވަކީލް ކުރަނީ ﷲ އަށެވެ އެކަލާންގެއީ އަލް ޢަދުލް އެވެ އެކަލާންގެ ބޭއިންސަަާފުވެ ވޮޑިނުގަންނަވާނެއެވެ މިއަދަކިިީ ދިވެހިންނަށްހިތްދަތި ދުވަހެއްކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ ދުނިޔޭގެ އެންމެ ރަނ ގަޅު އެންމެ މަާތް އިންސަަާނާގެ އެންމެ ލޯބިފުޅުވާ ކަާފަ ދަރިކަލުން އިމާމް ހުސައިން ވެސް ބޭއިންސަާފުން ބާޣީންގެ އަތުންއަނިޔާ ލިބިފައި ވޭނޫންތޯއެވެ މުޅި އިސްލަާމީ އުންމަތުން ލޭކަރުނަ އޮހޮރުނެވެ ޣައްދާރުން އަބަދުވެސް އެކުޅިގަނޑު ކުޅޭނެއެވެ އެއީ ޣައްދާރުންގެ މަސައްކަތެވެ

    50
    4
  20. މަހާރެހެންދި ފާތުމަ

    ފިނޑި އެެއް

    17
    40
  21. ފާތުމަ މިސްކިތް

    މިއީ ގަޓު ރައީސް ތަ.

    36
    9
  22. މުޙައްމަދު

    ރޯނެ ކަމެއްނެތް...ތި ބޭފުޅާ އެތަކެއްބަޔަކަށް އަނިޔާ ދިންދުވަސް ހަދާން ވާނެ ވަރައް ރަގަޅަށް

    24
    43
    • އަލްޖިބްރާ

      އެއްވެސް މީހަކަށް އަނިޔާއެއް ނުދޭ އެބޭފުޅާ. އަނގަ އޮތީތީ ކޮންމެ އެއްޗެކޭވެސް ކީދާނެ.

      5
      5
  23. އަލީ

    ޔާނުތީ ބޮޓެއް

    13
    30
    • Anonymous

      އަލީއަކީ ބޮޓެއް

      4
      5
  24. މިޒޫ

    ސޭޑް...

    28
    11
  25. ހުޝާމް

    ފެންކަޅިވާނެތާ؟ މިރާއްޖޭގެ އިންސާނިއްޔަތުގެ ކަންފުޅެއް ނެތް މީހުން ގިނައީ. ރައީސް ޔާމީނު ދިވެހި ރައްޔިތުންނަށްޓަކައި 5 އަހަރު ވީއިރު ނުކޮށްދެނީ ކޮންކަމެއްތޯ؟
    1- މާލެ އަދި ހުޅުމާލެ ބުރިޖަކުން ގުޅާލުން.
    2- ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށްޓަކއި ހުޅުމާލޭގެ ޓްރީ ހޮސްޕިޓަލެއް އަޅާ ދިވެހި ރައްޔިތުންނަށް އެޚިދުމަށް ލިބުން.
    3- އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ އިމާރާތްކުރުން.
    4- ދިވެހިރައްޔިތުންޓަކައި މާލޭގެ އެކިސަރަޙައްދުތަކުގައި މަޑުކޮށްލާނެ ތަންތަން ހެދުމުގެ އިތުރުން ރަސްފަންނުގެ ހެދުން.
    4- ދިވެހިރައްޔިތުންގެ ހައްޤުގައި ހުޅުމާލެއިން ތަނެއް ހިއްކުމަށް ފަހު އެތައް ހާސް ފުލެޓުއެޅުން... މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ނުކުރެވުނު އެތައް ކަމެއް ކޮށްދިނުމަށް ފަހު ޖަލަށް ދާންޖެހުން... މިއީތޯ އިންސާފަކީ؟؟؟

    57
    15
    • ޙަސަނު

      އެއީ އޭނައިގެ މުދަލުން ކުރި ކަންތައްތަ

      15
      20
      • ޢެއްމެ އިގޭ މީހާ

        ތިހެން ކަމަށް ލަފާ ކުރެވެނީ. ހާމަ ކުރާގޮތުން ދިވެހި ރާއްޖޭގެ މާލިއްޔަތުގަ އެއްވެސް ފައިސާ އެއް ނެއް ނޫންތޯ.. އެހެންކަމުން މި ސަރުކާރުގަވެސް ނުވޭތާ ކަމެއް.

        13
        3
      • ރައުސުލްމާލް

        އިބޫ ގައުމު ތަރައްގީ ކުރަނީ އޭނަ ވޮލެޓުން ވީމަ ތަރައްގީ ގެ ދުވެލި އެހާ ބާރު މިނެއްގަ އެދަނީ 😂

        14
        4
    • ގަސް

      ހުރިހާ ކަމެއްވެސާ ކޮށްދިނީ މާލެއަށްތަ؟

      5
      1
  26. ވަގޭ

    މި ވެރިކަންް ނިމޭކަށް ދެންމާގިނަދުވަހެއްް ނެތެއްނު ކެއްކޮށްލާ ޔާމީނުގެ ސަޕޯޓަރުން.

    36
    7
  27. ޖާބިރު

    ކޮބާ ޖާބިރު ދާނެއެއްނު ބައްދަލު ކުރަން

    10
    6
  28. އައި ސީ!

    މިވެސް ނާޤާބިލު ލާދީނީ ސަރުކާރެއް. ޔާމީނަކީ ސީދާ ބޮޑު ޚިޔާނަތްތެރިއެއް. އެކަމަކު ތަރައްޤީ ގެންނަން ދައްނަ ޖީބަށްވެސް ކަޅާލޮށްލާ ވަގެއް. ކީއްކުރާނީ. ދިވެހި ރައްޔިތުން މޮޔަ ނުހެދި ހިންގަވާ ރަނަގަޅު އިންސާފުވެރި ވެރިޔަކު ދެއްވުމަށް އެދި ދުޢާ ކުރަމާ! ބޯހަލާކު. އެއްވެސް ބްރެއިން ވޮޝިން އެއްގައި ނުޖެހި ތިބެން ދަސްކުރަމާ. ސުބުޙާނަ ﷲ ރަނގަޅު ހަމަ އެކަކުވެސް ނެތީބާ؟ ﷲ އަކްބަރު.

    12
    11
    • މާވަގު

      ތިބުނާގޮތުން ރަގަޅުމީހަކަށްހުރީ ކަލޭއެކަނި.. ޔާމީން ވަގަކަށް ވަންޏާ ކަލޭވެސްތީ ބޮޑުވަގެއް.. މިއަދުގެ ހުކުމުން ޔާމީން ވަގަކަށްހެދީ ވަގު ފައިސާއިން.. ތަހުގީގެއްގަ ސާބިތެނުވޭ ވަގުގެ އެއްމެ ފައިސާފޮއްޗެވެސް..

      22
      6
  29. maaniya mas

    Sodu goleah

    6
    12
  30. ވަގުތު ނޫސް

    ތިތާގަ ހަމަގަ ހުރިމީހަކު ނެތީތަ ނޫސް ލިޔަން......ޕިސް ޕިސް

    4
    8
  31. އަހުލް

    ބޮޑުވަގު......،........

    8
    12
  32. ބިޖޫ

    ކުދިންނޭ ހާސްނުވޭ މިއޮތީ ތިޔަކުދިންނައް އިބްރަތެއްގެގޮތުގަ ސަދޫމް ސިޓީ ފެނިފަ އެތަނުގަ ކުރާހުކުންތައްވެސް ހަމަލޮލަްފެނި ދެކަންފަތައް އިވިފަ ވިސްނާފިކުރު ކުރާމީހަކައް މިވާނީ އިބްރަތަކައް މަތް ﷲ ގެ ވާގުފުޅާލައިގެން މިވެރިކަން އެވެރިންނައް ހިތްތަކައް އުނދަގު ގޮތަކައް ނިންމަވާދެއްވާނދޭވެ އާމީން

    15
    6
  33. ސަޅި

    30 އަހަރޭ ކިޔައިގެން ކޮން އަގަޔެ ތިތަލަނި ފުރަތަމަ ތިމޮލު ޔާމިންވެސް ތުއްދޮންބެ ކިއިރިން ދަރިވަރިވަރުވި ގޮލަޔެއް އެއީ އިގިލިކުރިލައިގެން އެވަރުކުރި ދެންކޯޖެކޭކިޔަނިތި

    2
    1
  34. ބުރޯއަށް

    ކަލޯ ބުރޯ ރައީސްޔާމީން ހާދަ އަވަހައް ހިތުގަ އޮތް އެތިތިބޭރުކޮށްލީ ހާދަ ދަހިވެފަ ބުރޯއެގޭތަ ރައީސް ޔާމީންގެ ފިކުރު އެމަކިކުފާނުގެ ފިކުރަކީ އިސްލާމްދީން ދެންކިހިނެއް ބުރޯ އެ ގަލައްއަރާނީ ބުރޯ ތީ ހިބަރުވަދުމީހެއްނު ދޯ ބުރޯއައް އެގޭތަ ޕޕމ ގައިރައީސްޔާމީން ފަދަ ދެވަނަ ޔާމީނެއްހުރި ކަން ނޭގޭދޯ ރައީސް ޔާމީން ފަދަހިތްވަރު ގަދަކެރޭ ގަޓުރުރިއަދި އެހާމެ ހެޔޮލަފާ މައުސޫމް ދެވަނަ ޔާމީނުއެއް އެބަހުރިޔޭ އެގޭތައެއީ ކާކުކާން އެބޭފުޅަކީ ސައްކެއް ވެސްނެއް ގޮތުގައި އެފަދަދެވަނައެއް ނުވާ އެމަނިކުފާނުގެ ކޮއް ކޯފުޅު އެހެން ވީމމާ ހިބަރުވަދަކައް ޕޕ އަކުންޖާގައެނެތް ބުރޯ ދެން ވަރަށްސަލާމް

    3
    2
  35. ރޮނޑާ

    ފެންކަޅިވާނެ ކަމެއް މިއަދުކުނެތް. ޒަމާންތަކެއް ވެއްޖެ ވައްކަންކުރަމުން ރެކެމުންދާތާ. ވައްކަންކުރާއިރު އެގެންވާނެ މިނޫން ދުވަހެއްވެސް އަންނާނެކަން. މިއަދު މިފެންނަނީ އެދުވަސް. ރަގަޅުވެ ސާލިހު މީހަކައްވެގެން މުޖްތަމައު އައް އަލުންނިކުންނަން ލިބުނު ރަގަޅު ފުރުސަތެއް. އެކަމަކު ހީއެއްނުވޭ ލިބުނު ފުރުސަތުގެ ބޭނުން ހިފޭނެހެނެެއް. ފަހަތުގަ ތިބީވެސް އިބްލީސް އައްވުރެން ނުބައި މީހުން. އެގި ފެނިގެން ކުރި ވައްކަން ގަބޫލުނުކުރާނެ ކަން މިރޭ ބޭއްވި ނޫސްކޮންފަރެންސްގައި އަބްދުއްރަހީމު އިއުލާންކުރި. ނޫސްކޮންފަރެންސް ދިންއިރު ކުރީސަފްގައި ތިބި ހުރިހާ އެންމެންތިބީ ކައްގަނޑުގައި ހިފާ ދައްމާނައް ބާރުކޮއްގެން. ފުއްޕިޔަސް ތިބީ ވަރައް ސައިޒުވެފަކަން އެގޭ.މަވެސް ބޭނުމެެއް ނޫން މިކަހަލަ ދުވަހެެއް ފެންނާކައް.އެކަމަކު ހަގީގަތް ގަބޫލުކުރަންޖެހޭ. މިއަދު ހުކުމް ވަރައްސާފު. މައްސަލައަކީ ފަނޑިޔާރު ގޭގެ މައްސަލަ އެއްނޫން ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް. މައްސަލައަކައްވީ ކުރި ވައްކަން.ރާއްޖޭގެ ރައިއްޔަތުންގެ ވަލިއްޔުލް އަމުރު ވައްކަންކުރީމަ އެއީ ވަރައް ބޮޑު މައްސަލައެެއް. ޝަހީމު މެން ދިފާއުގައި ނުކުންނަވާހަކަ ބުނުމަކީ މަލާމާތް ރައްދުވާނެކަމެއް. އައިބުކަމެއް. އެެއްޗެއް ބުނަން ބޭނުން ނުވިޔަސް ކިހިނެއްތަ ނުބުނެހުރެވޭނީ. ވަގުންގެ ސަފައް އަރާހަމަކުރީމަ. ވަގުންގެދިފާއުގައި ނުކުތީމަ.

    7
    7
  36. ތިޔަ ދިޔައީ

    އަނޯން ފަޅޮހަކަސް ތިޔައީ ބޮލުރޮޖެއް ކަން މިހާރު އެގިއްޖެ
    ބަލަ މޯލާ އެސޮރުގެ އިއުތިރާފްވެފާވަނީ އެސޮރުގެއަށް ނަހަލާލު ފައިސާ ވަތްކަ މަށް
    އަދި އެކަ މަށް ހުކު މެއް ނުވެސް ކުރޭ
    މިޤަވްމު ހިންގަން ހަވާލުކުރީ މަ އެސޮރަށް ޖެހުނީ
    ޑޮލަރުލް މީނިއާ ކިޔާ ބައްޔެއް އެބަލީގަ އެފަކީރު
    އެ އަވަދިވީ
    ދެން ކަލޭމެން ތިބޭ މުޖުރިމަކުސަލާމަތްކުރަން ދުޢާކޮށްލަ
    ކޮށްލާ އެކަލޭގެކުރިހާފާފަތަށް ބޮލުގައަޅައިގެން!
    އިރާދަކުރެއްވިއްޔާ ލަހެއްނުވެ ބާކީހުރިޝަރީޢަތްތަށް
    ފެށޭނެ އަދި ތިޔައީ މުހިއްމު ޚަބަރުގެ ސުރުޚީތަށް
    الحمد لله ދުނިޔޭގަވެސް މުޖުރިމުންނަށް ލިބޭ
    އަޒާބު މިފެއްނަނީ ވިސްނާބަޔަކަށް ޢިބުރަތެއް މިއީ
    ވެސް

    2
    5
  37. ފަހިންދާ

    ދިވެހީންނައް އެބަޖެހޭ ޗާގޯސް އައިލެންޑާސް އައް ލިބުނު ކަހަލަ ފިލާވަޅެއް ލިބި ގައުމާއި ވަތަން ގެއްލި ދުނިޔޭގައި ރެފިއުޖީންތަކަކައް ބަދަލުވާން. މިހާރު މިތިބެނީ ރާއްޖޭގެ ދައުލަތުންނާއި ގާނޫނުން އެންމެހާ އިސްލާމީ ކުލައެއް ފިލުވާލާ ސެކިއުލާ ދައުލަތެއް އުފައްދާ އަވައްޓެރިގައުމެއްގެ އިސްޓޭޓެއްހެން މިތަން ހިންގަން އެއްބަސްވެގެން އައިސް ތިބި ބޭރުބަޔެއްގެ އެޖެންޓުންތަކަކާއި އަދި އަމިއްލަ ރައްކާތެރިކަމައްޓަކާ ގައުމުގެ މިނިވަންކަމާއި ދީން އެވެރިންގެ އަތްމައްޗައް ދޫކޮއްލަން އެއްބަސް ވެގެންތިބި ސިޔާސީ ވެރީންތަކަކައް ގައުމު ދީފައި ފަހުގެ ތާރިޚެއްގައި މިގައުމު އެންމެ ތަރައްގީކޮއް އަދި މިނިވަންކޮއް ހިންގައި ކަނދުރާއަކައް މޫނަކައް ނުބަލާ މައްސަލަތައް ޝަރީއަތްކޮއް ކުއްވެރީންނައް އަދަބު ދިން ވެރިމީހާގެ ބޮލައް މިހާރު ތިބި މީހުން ހިމެނިގެން ހިނގި ޖަރީމާ ކަނޑާލާ އޭނާ ޖަލައްލާފައި ދީނައް ފުރައްސާރަކުރާ ބަޔަކައް ގައުމު ހިބަ ކޮއްގެންނެވެ. މިކަމުގެ ހިތި މާގިނަ ދުވަހެއް ނުވެ އަހަރެމެންނައް ތަޖުރިބާކުރެވި ލޮލުން ކަރުނަ އޮހޮރިޔަސް ދެން އަލުން މިނިވަންކަމާއި އިސްލާމީ މުޖުތަމައު އައް އަނބުރާ ނުދެވޭނެފަދަ ގޮތަކައް މުޅިގައުމު ބަދަލުވެގެން ދާތަން ބަލަން ތިބޭށެވެ.

    2
    2
  38. ހުސޭނު

    ހާދަ އުފާވެރި ދުވަހެކެވެ.

    2
    3
  39. ނިޒާމު

    ޚކޮބާހޭ ތެޔޮވަގު ރިޔާޒު މިޔޭ މައްސަލައަކީ އެމްޑީޕީއައް ދިއައީމާ ހުދުވީތަ ބަލަ ރިޔާޒުވެސް ކާލި 19 މިލިއަންރުފިޔާއަކީ ސަރުކާރުގެ ރައްޔިތުންގެ ފައިސާއޒެ މީ އަޅެ މިއިންސާފު ހޯދަނިއްޔޯ..ކިހާބޮޑު ބަލާވެރިކަމެއްކަހަލަ ވެރިކަމެއްމީ...ތަފާތުކުރުން..ކޮބާ އެސްއޯ އެފުން އަދުން ހުސެންނައް ޖަމާވިލާރިގަނޑު ..މިކަން ބަލާށޭ ތަފާތު ނުކުރާށޭ

    2
    2
  40. އައިސް

    ވަގުވޯޓުން ވެރިކަން ލިބިއްޖެ މަޖިލީސް ލިބިޖެ ފެންފޮދަކާނުލާ ބަޖެޓް ދިރވާލެވިއްޖެ ރައީސްޔާމީންގެ ސަރި ޔަތް ސާބިތު ވިޔަސް ނުވިޔަސް ޖަލަށް ލާނަމޭބުނެ އެފަޑިޔާރަ ކައް ހުކުންއިއްވަން ޖެހިފަވާ ފަޑިޔާރަށް ރައީސްޔާމީން ޖަލަށް ލާން އެފަޑިޔާރަށް މަޖުބޫރުކޮށް އެފަޑިޔާ ރުލައްވާ ރައީސްޔާމީން ޖަލަށްވެސްލެވިއްޖެ ދެންއަން އިންތިހާބަ ކުންވެސް ތިރީދޫ ލާދީނީ ޖާހިލު މުނާގުން ވައްކަން ކުރާނެ ވައްކަން ކޮއް ފިއްޔާ ހުރިހާ ކައުން ސިލެއްވެސް ލިބޭނީ ތިވަގުންނަށް އެހެން ވީމައަސްލު ވަގުން ނަކީ ކޮންބައެއްކަން ވަރަށް ސާފުދޯ ކުރެ ވުނުކަންތައް ގިނަކަ ކަމުން ތުރުއަޅާވަރުން ދޯތިވަގު މުނާފިގުން ތައްއަގަމާތިރި ނުވެ ގެންތިތެޅި ބާަލަނީއެ ހެންވެސް ވާނެ ތިމާ މެންކުރިކަންތައް ތިމާމެނައް ހަޖަމް ނުކުރެވުނީމަ ވަރަށްް ސަލާމް

  41. ސީސޯ

    ކަމަކާ ޖެހުނީމަ ގަޓެއް ނެތެއްނު. ލީޑަރުންނަކީ ތިހާ ފިނޑި ބައެއް ނޫން. މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަ ކުރެއްވި. ނަޝިދު، އިމްރާންް، ކ.ނާޒިމް، އަދީބު ނާއިންސާފުން 10- 13 އަހަރަށް ޖަލަށް ލި. ކޯޓުގައި ރުއިތަނެއް ނުފެނޭ.

    1
    1
  42. ޢަހްމަދު

    ޢެސް މައްސަލަ ދެންއެނިމުނީ. ޢެތައްބައެއް އެކަމުގައި ހިމެނޭ އެކަމަކު ކުއްވެރިޥީ ހަމައެކަނި ޔާމީން. މިއީދޯ މިކިޔާ ޒީރޯޓޮލަރަންސް. ތަރައްގީގެ ބާނީ ޖަލަށް ލެވުނީމަ އެނިމުނީ.

  43. އުތުރުން

    ވަރަށް އަވަހަށް ރ ޔާމީން މިންވަންވެ 2023 އަށް ތައްޔާރުވުމުގެ މަސައްކަތް ފައްޓަވާނެއެވެ އަދި ހަގީގީ މުލިވަގު ކަލޭގެ 25 އަހަރަށް ޖަލަށް ލެވޭނެއެވެ ފިލައިގެން
    ދިއުމުގެ ފުރުސަތު ނުދެވޭނެއެވެ 02 ބިލިއަން ޑޮލަރުން
    ޖުރިމަނާ ކުރެވޭނެއެވެ.

  44. އައްޑޫ މީހާ

    ގައުމު މިއޮތީ މިހާރު ވަރަށް ނާޒުކު ނުބައި ފައްތަރެއްގަ މިގައުމުގައި މިހާރު މިކުރަނީ ބަރުލަމާނީ އަދި ރިޔާސީ މިކްސް ވެރިކަމެއް މިގައުމު އަޅުވެތިކަމެއްގެ ތެެއަށް ވެއްޓި ހަރާބުވާން ދޫކޮށްލުމަކީ މިގައުމަށް ގައްދާރުވާން ތިބި ބަަޔަކަށް ރަނގަޅުގޮތް ކަމުގައި ވިޔަސް އެކަން ކުރާތަން ބަލަން މިގައުމަށް ހެޔޮއެދޭ ދިވެހި ލޭ ހަށިގަނޑުގައި ހިނގާ ދަރިން ތިބެގެން ނުވާނެ މިގއުމުގެ ހުރިހާ ކަމެއް ފާލުން ނެއްޓި މިސްރާބު އޮޅި ދެވޭ މިސްރާބެއްނޭގި ދާނެ ތާކަށް ދާން ދޫކޮށްގެން ބަލަހައްޓައިގެން ތިބެންތޯ ބޭނުންވަނީ؟ ޖަލަށް ދާން ޖެހުނަސް މިކަން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރުން އެއީ ދިވެހި ކޮންމެ ރައްޔިތަކު އަދާކުރަން ޖެހޭ ޒިންމާއެއް ވަގުތީ އުފަލާއި ތިމާގެ ހިތް ހަމަޖައްސާލަން ބޭނުންވާތީ އެކަމުގެ ދަހިވެތިކަމުގައި ގައުމު ފަނާކޮށްލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން މިގައުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ ގައުމު ވަކި ބައެއްގެ ގައުމެއް ނޫން އެހެން އެކަން ކުރަން ޖާގަވެސް ދީގެން ނުވާނެ ނަސްލީ ތަފާތު ކުރުމާއި މީހުންގެ އަބުރާއި އިއްޒަތާއި ކަރާމާތް އެއްވެސް ތާކުންތާކު ނުޖެހޭ އަގެއްނެތް އެއްޗަކަށް ހެދުމުގެ ސަގާފަތް މިގައުމުގައި އަށަގެންފއިވާއިރު މިނުބައި ކަމުން މިގައުމުގެ ރައްޔިތުން ސަލާމަތް ކުރަން ޖެހޭ އިންސާފުން އެއްކިބާވެ ޝަރުއީ ނިޒާމު ފުނޑު ފުނޑުކޮށް ސަދޫމުގެ އިންސާފު މިލޮބުވެރި ދިވެހި ގައުމުން ފޮހެލަން އެބަޖެހޭ އަހަރުމެންގެ ސަގާފަތާއި ރިވެތި އާދަކާދަ މިގައުމުން ނެތިގެން ދާތަން ބަލަން ތިބެގެން ވާކަށެއްނެތް މިގައުމުގެ ޅަދަރިން ހަލާކުކޮށް ސްކޫލުތަކުގެ މާހައުލުން ދަސްކޮށްދޭން ރާވަމުންގެންދާ ލާދީނީ ޖާހިލު ނުބައި ފިކުރު އެގޮތުގައި ކުރިޔަށް ދާތަން ބަލަން އަނގަމަތީ މަލަން އަޅައިގެން ތިބެން ވީތޯ؟ އެއީތޯ ދިވެހިން މިހާރު ބޭނުންވާ ގޮތަކީ؟ މިހެން މިކަންތައް ކުރަން ފުރުސަތު ދީގެން ތިބެއްޖެ ނަމަ އިސްލާމް ދީނާއި މިލޮބުވެތި ވަތަނުގެ ދިފާއުގައި އަދި މިގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާ ކިތަންމެ ބަޔަކު ޔާމީނުހެން ކަރުނަ އަޅާ ރޯންޖެހޭނެ މިހެން ކިތަންމެ ވާހަކައެއް ދެއްކިޔަސް ވިސްނާ ފިކުރު ކުރާބަޔަކަށް ވާނުވާ އެނގޭނީ އެހެން ނޫނީ ކަންފަތް ބީރު ލޯއަނދިރި ބަޔަކު ކަމުގައި ވާނީ!

  45. ޓިން

    ޔާމީނަށް ހުކުމް ކުރި ގާޒީ އާ އެއްކުލާހުގަ ކުޑައިރު އީޕީ އެސް ގައި އުޅުނިން އޭނަ ރަނޑު ކަމުން ކުދިން އޭނާ އަށް ބުލީ ކޮށް ވވޭން ޖެއްސި. ޢެހެންވެ އޭން އަރަބިއްޔާ އަށް ބަދަލު ވީ... 'މުފީދާ 'ގެ ނަމުން ވަނަން އެޅި .. އެކަމަކު އޭނަ ގެ ހަރުދަނާ ކަމާ ކުރި އެރުން ފާހަގަ ވެ ހައިރާންވި...35 އަހަރު ފަހުން ޓީވީ އިން މިފެނުނީ އެކަމް ވަކި ކުރެވުނު ހަމަ އަލީ ރަޝީދު...

  46. ....

    ހޫހޫ...އޮންނާނީ ޖަލަށް ލާފައި..ދެން އޮވެބަލަ ވެރިކަމަށް އަރާ ވައްކަންކުރަން..ދެން ލަަލަލަ