ރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް މުޢުތަސިމް އަދްނާން އަދި އެކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް އަބްދުލް ރައޫފް އިބްރާހީމް އާއި ޙުސްނުއްޞުއޫދުގެ ނަން ލަފައަކަށް އެދި ފޮނުވައިފިއެވެ.

މިބޭފުޅުން މި މަގާމުތަކަށް އައްޔަން ކުރެއްވުމާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާ އަށް ފޮނުވެއްވިކަން ހާމަ ކުރައްވާފައި ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

"އުއްތަމަ ފަނޑިޔާރުގެ މަގާމަށް މ. ގުލްފާމްގެ އަހްމަދު މުޢުތަސިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސ.މީދޫ ހަސަންކާރީގެ ޙުސްނުއްޞުއޫދާޢި މ. ވޭސައިޑް އަބްދުލް ރައޫފް އިބްރާހީމް އައްޔަން ކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާ އަށް މިއަދި އަޅުގަނޑު ފޮނުވައިފިން" ރައީސް ސާލިހު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރައީސް މިގޮތަށް މިބޭފުޅުންގެ ނަން ފޮނުއްވާފައި ވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ ޙުސްނުއްޞުއޫދު ބައެއް ސިޔާސީ ބޭފުޅުންގެ ކެމްޕޭން ތަކުގައި ބައިވެރިވުމުގެ އިތުރުން، ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ޓްވީޓްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ހުސްނުއް ސުއޫދަކީ ރައީސް ސާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގައި ވާއިރު، މިއީ ރާއްޖޭގެ ދިގު ތާރީޙުގައިވެސް ސުޕްރީމް ކޯޓަށް ސިޔާސީ ބޭފުޅަކު އައްޔަން ކުރައްވާ ފުރަތަމަ ފަހަރެވެ.

ސިޔާސީ ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ނިންމެވުމާއި ގުޅިގެން ޢާއްމުންގެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި މިކަމާއި މެދު ނުރުހުން ފާޅު ކޮށް، އިންސާފުގެ މަގުން ކަންކަން ކުރިއަށް ގެންދެވުމަށް ރައީސް އަށް ގޮވައިލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މުޢުތަސިމް އަކީ އެމްޑީޕީގެ ޕަޕެޓެއް. މީނާ ސްޕްރީމް ކޯޓުގައި ހުރިއިރު މުޅިންވެސް ރަޢުޔު ނެރެފައިވަނީ އެމްޑީޕީއިން ބޭނުންވާ ގޮތަކަށް. ދިރާސާކޮށްލީމަ އެނގޭނެ މީނާގެ ރަޢުޔު ތަކުގެ ތާކުންތާކު ނުޖެހޭ ދޯހަޅިކަން.

    61
    3
  2. Anonymous

    މިސަރުކާރުގަ ތިބީ ޖައްބާރުންގެ ތެރެއިންވާ އެން މެ ނުބައި ޖައްބާރުން، މާތްﷲ ކަލޭ މެންނަށް ލަޢުނަތް ލައްވާށި.

    38
    1
  3. އަނގަގަދަމިތުރު

    އިބޫ މުސްލިމް ދިވެހިރާއްޖޭގެ ޝަރުޢީ އެންމެ ފަހުބަސްބުނާ ކޯޓަށް އައްޔަންކުރަނީ އެކަށީގެންވާ ބޭފުޅުންނެއްނޫން ޢަދުލު އިންސާފުގެ އެންމެ ފަހުބަސްބުނުމަށް އައްޔަންކުރަންޖެހޭނީ ރައްޔިތުން ޤަބޫލްކުރާ ޢިލްމީ ޤާބިލް އިސްލާމީ ޝަރީޢަތް އެނގިވަޑައިގަންނަވާ ތަޖުރިބާ ކާރު ބޭފުޅުން ސިޔާސީ ގޮތުން މީހުން އައްޔަން ކުރުމަކީ ރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ ފުން އަނދަވަޅަކައް ވައްޓާލުން ޔާމީނު ވެރިކަމުގަވެސް ޢަދުލު އިންސާފުގެ ދާއިރާ ހަލާކުކުރީ ތިޔަ ގޮތަށް މުޅި ހައިކޯޓާ ދަށުކޯޓުތައް އެއޮތީ ފުން ވަޅުގަނެއްގެ ތެރޭގަ އަނެއްކާ އެންމެ މަތީކޯޓު އެއަށްވުރެ ފުން ވަޅުގަނޑަކަށް ވައްޓާލުމަކީ ހިތާމަހުރިކަމެއް ދިވެހިރާއްޖެ ސަދޫމައްވުރެ ދަށުދަރަޖައަކަށްވެއްޓުނީ ދިވެހި ނިކަމެތި ރައްޔިތުން އެމީހުންގެ ޙައްޤުތައް ނުލިބިގެން ހިތާމަކުރަންޖެހޭނީ އިބޫއެއްނޫން ޔާމީނެއްނޫން މީ ރައްޔިތުނ ވިސްނަންޖެހޭ ވަރަށް މުހިންމުކަމެއް 03 ބާރު އެއްބައެއްގެ އަތްމައްޗަށް ދޫކޮށްލީމަ ދިމާވާނެ ހުރިހާ ނުރައްކަލެއް މި ދިމާވަނީ ރައްޔިތުންހޭއަރާ

    13
  4. ޢަބްދުއްލަޠީފު

    އިސްލާމީ ދަންނަބޭކަލުންގެ އަޑު ބީރު މަންމަނު އަޑެއްނޭހިތާ. ކަލޭ ހިތިގޮތަކަށް ނިމިގެން ދާތަން ﷲ އަހަރުމެންނަށް ދައްކަވާށި އާމީން.

    19
    1
  5. މާވަޑި ފަލާހް

    މ މިލިޔު މުގައި ސްޕްރީ މް ކޯޓްގެ ކުރީގެ ފަނޑިޔާރު ޑީޑީ ގެ ވާހަކަ ހި މަނާލާފަ އޭނައަކީވެސް ސިޔާސީއެކްޓިބިސްޓެއްގެ ގޮތުގައި ހި މަނާލިނަ މަ ފުރިހަ މަވީސް، އޭނައަކީ ކުރީގެ ރައީސް ޔާ މީނަށް ކެ މްޕެއިންކޮށްދެއްވި ފަރާތެއް

    12
  6. ެެެެެެެ

    ސުއޫދަކީ، ބާ ކައުންސިލްގެ ރައީސަކަށް ހޮވަންވެސް ވަކީލުންގެ އިތުބާރު ނުލިބުނު މީހެެއް، މިލިޔަން ޑޮލަރުގެ ޑުރަގު މައްސަލައެއްގައި ހެކި ފޮރުވަން ފުލުހުންނަށް ރިޝްވަތު ދިން ކަމަށް ކިޔޭ މީހެެއް!، ގާޒީކަމުގައި ބެލި މައްސަލައެެއްގައި ފަހުން ލޯޔަރުކަން ކުރި ކަމަށް ކިޔޭ މީހެެއް!،މަރުކޮމިޝަން އިން ބެލި މަައްސަލަތަކުގައި ޖަވާބު ނުލިބި ހުރި އެތަށް ސުވާލެއް އުފެދިފައި އޮތްވާ، އެކަން ނުބަލާ، ތަހްގީގް ނިންމާ، ރިޕޯޓު އެކުލަވާލި މީހެއް! ސިޔާސީ އެކްޓިވިސްޓެއް! މިވަރު މީހަކު ސުޕްރީމް ކޯޓަށް ލައިގެން އެތަން އިސްލާޙު ކުރާނީ ކިހިނެތް!!

    13
  7. މަ

    މިޤައުމުގެ ފަނޑިޔާރުންނަކީ ފައިސާ ގިނައިން ދިންކޮޅަކަށް ހެއްލޭ ރިޝްވަތުކައިގެން އެބައިމީހުންގެ ފެމެލީގައިގަ ޙަރާމް މަސްޖަހާފަތިބޭނީ އަދި މިފަނޑިޔާރުންތައް ރިޝްވަތު ހިފުމަށްފަހު މިމީހުންގެ ޢަމަލްތައް ހުންނާނީ ލޯކަނު ކަންފަތްބީރު ކުއްތާތަކެއްގެ މިޒާޖުގަ